އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ބަރާތް ބަޔޯޓެކްއިން ތައްޔާރު ކޮށްފައިވާ "ކޮވަޒިން" ބޭނުން ކުރުމުގެ ލަފާ މެކްސިކޯގެ ކަމުގެ ތަޖުރިބާކާރުންގެ ޓީމަކުން ދީފިއެވެ.

މި ޓީމުން ތައްޔާރު ކޮށްފައިވާ ރިޕޯޓް އެމެރިކާގެ ފެޑެރަލް މެޑިކަލް ސޭފްޓީ ކޮމިޝަންގެ ބޯޑަށް ހުއްދަ ހޯދުމަށް ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮވަޒިން ވެކްސިންގެ އެންމެ ފަހުގެ މަރުހަލާތައް ދައްކާ ގޮތުގައި އެ ވެކްސިނަކީ 81 އިންސައްތަ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. މި ވެކްސިނަކީ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާއިން އެއްވެސް ކަހަލަ ތަހުލީލުތަކެއް ނުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ވެކްސިނެކެވެ.

އޭގެ ފަހުން އެގައުމުގައި 1.3 މިލިއަން ވެކްސިން ޑޯޒު ވަނީ ދީފައެވެ. އަދި ބާރަތު ބަޔޯޓެކްއިން ވަނީ ވެކްސިންގެ 20 މިލިއަން ޑޯޒު ބްރެޒިލް އަށް މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ފޮނުވަން ކަމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މެކްސިކޯއިން މި ވެކްސިން ބޭނުން ކުރުމުގައި ލަފާ ދީފައިވާއިރު، މިހާރު އެގައުމުން ވަނީ ޖުމްލަ 6 ވެކްސިނަކަށް ހުއްދަ ދީފައެވެ. ނަމަވެސް ގިނަ ވެކްސިނުން އެގައުމަށް ލިބިފައިވަނީ މަދު ޑޯޒުތަކެކެވެ. އެގައުމުން މިހާތަނަށް މި ވެކްސިންތަކުން 2.7 މިލިއަން ޑޯޒު ވަނީ ހޯދާފައެވެ.