ބްރިކްސް ނިއު ޑިވެލޮޕްމެންޓް ބޭންކް (އެންޑީބީ) އިން ޗައިނާއިން އެދިފައިވާ ގޮތަށް 1.08 ބިލިއަން އެމެރިކާ ޑޮލަރު (7 ބިލިއަން ޔުއާން) ގެ ލޯން އެހީއެއް އެގައުމަށް ދިނުމަށް ނިންމައިފިއެވެ.

މި ލޯނަކީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލި މަޑުކަމުން އެގައުމު އަރައިގަނެ އިގުތިސާދު ކޮޅަށް ޖެހުމުގެ މަގްސަދުގައި ހޯދާފައިވާ ލޯނެކެވެ.

މިއީ ޗައިނާއަށް އެހީތެރިވުމުގެ ގޮތުން އެންޑީބީއިން ދީފައިވާ ދެ ވަނަ ލޯނެވެ. މީގެ ކުރިންވެސް ހަތް ބިލިއަން ޔުއާންގެ ލޯނެއް މިދިޔަ އަހަރު އެ ބޭންކުން ވަނީ ޗައިނާއަށް ދީފައެވެ.

ޗައިނާގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ލޯނުގެ ސަބަބުން އެ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަނެ ވިޔަފާރިތަކާއި އިގްތިސާދު ކޮޅަށް ޖެހުމަށް ފުރުސަތު ލިބޭނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބްރިކްސް ބޭންކުން ވަނީ އެ ބޭންކުގެ މެމްބަރު ގައުމުތަކަށް ކުއްލި ހާލަތުގައި އާއި ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި އެހީވުމުގެ ގޮތުން ލޯނުތައް ދިނުމަށް ނިންމައިފައެވެ. އެގޮތުން މިހާތަނަށް ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ހަތް ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ގައުމުތަކަށް ދީފައިވާ ކަމަށްވެއެވެ.

އެންޑީބީ ބޭންކުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާއެވެ. މި ބޭންކު ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިމްޒިމް

    ޗައިނާއިންވެސް ލޯންނަގާތަ؟ މަހީކުރީ ރާއްޖެއިން އެކަނިކުރާކަމެއްކަމަށް؟

    12
  2. ގަމާރު ދިވެހިން

    ޔާމީނު ގޯސް ކުރޭ.

    2
    1
  3. Anonymous

    އެންޑީބީ ބޭންކުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާއެވެ

    އިންޑިއާ އޭ...

    ޕޕމ ކުދިން ބުނާނެ ދޯ އަދި އެއްފަހަރު ޗެކްކޮށްލާށޭ... ލޮލް

    2
    1