އިންޑިއާގެ އަވަށެއް ކަމަށްވާ ގުޖުރާތުގެ ސިއްހީ ހިދުމަތްތެރިއަކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ މާ ގިނަ ދުވަސްތަކެއް ނުވެ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ފިރިހެން މީހާ އެންމެ ފުރަތަމަ ކޮވިޑް-19ގެ ވެކްސިން ޖަހާފައިވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ޑޯޒު އޭނާ ޖެހީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގިފައިވަނީ ހުމުގެ އަސަރު ހުރެގެން ނެގި ސުންކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް ޗަންދިގަރުގެ ޗީފް ހެލްތް އޮފިސަރ ޑރ އެމްއެޗް ސޮލަންކީ އާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައިވެއެވެ.

"އަލާމާތްތައް އެހާ ބޮޑުކޮށް ނެތީމަ އޭނާ ހުރީ މިވަގުތު ގޭގައި ކަރަންޓީގައި. އޭނާ ބުނީ ހޯމަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުމެވޭނެ ކަމަށް" ސޮލަންކީ ބުންޏެވެ.

އޭނާ ބުނީ، މިފަދަ ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކުންވެސް މާސްކު އަޅައި ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިއަސް އެފަދަ ފިޔަވަޅުތަކަށް ބެލުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

އިއްޔެއާއި ހަމައަށް ގުޖުރާތުން 272،240 މީހަކު ފައްސިވެފައިވާއިރު، 4،413 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ދެން 3 ވަނަޑޯޒްޖަހަނީ. އޭގެންވެސް ރައްކާތެރިކަންނުލިބިއްޖެނަމަ މުޅިނއުމުރުގަ ވެކްސިން ޖަހަޖަހާ ހުންނާނީ. މިއީ އަދި ޓެސްޓް ބުރެއްނު. ކޮވިޑް 2 އިން މީހުންގެ ސަމަލުކަން ހޯދޭނެ ކަމަށް ގޭޓްސް ވެސް ބުންޏެއްނު. ސޯ ނިމުމެއް ނެތް އެއްޗެކޭ މިއީ.

    22
    3
    • ލަކްސް

      ކޮވިޑް ޖެހިފަ ހުއްޓާ 2 ވަނަ ޑޯޒް ޖެހީމަ އެހެން ވެދާނެ..

      8
      4
    • ލޮލްލޮލް

      ކަލޭ ދެން މާ މޮޅިީ.. އެއްޗެސް ކިޔާ އުޅެބަލަ މާ ގިނައިން މި ތަނައައިސް ނުހޭރި. ވެކްސިނަކުން މީހާ ގަޔަށް ވައިރަސް ވަނަ ނުދީ ނުހިފޭއްޓޭނެ..އެއީ މީހާ ވަށައިގެން ލާ "ކޮންޑަމެއް' ނޫން..ވައިރަސް ވަނިއްޔާ ޕޮޒިޓިވް ވާނެ. ވައިރަސް އަށް މީހާ އަށް ދެވޭ ގެއްލުން ކުޑަކޮށްދޭނީ ވެކްސިނުން...ގަމާރުވިޔަސް ހައްދެއް ގެންގުޅެބަލަ...އަހަރުންނަށްވެސް ލަދޭ

      9
      8
  2. މުހައްމަދު

    ޖެހި ވެކްސިނުގެ ނަން ކޮބާ..

    10
  3. ސުންކް

    އަދި އެއްޑޯޒް އަޅެޖަހާލަމާ ނިކަން.

    13
    1
  4. ގޮރު ވެކްސިން

    ދެން ޑރ. ނަޒްލާގެ ސިކުނޑީގެ މޮޅު ސައިންސުން މިކަމާ ދެކޮޅަށް އެެއްޗެއް ބުނާނަންތޯ؟

  5. އަލި ތަކުރު

    ދެޑޯސް ދޭތެރޭގަ 4 ހަފްތާ، ރަނގަޅި 8 ނުވަތަ 10 ހަފަތާ. އަނެއްކާ ދެވަނަ ޑޯސްޖެހިތާ 5 ދުވަސްތެރޭ ޕޮސިޓިވަްވީ. ރައްކާތެރިކަން ލިބެނީ ދެވަނަ ޑޯސްޖަހާތަ 14 ދުވަސްފަހުނަް. އެވެސް 80 ޕަސަންޓް. އަދި ޖެހި ވެކަސިންގެ ވައަތަރެއްވެސް ނޭގެ. މިކަހަލް އާރޓިކްލް ފުރިހަމަ މައުލޫމާތު ނެތި ލިއުނީމަ މީހުން ވެކަސިނާއި ދުރުވެ މީގެ ގެއަލުންވަނީ މުޖުތަމައުއަށް، ނޫސްވެރިން މިއަށްވުރެން ޒިއްމާވެ ހަމައެކަނި ތަރުޖަމާނުކޮށް ނޫސްލިއަން އެބަދަސްކުރަންޖެހޭ. ބެކްްޮރައުންޑް ސްޓަޑީ ހަދަންޖެހޭ. އެއީ ޒިއަމާދާރު ނޫސްވެރިކަމަކީ

    22
    1
  6. ލިނަކްސް

    ދެން ކޮބާ މައްސަލައަކީ.. ކާކުތަބުނީ ދެވަނަޑޯޒް ޖެހީމަ ދެން ކޮވިޑް ނުޖެހޭނެ ވާހަކަ. މާސްކް އެޅުމާ، އަތްދޮވުމާ، ސެނިޓައިޒް ކުރުމަކީ ރައްކާތެރިވުމުގެ ގޮތުން ކުރާ ކަންކަން.. ހަމަ އެހެންމެ ވެކްސިން ޖެހުންވެސް.. އިސްލާމްދީނުގަވެސް އޮތީ ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށްމަހު الله އަށް ވަކީލުކުރުން.. ވަރަށް ސަލާމް