މެލޭޝިއާއިން ކޮވިޑް-19 ގެ އާ ވައްތަރު ފެނިއްޖެއެވެ.

މެލޭޝިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުން ފެނިފައިވަނީ އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ފެނިފައިވާ B.1.525 ވައްތަރު ކަމަށާއި މި ވައްތަރަށް ދެ މީހަކު އެގައުމުން ފައްސިވެފައިވާ ކަމަށެވެ.

އެގައުމުގެ ސިއްހީ ހިދުމަތްތެރިއަކު ބުނެފައިވަނީ މި ވައްތަރުގެ ސަބަބުން ބަލި ހަލުވި ކަމާއި އެކީ އެކަކުގެ ފަރާތުން އަނެކަކަށް ޖެހޭ ކަމަށާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށްވެގެން ގޮސްދާނެ ކަމަށެވެ.

އެގައުމުން ފައްސިވެފައިވާ ދެ މީހުންނަކީ ދުބާއީން އެގައުމަށް އައިސްފައިވާ ދެ މީހަކު ކަމަށް މެލޭޝިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ނޫރު ހިޝާމް އަބްދުﷲ ވިދާޅުވިއެވެ. އެމީހުން ޓެސްޓް ކުރި ކުރުމުން ފައްސިވެފައިވަނީ އިނގިރޭސިލާތުން ފެނިފައިވާ ވައްތަރަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި ވައްތަރަކީ މިއީ ނުރައްކާތެރި ވައްތަރެއް ކަމަށް ބެލެވޭ ވައްތަރެއް. ބަލީގެ ސަބަބުން ދިފާއީ ނިޒާމު ދެރަ ކޮށްލާ ކަމަށް ރިޕޯޓްތަކުން ވަނީ ދައްކާފަ" އޭނާ ވިދާޅުވިއެވެ.

މި ވައްތަރު އެންމެ ފުރަތަމަ ފެނިފައިވާ އިނގިރޭސިވިލާތުގެ ކަމާއި ބެހޭ އިދާރާތަކުންވެސް ވަނީ އެ ބަލި ޖެއްހިއްޖެނަމަ ވެކްސިންގެ އަސަރު ކުޑަވާނެ ކަމަށް ބުނެފައެވެ.

މެލޭޝިއާއިންއިން މި ވައްތަރު ފެނިފައިވާއިރު، ނައިޖީރިއާ، ޑެންމާކު އަދި ކެނެޑާއިންވެސް ވަނީ މި ވައްތަރު ފެނިފައެވެ.

އިތުރު ތަފްސީލް އަންނަނީ...