ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) މި އުޅެނީ ދިވެހި އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖެހި، ފިލްމީ ތަރި މަރިޔަމް ނިޝާ އެނބުރި ފިލްމީ ދާއިރާއަށް ނެރެވޭތޯ އެވެ. އެކަމާއި ނިޝާއާއެކު މަޝްވަރާތަކެއް ކުރިއަށް އެބަ ދެއެވެ. އެކަމަކު ނިޝާ އަދިވެސް ޖަވާބެއް ނުދޭތީ މަސައްކަތް އޮތީ މަޑު ޖެހިފައެވެ. ދިވެހި ފިލްމްގެ "ނިޝާ"އަކީ ހަމަ ނިޝާއާއެކު ކުރިއަށްގެންދަން ނިންމާފައި އޮތް ފިލްމެކެވެ.

ނިޝާ "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާގޮތުން، އޭނާ ފިލްމީ ދާއިރާއަށް އެނބުރި އައުމާއި މެދު އަދި ގޮތެއް ނުނިންމައެވެ.

"މުހަންމާއާ ވާހަަކަދައްކާތާ ފުދޭވަރަކަށް ދުވަސްވެއްޖެ، ވަރަށް ކުރީއްސުރެ، އަދިވެސް މި އުޅެނީ އެއްބަސް ނުވެވިގެން، ހަމަ ވާހަކަ ދެކެވެމުންދަނީ، ހަމަ އިންތިޒާރު ކުރަން ބޭނުންވާ ބޭފުޅެއް ނަމަ ހުންނަވާށޭ، އަދި ވަކި ގޮތަކަށް ނުއެއް ނިންމޭ" ނިޝާ ބުންޏެވެ.

މުހަންމާ "ވަގުތު"އަށް ވިދާޅުވީ، ނިޝާ ފިލްމީ ދާެއިރާއަށް ނެރުމަށް އޭނާއާ ވާހަކަދެކެވުނު ކަަމަށާއި، އެހެން ނަމަވެސް އަދިވެސް އޭނާ އެކަމާއި ވިސްނަމުން ދަނީ ކަމަށެވެ. ނަމަވެސް ނިޝާ ދާއިރާއިން ފެނުމުގެ ޝައުގުވެރިކަން، އޭނާގެ ވާހަކަތަކުން އެނގޭ ކަމަށް މުހަންމާ ފާހަގަކުރެއްވިއެވެ.

"ވިސްނާފައި ޖަވާބެއް ދޭ ކަހަލަ ގޮތަކަށް އޮތީ، ދެން އެރޭންޖްކޮށްލަން ޖެހޭ ބައެއް ކަންކަން ހުރީމަ އެކަންކަމަށް ފަހުގައި ގޮތެއް ނިންމާނެ ކަމަށް، ދާއިރާން ފެނުމުގެ ޝައުގުވެރިކަން ހަމަގައިމުވެސް ނިޝާގެ ވާހަކަތަކުންނާއި، އެކަހަލަ ގޮތަކަށް އޮތީމަ އަޅުގަނޑު ނިޝާއާއެކު ކުރިއަށް ދިޔައީ". މުހަންމާ ވިދާޅުވިއެވެ.

މަޝްހޫރު ބަތަލާ ނިޝާ، މުހަންމާ ބޭނުން ވަނީ ފިލްމް "ނިޝާ" ނިޝާއާއެކު ކުރިއަށްގެންދަން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މިއީ ވަރަށް މުހިންމު ފިލްމެކެވެ. އަދި މި ފިލްމް ނެރުމުގެ ވިސްނުން އޭނާގެ ހުރީ ނިޝާއާއި އެކުގައެވެ.

"ކުޅެންޏާ ހަމަގައިމުވެސް އެންމެ ފުރަތަމަވެސް ދެކެދެެކެވެެސް ޕްރޮޑަކްޝަންގެ ފިލްމެއް ކުޅޭނެ ކަމަށް ކޮމިޓް ވެފައި އޮތީ".

ދެކެދެކެ ވެސް ޕްރޮޑަކްޝަންގެ ވެރިޔާ މުހަންމާ ވިދާޅުވީ، އޭނާ ގަބޫލުކުރާގޮތުގައި ނިޝާއަކީ ވަރަށް ގިނަބަޔައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެ ކަމަށާއި، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ނިޝާ ހުރީ ފިލްމީ ދާއިރާއާ ދުރުގައި ކަމަށެވެ.

"އެހެންވީމަ މިވަގުތު ނިޝާ މި ދާއިރާއާ އެއްކޮށް ކުރިއަށްދިއުމުގެ ޝައުގުވެރިކަމެއް ހުރެއްޖެކަމުވައި ވަންޏާ އަޅުގަނޑު ވަރަށް މުހިންމު ނިޝާ ލައިގެން ފިލްމެއް ހެދުން، މިކަން ވަރަށް ކަމުދާ ގޮތަށް ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ".

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ)

ނިޝާ މި ފިލްމައިގެން ކުރިއަށްނުދާނަމަ މުހަންމާގެ ވާހަކަތަކުން މި ފިލްމްގެ މަސައްކަތެއް ކުރިއަށްނުދާނެއެވެ. ނިޝާ ނޫން އެހެން މީހަކާއެެކު މި ފިލްމްގެ ކުރިއަށްގެންގޮސްދާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން މުހަންމާ ވިދާޅުވީ، މި ފިލްމަކީ ނިޝާގެ ހަގީގީ ވަރަށް "ރިއަލް" ސްޓޯރީއަކަށް ހަދަން އުޅޭ ފިލްމެއް ކަމަށާއި، އޭނާ މި ފިލްމް ނުކުޅޭނަމަ އިތުރު މީހަކު ގެނެސްގެން މި ފިލްމްގެ މަސައްކަތް ކުރިއަށްނުގެންދާނެ ކަމަށެވެ.

"ވަކި ސީދާ ނިޝާގެ ހަޔާތުގެ މައްޗަށް ނެރޭ ފިިލްމެއް ނޫން، ވަރަށް ގިނަ ކަންކަން ފިލްމް ތެރޭގައި ހުރުމަކީ އެކަށީގެންވާ ކަމެއް، ދިރިއުޅުންތާ ދެން ފިލްމްތަކުގައި ދައްކައިދެނީ، އޭގެ އަދި ވަކި ގޮތެއް އަދި ފައިނަލް ނުވޭ، ގޮތެއް ނުއެއް ނިންމޭ، ވަރަށް ރިއަލް ސްޓޯރީއަަށް ދިއުމުގެ ވާހަކަތަކެއްވެސް އަޅުގަނޑުމެން ވާނީ ދެކެވިފައި، އެ އަދި ސިއްރެއްގެ ގޮތަށް" މުހަންމާ ވިދާޅުވިއެވެ.

ނިޝާ އެ ފިލްމް ކުޅެން އާއެކޭ ބުނާ ހިސާބުން އެ ފިލްމާއި ގުޅުން ހުރި މަސައްކަތްތައް ފެށިގެން ދާނެ އެވެ. މިއީ ލޯބީގެ ފިލްމެއް ކަމަށް ބޮޑަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަަވް ބޮނދު

    ނިޝާ މިހާރު ހާދަރީއްޗޭ
    ނިޝާ ފިލްމާއި ލަވަޔާއަދެންނު ކުޅޭތި
    އެއީ ކަޑެއެޅިގެން ހަރާމް ކަންތައްތައް މުސްލިމުނައް
    ދުޢާއަ ކީ އަޅުގަނޑުމެންއެންމެންނަ ކީ ހެޔޮބަސްއަޑުހާ ހެޔޮބަހާއިއެއްގޮތައްއަމަލު ކުރާބައެއް ކަމުގައިލެއވުން.

    25
    7
  2. ޅަބޭ

    މީ ދިވެހި ރާއްޖޭގެ މެޑޯނާ

    3
    1