އިސްރާއީލުން މިދިޔަ ހުކުރު ދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ ނަރުސްގެ ކޮއްކޮ ގަޔަަށް ވެސް ބަޑި ޖަހައި ޝަހީދު ކޮއްލައިފިއެވެ.

އިސްރާއީލުން މިދިޔަ ހުކުރު ދުވަހު އުމުރުން 21 އަހަރު ރަޒަން އަޝްރަފް އަލް ނަޖާއު ޝަހީދު ކޮއްލާފައިވާއިރު މިދިޔަ ހޯމަ ދުވަހު ވަނީ ރަޒަން އަޝްރަފް އަލް ނަޖާގެ ކޮއްކޮ ރަމްޒީ ނަޖާ ގަޔަށް ވެސް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން ރަމްޒީ ނަޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ޝަހީދު ކޮއްލީ ރަޒަން ޝަހީދު ކޮއްލުމާއި ދެކޮޅަަށް ރުޅިވެރިކަމާއެކި އަޑުއުފުލަމުން ދަނިކޮށް ކަމަށެވެ.

އުމުރުން 21 އަހަރު ރަޒަން އަޝްރަފް އަލް ނަޖާ ޝަހީދު ކޮއްލާފައިވަނީ ޣައްޒާގެ އިރުން އޮންނަ ހާން ޔޫނުސް އަވަށުގައި ޒަހަމުވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން ތަކަކަށް ފަރުވާދެމުން ދަނިކޮށެވެ.

ރަޒަން އަޝްރަފް އަލް ނަޖާއް ޝަހީދުވެފައިވަނީ ވަޒަން އެރުމުން ލިބުނު ޒަހަމް ތަކުގެ ބޮޑުކަމުންނެވެ. އިސްރާއީލުގެ ސިފައިން ވަނީ ރަޒަން އަޝްރަފް ޝަހީދު ކޮއްލުމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ިމި އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު އާންމުން ކުރަމުންދާ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި މިހާތަނަށްވަނީ 130 އަށް ވުރެން ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި 13,000 ވުރެން ގިނަ މީހުން ޒަޚަމްކޮށްލާފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަޙުމަދު

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އިސްރާއީލަށް ހަާކުހުރި!

  2. އިންތި9

    އިސްރާއިލުން ފަލަސްތީނުގެ ކުށެނެތް މުސްލިމުން ޝަހީދު ކުރަނީ އެމެރިކާ މަދަދު ލިބިގެން. އެކަމަކު ރާއްޖޭގެ އިދިކޮޅު ފަރާތްތަށް އެމެރިކާގެ ޑިޕޮލެމެޓްނާއި އެކު ރަމަޞާމަހު ކޮފީ މޭޒުތަކު ދޮށުގައި

  3. މީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  4. ޑިމޮކްރަޓިސްޓް

    މި ނުބައި ނުލަފާ ޝައިތާނީ ޔަހޫދީންގެ މައްޗަށް މާތްﷲ ނުބައި ކޯއެއް ފޮނުއްވާ އެބައިމީހުން ނިކަމެތިކުރައްވާ، ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދެއްވާފާންދޭވެ.. އާމީން...

    • ޒާހިރު

      އާމީން.

    • ޣާޒީ

      އާމީން...

    • ހަދީޖާ

      އާމީން

    • މަ

      އާމީން

  5. ފަސްޓޭ

    ޔާﷲމި ނުބައި ނުލަފާ ޝައިތާނީ ޔަހޫދީންގެ މައްޗަށް މާތްﷲ ނުބައި ކޯއެއް ފޮނުއްވާ އެބައިމީހުން ނިކަމެތިކުރައްވާ، ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދެއްވާފާންދޭވެ.. އާމީން...

  6. ނުރަބޯ

    މާތްﷲ އެމީހުން މައިތިރި ކުރައްވާނެ ކެތްތެރިވޭ. ޖިހާދު ކުރިޔަށްގެންދޭ.

  7. ނަސީރު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  8. ދުއާ

    އޭ ހައްދަވާ ބޮޑުކުރެވި ރަސްކަލާކޮ.އިސްރާއީލް ގެ ޖައްބާރު އެއްޗެހިންތައް ހަލާކުކުރައްވާށި.އާމީން

  9. އަހްމަދު

    ރާއްޖޭގެ ސަރުކާރާ މިވަގުތު ޙަވާލްވެ ތިބި ޔާމީނާއި ޔާމީންގެ އަރިސް މީހުންނާއި ބައެއް ޝައިޚުންވެސް ނަކީވެސް އިޒްރޭލްގެ ނުބައިނުލަފާ އަނިޔާވެރީން ފަދަބައެއް