ކޮވިޑް-19 އާ ގުޅިގެން ސައުދީ އަރަބިއްޔާގެ 10 މިސްކިތެއް ބަންދުކޮށްފިއެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނެފައި ވަނީ ކޮވިޑް-19 އަށް 10 މީހަކު ފައްސިވުމާ ގުޅިގެން ސައުދީގެ ފަސް ހިސާބަކުން 10 މިސްކިތެއް ބަންދުކޮށްފައިވާ ކަމަށެވެ. ފާއިތުވެދިޔަ 26 ދުވަހުގެ ތެރޭގައި 218 މިސްކިތެއް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.

އަދި އޭގެ ތެރެއިން 196 މިސްކިތެއް އަލުން ވަނީ ހުޅުވައިފައެވެ. ސައުދީގެ މިސްކިތްތަކުގައި ނަމާދަށް ސަފު ހަދަނީ ގައިދުރުކަން ބަހައްޓައިގެންނެވެ.

ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފައިވަނީ ބަންދު ކުރެވިފައިވަނީ ޖިޒާން، ރިޔާދް، މައްކާ، އާސިރް، މަދީނާ އަދި އީސްޓާން ޕްރޮވިންސްގައި ހުރި މިސްކިތްތަކެއް ކަމަށެވެ. އީސްޓާން ޕްރޮވިންސް އިން މިސްކިތަކާއި ރިޔާދްގައި ހުރި ދެ މިސްކިތެއް ވަނީ އަލުން ހުޅުވާލައިފައެވެ. މި މިސްކިތްތައް ހުޅުވާލީ ޑިސްއިންފެކްޓް ކުރުމަށް ފަހުގައެވެ.

ސައުދީގެ މިނިސްޓްރީ އިން ވަނީ މިސްކިތްތަކުގައި މަސައްކަތް ކުރާ މީހުންނާއި މިސްކިތަށް އަރާ މީހުންނަށް ގައިދުރުކަން ބަހައްޓައި އަމިއްލަ ރައްކާތެރިކަމަށް އިސްކަން ދިނުމަށް ގޮވާލައިފައެވެ.

ފެބްރުއަރީ 21 އިން ފެށިގެން މާޗް 6 ގެ ނިޔަލަށް ސައުދީއިން ވަނީ 4،783 މީހުން ކޮވިޑް-19 އަށް ފައްސި ވެފައެވެ. ސައުދި އަރަބިއާ އިން މިހާތަނަށް ޖުމްލަ 379،474 މީހުންނަށް ބަލި ޖެހިފައިވާއިރު 370،378 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. ކޮވިޑްގައި ސައުދީ އިން މަރުވި މީހުންގެ އަދަދު ޖުމުލަ 6،524 އަށް އަރައެވެ.

ސައުދީގައި މިހާތަނަށް 1.19 މިލިއަން މީހުން ވަނީ ވެކްސިން ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އިޔާސްބެ

  ތިޔައީއެހެންދީންތަކުގަކޮންއުޅޭކަހަލަކަމެއް.. އަނެއްކާ ފަހުޒަމާނުގެކަމެކޭނުބުނާނެބާ؟

  7
  1
 2. ކޮރަލް

  ސިނަމާ ތައް ދަނީ ހުޅުވަމުންނެވެ. މިސްކިތް ތައް ބަންދު ވަނީ އެވެ.

  5
  4
 3. ައޮފްބެ

  ކޮބާ ސޭކު!

  3
  3