ޓްރާންސްޕޯޓް އޮތޯރިޓީން ޑްރައިވިން އާއި ގުޅޭ އިމްތިހާނު ހެދުން ވަގުތީގޮތުން މެދުކަނޑާލައިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަލާފައިވާ ގައިޑްލައިނާ ހިލާފު ނުވުމަށް ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން މިގޮތަށް ވިދާޅުވުވެފައި ވަނީ، އެ އޮތޯރިޓީން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހިގެން އެ މިނިސްޓްރީގެ ކައުންޓަރު ކައިރީ އާންމު ރައްޔިތުންތަކެއް އިހްތިޖާޖު ކޮށްފައި ވަނިކޮށް ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރަށްވެފައި އެ ބަލީގެ ކޭސްތައް އިތުރުވަމުންދާތީ ވަކި އަދަދަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދާ ހިލާފުވާ ކަމެއް ކަމަށެވެ. އަދި އެއީ ކޮވިޑް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންކުރި ކަމެއް ކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ކުރިއަށް އޮތްތަނުގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ޚިދުމަތްތައް ލަސް ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. މި ގޮތުން އުޅަނދު ފަހަރުތައް ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި ލަސްތައް އުޅޭއިރު އެ ލައިސަންސް ދޫކުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓްތައް ދިނުމުގެ މަރުހަލާ ލަސްކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާލިމް

    ހާދަ ވައްކަމެކޭ އެކޮއްލަނީ. މިކަންބަލާ ނަހުލާ

  2. ހާމިދު

    ޙިދުމަތް ލަސްވާނެ އެއޮތީ މިނިސްޓްރީ އުވާލަން ރައްޔިތުން މަޖްލިހައް ހުށައަޅާފަ

  3. ހަސަންބެ

    ތަނުގަ ޚިދުމަތް ދިނުމުގެ ގާބިލު ކަން ނެތިގެން ނޭ ބުނިނަމަ ތަންކޮޅެއް ރަގަނޅު ވީސް.