އިނގިރޭސީ ރާނީ ކުއީން އެލިޒަބަތްގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހިތުގެ އޮޕަރޭޝަނަކަށް ފަހު ލަންޑަންގައި ހުންނަ ކިންގް އެޑްވާންސް ހޮސްޕިޓަލް އަށް ބަދަލުކޮށްފައިވާ ކަމަށް ބަކިންހަމް ޕެލެސް އިން ހާމަކޮށްފިއެވެ.

ބަކިންހަމް ޕެލެސް އިން ނެރެފައިވާ ބަޔާނެއްގައި ބުނި ގޮތުގައި ވަލީއަހުދު އޮޕަރޭޝަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ

އޭނާ ވަނީ މިދިޔަ ހޯމަ ދުވަހު އެސްޓީ ބާތޮލޯމިއު ހޮސްޕިޓަލަށް ބަދަލުކޮށް އިންފެކްޝަންއަށް ފަރުވާ ދިނުމާއި އަދި ހިތުގެ ހާލަތު ބެލުމަށްޓަކައި ޓެސްޓްތައް ވެސް ކޮށްފައެވެ. މި ހޮސްޕިޓަލްގައި އޭނާ ގެ ހިތުގެ އޮޕަރޭޝަން އެއް ކުރެއްވި ކަމަށް ބުރާސްފަތި ދުވަހުގައި ގަނޑުވަރުން ބުނެފައިވެެއެވެ.
އިތުރަށް ފަރުވާ ހޯދުމަށް އޭނާް އަދި ދުވަސްކޮޅެއް ވަންދެން ހޮސްޕިޓަލްގައި މަޑު ކުރާނެ ކަމަށްވެއެވެ.
އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ފިލިޕްސް އެސްޓީ ބާތޮލޯމިއު ހޮސްޕިޓަލް އިން ކާމިޔާބު ކަމާއި އެކު އޮޕަރޭޝަން ނިންމުމަށްފަހު ވަނީ ކިންގް އެޑްވާޑް ހޮސްޕިޓަލަށް ހުކުރު ދުވަހުގައި ބަދަލު ކުރި އިރު ހާލު ރަނގަޅު ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިސޮރު

    ގިނަ ދުވަހު އެވޭނުގަ ބާއްވަ ާ ވޭންދެނިވި މަރަކުން ގެންދެވުން ދުއާ އަކީ

    6
    6
  2. ސުފިޔާނު

    އިނގިރޭސި ދައުލަތް ބަނޑުއަޅާލި ޝާހީ ވަގުން.

    1
    2