14:06
ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނަށް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި.
Gaidheenah Vaccine Dhinumuge Massakaiy Fashanee https://t.co/iQLDKdd39P
— Vaguthu Online (@VaguthuOnline) March 5, 2021
10:19
ނިއުޒިލެންޑަށް އައި ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއް އުފެދުނު ނަމަވެސް އެއްވެސް ސަރަހައްދަކަށް ސުނާމީއެއް އަރާފައެއް ނުވޭ.
ބިންހެލުންތަކުގެ ސަބަބުން ވެސް އެއްވެސް ތަނަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމަކަށް ރިޕޯޓް ކޮށްފައެއް ނުވޭ.
08:58
ނިއުޒިލެންޑަށް އައި ބާރުގަދަ ބިންހެލުންތަކާއި ގުޅިގެން ނެރެފައިވާ ސުނާމީގެ އިންޒާރު ކެންސަލް ކޮށްފި. ސުނާމީ އަރާފާނެތީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވި މީހުން ވެސް މިހާރު އެނބުރި އެމީހުންގެ ގެއަށް ދިއުމުގެ ހުއްދަ ވަނީ ދީފައި.
05:17
ނިއުޒިލޭންޑުގައި ފެރީގެ ޙިދުމަތްވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައި
05:17
ސުނާމީގެ އިންޒާރު ދީފައި ވަނިކޮށް 30 ވަރަކަށް ރާޅާ އެޅުންތެރިން ވަނީ މޫދަށް ރާޅާ އަޅަން ގޮސް ކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނޭ
04:25
ފިޖީ އަށް ނެރުނު ސުނާމީ އެލާޓް ކެންސަލް ކޮށްފި
04:22
ޓޮންގޯގެ އައްސޭރިފަށުން މީހުން ހުސްކޮށްފި
04:10

04:09

04:01
ނިއުޒިލޭންޑަށް 5.8 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެެއް އަތުވެއްޖެ
03:53
އޮސްޓްރޭލިއާ، އިކުއިޑޯ، ކޮލަމްބިއާ، ޓޮންގޯ، ނިއު ކަލެޑޯނިއާ، ވަނުއަޓު އަދި ޕެނަމާ އަށްވެސް ސުނާމީގެ އިންޒާރު ނެރެފި
03:51
ޗިލީ، މެކްސިކޯ، ޕެރޫ އަދި ކޯސްޓަ ރިކާ އަށް ސުނާމީގެ އެލާޓް ނެރެފި
03:50
އީސްޓާން ބޭ އޮފް ޕްލެންޓީ އިން ރާޅުތަކަށް ބަދަލު އަންނަތަން ފެންނަމުންދާ ކަމަށް އޮޮޕްޓިކީ ޑިސްޓްރިކްޓް ކައުންސިލާ ވިދާޅުވެއްޖެ.
03:49
5.3 ގެ އިތުރު ލޮޅުމެއް ނިއުޒިލޭންޑަށް އަތުވެއްޖެ
03:48
ނިއުޒިލޭންޑުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގެ މޫދުގެ ލޮނުގަނޑު ދަމައިގަންނަ ކަމަށް ރިޕޯޓު ކުރަމުންދާ ކަމަށްވޭ. ސުނާމީ އެއް އެރުމުގެ ކުރިން މޫދުގެ ލޮނުގަނޑަށް ބަދަލު އަންނާނެ
03:46
އެމެރިކަން ސަމޯއާ އަށް ނެރުނު ސުނާމީގެ އިންޒާރު ކެންސަލް ކޮށްފި
03:46
ހަވާއީ އަށް ނެރުނު ”ސުނާމީ ވޮޗް“ ކެންސަލް ކޮށްފި
03:45
ނިއުޒިލޭންޑް ނެޝަނަލް ޕާޓީގެ ލީޑަރު އެ ގައުމުގެ ރޭޑިއޯ އަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކަނޑުގެ ލޮނުގަނޑު ދަމައިގަތް ތަން އޭނާ އަށް ފެނުނު ކަމަށެވެ.
03:44
ނިއުޒިލޭންޑުގެ އައްސޭރިފަށުގައި މިހާރު ދަނީ ސުނާމީގެ ސައިރެން އަޅަމުން
03:12
ސުނާމީގެ ރާޅު އުފެދުނު ނަމަވެސް އެެއްވެސް ގައުމަކަށް އަދި ސުނާމީ އަރާފައެއް ނުވޭ
03:11
ޕެސިފިކް ސުނާމީ ވާނިންގ ސެންޓަރުން ބުނެފައި ވަނީ ބިންހެލުމާއި ގުޅިގެން ސުނާމީގެ ރާޅު އުފެދިފައިވާ ކަމަށް
03:08
ނިއުޒިލޭންޑަށް އައި ބިންހެލުމާއި ގުޅިގެން ސުނާމީ އެއް އުފެދިއްޖެ
03:08
ނިއުޒިލޭންޑަށް އެރި ބިންހެލުންތަކުގެ ތެރޭގައި ފާއިތުވެދިޔަ ދެ އަހަރާއި ހަމަސް ދުވަސް ތެރޭގައި ދުނިޔެ އަށް އެރި އެންމެ ބާރުގަދަ ބިންހެލުން ހިމެނޭ. އެ ބިންހެލުން އައިސްފައި ވަނީ ހަމަ މިއަދުގެ ވަގުތެއްގައި
03:06
އެމެރިކަން ސަމޯއާ އަށް ސުނާމީގެ އިންޒާރު ދީފި
02:43
5.6 މެގްނިޓިއުޑްގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ނިއުޒިލޭންޑަށް އަތުވެއްޖެ
02:32
އެވެރެޖްކޮށް އަހަރެއްގެ މައްޗައް ދުނިޔެއަށް އަންނަނީ 7+ މެގްނިޓިއުޑްގެ 14 ބިންހެލުން
02:31
މީގެ ކުރިން 7 މެގްނިޓިއުޑް އަށް ވުރެން ބާރުގަދަ 3 ބިންހެލުން އެއް ސަރަހައްދަކަށް އެންމެ ފަހުން އައިސްފައި ވަނީ ޖަޕާނުގެ ޓޮހޮކޫ އަށް 2011 ވަނަ އަހަރު
02:30
ހަވާއީ އަށް ސުނާމީގެ އިންޒާރު ނެރެފި
02:29
ކާމެޑިކް އައިލެންޑްސް ރީޖަން އަށް 6.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެެއް އަތުވެއްޖެ.
02:28
މިއީ 6 ގަޑިއިރު ތެރޭ ނިއުޒިލޭންޑަށް ނެރުނު ސުނާމީގެ 2ވަނަ އިންޒާރު. އަދި 8 ގަޑިއިރު ތެރޭ އައި 3 ވަނަ ބާރުގަދަ ބިންހެލުން.
02:27
8 ގަޑިއިރުގެ ތެރޭގައި ބާރުގަދަ 3 ބިންހެލުން އެއް ސަރަހައްދަކަށް އައުމީ ވަރަށް ނާދިރު ކަމެއް
02:26
”ލިބިފަހުރި މައުލޫމާތައް ބަލާއިރު ސުނާމީއެެއް އުފެދިދާނެ. ބިންހެލުން އައި ސަރަހައްދަށް ވުރެން ދުރަށްވެސް ސުނާމީ ގެ އަސަރު ކޮށްފާނެ“ ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނެފައިވޭ
02:25
ނިއުޒިލެންޑު ސަރުކާރުން ދަނީ ބޮޑެތި ވެހިކަލްތަކުގައި އުސް ސަަރަހައްދުތަކަށް މީހުން ދިއުމުގެ ބަދަލުގައި ފައި މަގުން ނުވަތަ ސައިކަލް ނުވަތަ ބައިސްކަލުގައި ދިއުމަށް އިލްތިމާސް ކޮށްފަ. މިގޮތަށް އިލްތިމާސް ކުރީ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރަން
02:20
މިހާރު އެމެރިކާގެ ހަވާއީ އާއި، ފީޖީ އައިލޭންޑްސް އާއި، އެމެރިކަން ސަމޯއާގެ އިތުރުން ދަ ކުކް އައިލެންޑްސް އާއި ޕިޓްކޭރިއަން އައިލޭންޑަަށްވެސް ވަނީ ސުނާމީ ވޮޗް ނެރެފައެވެ. ސުނާމީ ވޮޗް އަކީ ސުނާމީގެ އިންޒާރެއް ނޫނެވެ. އެއީ ސުނާމީ އެއް އަރާފާނެކަމަށްޓަކައި ސަމާލުވެތިބުމަށް ނެރޭ ވޮޗެއް
02:20
އެ ގައުމުގެ އިރުއުތުރަށް އެރި މި ބިންހެލުންތަކުގައި ލިބިފައިވާ ގެެއްލުންތައް އަންނަނީ ބަލަމުންނެވެ.
02:20
ނިއުޒިލޭންޑުގެ ޑިޒާސްޓާ ސެންޓަރުން ބުނެފައި ވަނީ ކޭޕް ރަންވޭ އިން ޓޮލާގާ ބޭ އާއި ހަމައަށް 100 މޭލަށް ރާޅު އަރާފާނެކަމަށެވެ.
02:19
ޕެސިފިކް ސުނާމީ ވާނިންގ ސެންޓަރުން ބުނެފައި ވަނީ ސުނާމީ އެއް އުފެދިއްޖެނަމަ 180 މޭލަށް ސުނާމީގެ ރާޅުތައް ދަތުރުކޮށްފާނެ ކަމަށް. އަދި މީގެ އިތުރުން ހަވާއީ ވާނިންގ ސެންޓަރުން ބުނެފައި ވަނީ ބިންހެލުމަށް ފަހު ސުނާމީގެ ރާޅު އުފެދިފައިވާ ކަމަށް
02:17
މިއާއިއެކު ބިންތިރި ހިސާބުތަކުގައި ތިބި މީހުން އުސް ސަރަހައްދުތަކަށް ބަދަލުވުމަށް ކަަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ
02:16
ނިއުޒިލޭންޑުގެ ސިވިލް ޑިފެންސް އޮތޯރިޓީ އިން ބުނެފައި ވަނީ ނުރައްކާތެރި ސުނާމީ އެއް އުފެދުމުގެ އިންޒާރު އެބައޮތް ކަމަށް
02:15
އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނެފައި ވަނީ ބިންހެލުމުގެ ސަބަބުން 3-10 ފޫޓާއި ދެމެދުގެ ސުނާމީ އެއް އުފެދިދާނެކަމަށް
02:14
މީގެ ކުރިން މިއަދުވެސް އެ ގައުމަށް ސުނާމީގެ އިންޒާރު ދީފައިވޭ
——————————————————————————————————————
ނިއުޒިލޭންޑަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައުމުން ސުނާމީގެ އިންޒާރު ދީފިއެވެ.
މީގެ ކުރިން މިއަދު އައި ބާރުގަދަ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 7.3 އާއި 7.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
ނަމަވެސް މިރޭ އެރި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 8.1 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.
މިއަދުގެ އެކި ވަގުތުގަކުގައި އެ ގައުމަށް ރެކްޓާ މިންގަނޑުން 5ށް ވުރެން ބާރުގަދަ 10 ބިންހެލުން އައިސްފައި ވާއިރު މިއީ މިއަދު އެ ގައުމަށް ސުނާމީގެ އިންޒާރު ނެރުނު ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ބާރުގަދަ ބިންހެލުންތަކާއިއެކު ނިއުޒިލެންޑް ބޮޑު ބިރުވެރިކަމަށް، ސުނާމީގެ އިންޒާރު ކެންސަލްކޮށްފި