އިންޑިއާ އާއި ބަންގްލަދޭޝް ގުޅުވާލުމަށް ހެދި ބްރިޖް ހުޅުވައިފިއެވެ.

"މައިތްރީ ސެޓު" ނަމުގައި ނަން ދީފައިވާ މި ބްރިޖް އިއްޔެ ހުޅުއްވައި ދެއްވީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ.

މި ބްރިޖް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން މޯދީ ވިދާޅުވީ އިންޑިއާ އާއި ބަންގްލަދޭޝް ގުޅުވާލުމުން ދެ ގައުމުގައި އޮންނަ ގުޅުން ވަރުގަދަ ވެގެން ދިއުމުގެ އިތުރުން އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ވެސް މޯދީ ވަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޓްރިޕޫރާގެ އެކިއެކި އިންފްރާސްޓްރަކްޗަ ޕްރޮޖެކްޓްތަކުގެ ބިންގާ ވެސް އަޅައިފައެވެ.

ބްރިޖް ހުޅުވުމަށްފަހު ދެއްކި ވާހަކައިގައި މޯދީ ވަނީ މީގެ ކުރިން ރޭލުންނާއި ކަނޑުމަގުން ކުރަމުން އައި ދަތުރުތަކަށް ބްރިޖްގެ ސަބަބުން އިތުރަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި މުޅި އެ ސަރަހައްދު ތަރައްގީ ވެގެން އަންނަނީ ބަންގްލަދޭޝް އާއި އިރުއުތުރު އިންޑިއާގެ ސަބަބުން ކަމަށް ވިދާލުވެފައެވެ.

މީގެ އިތުރުން މޯދީ ވަނީ މި ބްރިޖްގެ ސަބަބުން އެހެނިހެން ގައުމުތަކަށްވެސް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަ ކުރައްވައިފައެވެ.

ބްރިޖްގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ބަންގްލަދޭޝްގެ ސަރުކާރާއި ބޮޑުވަޒީރު ޝެއިޚް ހަސީނާ ދެއްވި އެއްބާރުލުން ފާހަގަކޮށް މޯދީ ވަނީ މި މަހުގެ ފަހުކޮޅުގައި ބަންގްލަދޭޝްއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ކޯރެއް ކަމަށްވާ ފެނި ރިވާގެ މަތިން ބަންގްލަދޭޝްއަށް ގުޅުވާލާފައިވަނީ 1.9 ކިލޯމީޓަރުގެ ބްރިޖަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރުކުރު

    ތިޔަ ބުރިޖު އަޅަން ހަރަދުވީ 133 ކުރޯޑު ރުޕީސް އެއީ 20 މިލިއަން ޑޮލަރު، ރާއްޖޭގަ މަގެއް ހަދާލަންވެސް އެވަރު ހަރަދުވޭ.

    12
    • ހަސަން

      އަގަށް ވަރަށް ބޮޑަށް އަސަރު ކުރާނެ މެޓީރިއަލް ލިބޭ ފަސޭހަކަމާއި އަގާއި ޗީޕް ލޭބަރ އަށް.

    • ތުނިޔަ

      މަގެއް ކީތްކުރަން ދަބަރު ޖަހާފަހުރި ވެންޓިލޭޓަރު ގަނޑެއް ހޯދަންވިޔަސް އެހާވަރު ޚަރަދުވޭ.

  2. އަހުމަދު

    ވެންޓިލޭޓަރުގައި ދަބަރުވެސް ޖަހާތަ؟

    1
    1