ދުނިޔޭގައި ކަދުރު އުފައްދާ އެންމެ ބޮޑު ފެކްޓަރީގެ ލަގަބު ދުބާއީގެ ފެކްޓަރީއަކަށް ލިބިއްޖެއެވެ.
އަލް ބަރަކާ ޑޭޓްސް އިން ބުނީ އެ ފެކްޓަރީ އިން އުފައްދާ ކަދުރުގެ އަދަދު ދެ ގުނަ އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، ކަދުރު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ފެކްޓަރީއަށް އެ ފެކްޓަރީ ވެގެންދާނޭ ކަމަށް އަލް ބަރަކާ ޑޭޓްސް އިން ބުނެފައިވެއެވެ.
މި ކުންފުނިން އަހަރެއްގެ މައްޗަށް 100،000 ޓަނުގެ ކަދުރު އުފައްދާއިރު އެއީ ދުބާއީގައި އުފައްދާ ކަދުރުގެ ދެބައިކުޅަ އެއްބައި ކަދުރެވެ.
ކަދުރަށް އޮންނަ ޑިމާންޑާއެކު ކަދުރު އުފައްދާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދަނީ އެއިން ލިބޭ ސިއްހީ ފައިދާތައް މީހުންނަށް އެނގި ގިނަ މީހުން ކަދުރު ކެއުމަށް ބޭނުންވާތީއެވެ.
އަލް ބަރަކާ ޑޭޓްސް އިން ބުނީ އެ ކުންފުނި އިތުރަށް ބޮޑުކުރުމާއެކު ކަދުރު ހެއްދުމަށް ހަ ލައްކަ އަކަފޫޓުގެ ޖާގަ ލިބިގެން ދާނެ ކަމަށެވެ. އަދި 420،000 އަކަފޫޓުގެ ސަރަހައްދު މުހިންމު ބޭނުންތަކަށް ކަދުރު އުފެއްދޭނެ ގޮތް ހެދޭއިރު މިތަންތަނުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަދުރު އުފެއްދުމުގެ ކަންކަން ކުރުމަށް އެ ކުންފުނިން ބޮޑު ކުރާ ސަރަހައްދުގައި 6،500 ސޯލާ ޕެނަލް ބަހައްޓާނެ ކަމަށްވެސް އަލް ބަރަކާ ޑޭޓްސް އިން ބުނެއެވެ.
ކަދުރަކީ ގުދުރަތީ އެއްޗެއްނޫންތަ....އެހެންވީމަ ބުނުން ރަނގަޅުގޮތަކަށްވާނީ ކަދުރު ހައްދާ، ކަދުރު އުފައްދާ އެއްނޫން....ވަގުތު ކުދިންވެސް މިންގަނޑުން ބޭރުނުވައްޗޭ
ކުކުޅު މަސްވެސް މިހާރު އުފައްދާ އެހެންވީމަ ނޭނގޭނެތާ!
އެމީހުން ގަސް ފަޅުވައިގެން ފާމް ކޮށްގެން މިޒަމާނުގެ ގޮތައް އުފައްދަނީ އެހެންވެ އެބަސް ބޭނުން ކުރެވޭނެ އެފާމްތަކުގައި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެްން އަވަަހަށް ކަދަރު އަޅުވާ ގްރާފް ވެސް ކުރޭ