އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ބިރުބޮޑުވުމާއި ގުޅިގެން ތައިލޭންޑުގައި ވެކްސިން ދިނުން ފަސްކޮށްފިއެވެ.

ތައިލޭންޑުން ވެކްސިން ދިނުން ފަސްކޮށްފައިވަނީ ގިނަ ގައުމުތަކުން އެ ވެކްސިން ޖެހި ބައެއްގެ ލޭ ގަނޑުވުމުގެ ބައެއް މައްސަލަތައް ދިމާވުމުގެ ސަބަބުންނެވެ. އެގައުމުން ވެކްސިން ދިނުން ފަސްކޮށްފައިވަނީ ބޮޑުވަޒީރު ޕްރަޔަތް ޗަން އޯ ޗާ ވެކްސިން ޖަހާ ދުވަސް ކައިރިވެފައިވަނިކޮށެވެ.

ތައިލޭންޑުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާކަން ސާބިތުވުމާއު ގުޅިގެން ވެކްސިން ބޭނުން ކުރުން އެގައުމުތަކުގައި ހުއްޓާލާފައެވެ. އޭގެ ތެރޭގައި ކެމްބޯޑިއާ، އޮސްޓްރިއާ، ލިތުއޭނިއާ، ޑެންމާކު، ނޯވޭ، އައިސްލޭންޑް ހިމެނެއެވެ.

ތައިލޭންޑްގެ ސިއްހީ މާހިރުން ބުނެފައިވަނީ އެގައުމުގައި ވެކްސިން ދިނުން ފަސްކޮށްފައިވާ ކަމަށާއި މިވަގުތު ބަލައިގެން ތިބީ ޔޫރަޕްގެ ތަޖުރިބާކާރުންގެ ބަހަށް ކަމަށެވެ.

"ތައިލޭންޑްގެ ރައްޔިތުންނަަށް ދޭ ވެކްސިން ވާން ޖެހޭނީ ރައްކާތެރި ވެކްސިނަކަށް. އެއްވެސް ގޮތަކަށް އަވަސް އަރުވާލައިގެން އުޅޭކަށް ނުޖެހޭނެ." އެގައުމުގެ ވެކްސިން ކޮމިޓީގެ އެޑްވައިޒަރު ޕިޔަސަކޮލް ސަކޮލްސްޓަޔަޑޯން ބުންޏެވެ.

ގިނަ ގައުމުތަކަކަށް މިފަދަ ތުހުމަތުތަކެއް ކޮވިޝީލްޑް ވެކްސިނަށް ކޮށްފައިވާއިރު، ޔޫރަޕިއަން ޔޫނިއަން އިން ބުނެފައިވަނީ ވެކްސިންގެ ސަބަބުން ލޭ ގަނޑުވާން ޖެހޭ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ފަސް މިލިއަން މީހުންނަށް ވެކްސިން ދެވުނުއިރު، 30 މީހެއްގެ ލޭ ގަނޑުވެފައިވާތީ އެކަން ބަލާ ކަމަށް ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުހަންމަދު

    އެކަމަކު މިތާ ތިބި ބުރާންތީން ދިވެހިންގަޔައް ޖަހާނަގަނަގާފަ ރެކޯޑުހެދިކަމައް ބުނެ ނޫސްތަކުގަ ޖަހަނީ. މިތާގެ ޕަބްލިކު ހެލްތު އޮތް ހިސާބަކީމީ.. ރައްޔިތުންނައް އެއްވެސް ހެވެއް ރައްކާތެރިކަމަކައް މާބޮޑު ފަރުވާލެއްނެތި ރައްޓިހި އިންޑިޔާއިން ދިންއެއްޗެއް ޖަހާނިންމާލީ. އެމީހުން ކާށިތެލާއި ތިނަރާއި އެއްކޮއްފަ ދިނަސް މިތާއޮތް ސަރުކާރުން ދިވެހީން ގަޔައް އެއީ ޖަހަން މާމޮޅުއެއްޗެކޭ ކިޔާފަ ޖަހާލާނެ. މިތާކުގެ އެއްނެތް އަސްލި ވެކްސީނެއްގެ އަޖުމަ ތަހުލީލުކޮއްގެން ބަލާލެވޭނެ ގާބިލިއްޔަތު ހުރި އަދި އިތުބާރުހުރި ސައިންޓިފިކް ކޮމިއުނިޓީއެއް. މިތާގަ އަބަދުވެސް އޮންނަނީ މޮޅުޑިގުރީ ޖަހާގެން ދުނިޔޭގެ ވަނަހޯދައިގެން ސަތޭކައިން މެޑަލް ދިނުން. އެހެޔޮ ބުއްދިއެއް ނެތަސް ދުނިޔެއިން އެއްވަނަ.. ކަމެއް ކުރަން ނޭނގުނަސް ދުނިޔެއިން އެއްވަނަ. ރާއްޖެ މިއޮތީ ރައްޔިތުން ގިސްލަ ގިސްލާ ރޯންޖެހޭ ހާލަތެެއްގަ.. ގައުމަކު ނެތް ރައްޔިތުންނައް ހަގީގީ ހެޔޮއެދޭ އެއްވެސް ވެރިޔަކު. ކޮންމެ މީހަކުވެސް އުޅެނީ ތިމާގެ އަނގައިން މޮޅުކަން ދައްކަން.

    59
    4
    • ޙސހސހ

      ވެކްސިން ޖަހަން މުވައްޒަފުންނަށް މަޖުބޫރުކޮށް، ބިރުދައްކާ. ވަޒީފާގެ ބިރަށް ވެކްސިން ޖެހި ކިތަންމެ ބަޔަކު އެބަތިބި. ކުއްލިމަރުތައް އެބަފެނޭ. އެކަމު އޭގެން ކަމެއް ބަލާތައެބަ.

      17
  2. ޥގޖ

    ވާނުވާ ބަލަން ވެއްޖެ

    30
  3. ޖަނާޒާ

    މި ރާއްޖެ ! ހަބޭސް ދެއްތޮ

    17
    1
  4. ކިޔުންތެރިއެއް

    ރާއްޖޭން އަވަހަށް ލިބިފައިހުރި އެތިކޮޅު ޖަހާ ނިންމާލަމާ ބަހީ.

    16
  5. މުބީނު މާރނީ

    ދިވެހި ރައްޔިތުންނަށް ކޮލިޓީ ނުވަތަ ކުރިއަރާފައިވާ ޤައުމެއް ކަމުގައިވާ އެމެރިކާގައި ބޭނުން ކުރާ ފައިޒާ ވެކްސިން ހައްޤު ނުވާ ސަބަބެއް ކިނބޫ ސަރުކާރުން އިޢުލާން ކުރަން ޖެހޭ.

    37
    6
  6. ސަލަފް

    މިރާއްޖޭގައި ވެސް 2 މީހަކު ވެކްސިން ޖެހިފަހުން މަރުވިކަމަށް ނޫސްތަކުން ރިޕޯރޓްކޮއްފައިވާ ޚަބަރު ފެނިފައި ވުމުން ހިތުގައ އުފެދޭ ސުވާލަކީ އެމީހުން ވެސް މަރުވީ ލޭގަޑުވެގެން ކަމަށް ވެދާނެއޭ.. މިރާއްޖޭގައިވެސް މިފަދަ މަރުތައް އިތުރަށް ބަލަންޖެހޭ .

    44
    2
    • ޙސހސހ

      އަޅުގަނޑުގެ އެކުރިން ތެރޭން ވެކްސިން ޖެހި ކުދިން ބުނަނީ އަތްފައި އައްސިވުމާ ބޮލަށް އެނބުރުން އެރުމާ ކަންކަން ދިމާވަކަމަށް. ކީއްކުރާނީ އަޅުވެތި ބަޔަކު ވާނީ މިހާވަރަށް ނިކަމެތި ރައްޔިތުން މިހަދާލީ މީދާ ތަކަކަށް.

      14
      • ލޮލްލް

        ކުރިންއ ތިބީ ގުނބޯ ހެދިގެން...

    • ފުވައްމުލަކު ޒުވާންޖީލު

      ތިޔަމަރުގެހަގީގަތްބަލަން ދިވެހިސަރުކާރުން ނުވެސްއުޅޭ .. އެކަމަކު ސީލިންގު ބޮލަށްވެއްޓިގެންމަރުވީމާ ޕޯސްޓުމޯޓަމްހަދަން އެކުވެރިއިންޑިޔާއަށްގެންދިޔައީޔޯ ...

  7. ގުދުގުދާބެއްޔާ

    ތިޔަ މައްސަލަ ކޮވިސީލްޑް ވެކްސިން ދިނުމުން ދިމާވާކަމެއްނޫން! ވަރަށްގިނަ މިފަދަ ލިއުންތައް ވެބްސައިޓުންފެނޭ! އަސްލު ހަޤީޤަތަކީ ކޮވިޑް ވައިރަސްއަށް ޕޮޒިޓިވް ވީމާ ޖަހާ ރެމްޑަސިވިރް އިންޖެކްޝަންއާއި އަދި ދެވޭ އެންޓިބައޮޓިކްގެ ސަބަބުން ވާގޮތެއް! މިއިންޖެކްޝަންތައް ޖަހާއިރު ލޭގަނޑު ވިޔަ ނުދިނުމަށް ޖަހަނީ ސެލެކްސޭން ނުވަތަ ލޯމޮލިކިއުލާ ހެޕަރިން އިންޖެކްޝަން!
    މިއީ ކޮވިސީލްޑް ވެކްސިން ދިނުމުން ދިމާވާކަމެއްނޫން! ހަނދާންކުރައްވާ ކޮވިސީލްޑް ވެކްސިން އަކީ އެހެން ހުއްދަދީފައިވާ ވެކްޝިނެކޭ އެއްގޮތައް ރައްކާތެރިއެއްޗެއް! ކޮވިޑް 19 އިން ރައްކާތެރިވާން އޮތް ހަމައެކަނި ހައްލަކީ ވެކްޝިންޖެހުން ފުރަތަމަ ޑޯޒް އަދި 2ވަނަޑޯޒް.

    13
    • ހަމަދާން

      ކޮވިޝިލްޑު ވެކްސީނަކީ "އިމްޖެންސީގައި" ބޭނުން ކުރަން ޑަބްލިޔުއެޗްއޯއިން ހުއްދަދީފަ އިން ވެކްސީނެއް. ގަބޫލު ކުނުރެވޭނަމަ ޑަބްލިޔުއެޗްއޯގެ އެނައުނުސްމެންޓުބަލާށެވެ.

    • ކޮއި

      ކާކު ބެއްޔާ ގާތުބުނީ؟

  8. ޑެޑުއހފޯސް

    މިތާ ތިބޭ ފުޑު އެން ޑުރަގު މީހުންގެ ފެންވަރު އެނގޭނީ އަހަރެމެންނައް އެއަރޕޯޓުގައި ތިބޭނެ ފުޑު މީހުންގެ ސައިންސްވެރިންތަކެއް ވަރަށް ރަގަޅަށް ޗެކްކޮށްލާނެ ކުރީގަ އަރިމައްޗައް މަސްގަންނަން ގޮއްސަ ހުންނާނެ ބައެއް މީހުން މުންޑު އަރުވާޖަހާލައިގެން ކުޑަކޮށްކޮ ބޮލުގައި ފިރުމަން ހަމަ އެގޮތައް ތިބޭނެ ރާއްޖޭގެ ފުޑު މީހުން ނުއެއްބަލާނެ އެކައްޗެއްވެސް ސާންޕަލިންނެއް ނުހާދާނެ ލެބެއް ނުހުންނާނެ. ކުޑަ ކެބެއް ގަ ސަރޓިފިކެޓް ކަލެކްޓުކުރަން ޕާޕާއީ އުޅުނުޒަމާނުގަ އެއްކޮލައް ބިޑިޖަހައިގެން އުޅޭ

  9. ޓިފުނެު

    ޖަހާނަން ދެ ޱޯޒް

  10. ޕޯ

    އެކަތި ވެސް ނުލިބިގެން މިޢުޅެނީ