ސައުދީ އަރަބިއްޔާގެ އަރަމްކޯ ފެސިލިޓީއަށް މިސައިލް ހަމަލާއެއް ދީފިއެވެ.

ސައުދީ ޕްރެސް އެޖެންސީ އިން ބުނެފައިވަނީ އެތައް ބަޔަކު ދިރިއުޅެމުންދާ ދަހްރާންގައި ހުރި ސައުދީގެ އަރަމްކޯ ފެސިލިޓީ އަށް މިސައިލް ހަމަލާއެއް ދިނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. މި ހިސާބަކީ އެތައް ކޮމްޕެނީ ތަކެއްވެސް ހިންގަމުންދާ ސަރަހައްދެކެވެ.

މިސައިލް ވެއްޓިފައިވަނީ ސައުދީ އަރަމްކޯ ރެސިޑެންޓަލް ހިސާބަށެވެ.

މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މިފަދަ ހަމަލާތައް ތަކުރާރުވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މިފަދަ ދަނޑިވަޅު ތަކުގައި އެންމެން އެކީގައި ހަމަލާތަކާ ދެކޮޅަށް ތެދުވަން ސައުދީގެ ކަމާބެހޭ ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

ސައުދީގެ މިނިސްޓްރީ އޮފް އެނާޖީ އިން ބުނީ މިފަދަ ހަމަލާތަކަކީ ހަމައެކަނި ސައުދީއަށް އަމާޒުކޮށްގެންދޭ ހަމަލާތަކެއް ނޫން ކަމަށެވެ. މި ހަމަލާގެ ސަބަބުން ދުނިޔޭގެ ސަލާމަތަށާއި، ތެޔޮ ވިޔަފާރި އަށް ބަދަލުތަކެއް އަންނާނެ އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް ބުނެފައި ވަނީ މި ހަމަލާއަކީ ދުނިޔޭގެ ތެޔޮ ސަޕްލައިއަށާއި ގްލޯބަލް އެނާޖީގެ ސެކިއުރިޓީއަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެޑްވަޑް ބާމުންޑޭ

    ކަލޭމެން ޔަމަނުގެ ސްކޫލްތަކަށާ ހޮސްޕިޓަލް ތަކަށާ ބަނދަރުތަކަށާ، އެއިރަކު ޖެހުނުތާކަށް ހަމަލަދެމުން ތިދަނީ. އެހެންވީމަ އެވެރިންނަށްވެސް ހަމަލަ ދެވުނުތާކަށް ދޭނެތާދޯ.

    15
    1
  2. Anonymous

    އައްދެ .... ތިމާ މެންނާ ހަމައަށް މިސައިލެއް އަންނަ އިރަށް ސައިޒުވީދޯ ..
    އެއްވެސް ބަޔަކު ހަމަލާ ހުއްޓާނެ ކަމެއް ނެތް ސައުދީ އެމެރިކާ އިޒްރޭލް ނުހުއްޓާ ހިނދަކު
    ތިޔި ސައުދީ ބައިވެގެން ކިތައް ގައުމު މިހާރު ސުންނާފަތި ކޮށްފި

    14
    3
  3. ކޮތަރު

    ހަމަލޭނުދޭންވީ އެ އްވެސްސަބަބެ އްނެތް! ދީފަބަހަ އްޓާ!!

    7
    3
  4. ލޫތު

    ހާދަދެރަވެރިއޭﷲ