ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ސީރިއާގެ ރައީސް އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި އައްސަދުގެ އިތުރުން އޭނާގެ އަނބިކަނބަލުން އަސްމާވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެހެން ނަމަވެސް ބަލީގެ މާ ބޮޑު އަލާމާތްތަކެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ، ދެމަފިރިންގެ ހާލުވެސް ރަނގަޅު ކަމަށާއި ގޭގައި އެކަހެރިވެގެން ތިބެ ދެމަފިރިންވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރާނެ ކަމަށެވެ.

އައްސަދު އަކީ ސީރިއާގެ ކުރީގެ ރައީސް ހާފިޒް އަލް އައްސަދުގެ ދަރިކަލުންނެވެ. އޭނާ އަކީ އެގައުމުގެ 20 ވަނަ ރައީސެވެ. އޭނާ އެގައުމުގެ ރައީސެއްގެ މަގާމުގައި ހުންނަވާތީ 20 އަހަރުވެއްޖެއެވެ.

ސީރިއާއިން މިހާތަނަށް 15،981 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މި ބަލި ޖެހިގެން އެގައުމުން 1،063 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން 10،374 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުދުހުދު

    الحمدلله

    19
    4
  2. އަހްމަދު

    ނުބައި ނުލަފާ މުސްލިމުންގެ ލޭ ބޮއިގެން ހުރި ބާތިނީ ޢަލަވީ ކާފިރު ކަލޭގެ ހިތި ގޮތަކަށް ގެންދަވައި ދެ ދުނިޔޭގައި ޢަޒާބު ދެއްވާނދޭވެ

    14
    2
    • މޯލްޑިވިޔަން

      ސަ އުދީ ވެރިން މަނުލަފާ ކަމަށް ދަ އްކނީ.ދެން ތިހާ ވަރުގެ މީހެ އް ވިމާ ނުގެން ދަވަނީ ކީ އްވެބާ

      3
      2