ގުރޭޑް 10 ގައި ކިޔަވަމުންދާ ކުއްޖަކު ރޭޕުކުރުމަށް ފަހު މަރާލައިފިއެވެ. ގުރޫޕަކުން މިކަން ކޮށްފައިވާއިރު، ކުއްޖާއަށް މަރާލާފައިވަނީ ވިހައެއް ދީގެންނެވެ.

އިންޑިޔާގެ ހަރިޔާނާގެ ފަތަހައާބާދުގައި މިކަން ހިނގާފައިވާއިރު، މި ޢަމަލުގައި ބައިވެރިވެފައިވަނީ ތިން މީހުންކަމަށް ނޫސްތަކުން ބުނެއެވެ. އެތިން މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭކަމަށްވެސް އެފަރާތްތަކުންވަނީ ބުނެފައެވެ.

ފުލުހުންނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންހެން ކުއްޖާ ރޭޕުކުރުމުގައި ބައިވެރިވި ކުޑަ ކުއްޖާވެސް ވަނީ ވިހަ ބޮއެފައެވެ. އެހެންނަމަވެސް، އޭނާ މިހާރު ރަނގަޅުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ މި ހަފްތާގެ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަދި، މި އަންހެން ކުއްޖާ އާއި ތިން މީހުންނަކީ އެއް އަވަށެއްގެ އެއް ސަރަޙައްދަކަށް ނިސްބަތްވާ މީހުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްފަޅައިގެންދާފަދަ ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ތިކަން ހައްލު ކުރާން ރާއްޖެއިން ފޮނުވި މީހާވެސް އިންޑިޔާއިން ބޭރުކޮއްލީ..

    • ފެންނަގޮތް

      ހެެހެ

  2. މީ

    އަންހެނުންނައް އަދި އިތުރައް އޯގާތެރި ވާންޖެހޭއިރު ހާދަ ރަހުމެއް ނުބަހައްޓައޭ.. ދެރަކަމެއް ވަރަށް ރުޅިއަރާ