އިޓަލީގައި ކޮވިޝީލްޑް ވެކްސިން ދިން ދެ މީހަކު މަރުވުމާއި ގުޅިގެން އެގައުމުން އެ ވެކްސިން ދިނުން މަނާ ކޮށްފިއެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އާއި އޮކްސްފޯޑްގެ އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދަފައިވާ ވެކްސިނެކެވެ.

އިޓަލީން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުން މަނާ ކޮށްފައިވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ ވެކްސިން ޖަހައިގެން ލޭ ގަނޑުވެ، މީހުން މަރުވާ ކަމަށް ތުހުމަތު ތަކެއް ކުރެވިގެން ވެކްސިން މަނާ ކޮށްފައެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ޑެންކާމު، ތައިލޭންޑް، ކެމްބޯޑިއާ، ލިތުއޭނިއާ، ނޯވޭ އަދި އައިސްލޭންޑް ހިމެނެއެވެ.

އިޓަލީގެ ސިއްހީ އިދާރާތަކުން ވަނީ އެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ސިސިލީގައި ވެކްސިން ދިން ދެމީހަކު މަރުވުމާއި ގުޅިގެން އިތުރަށް ވެކްސިންގެ ޑޯޒު ނުދޭން އިދާރާތަކަށް އަންގާފައެވެ. އެފަދަ ނިންމުމެއް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

އެގައުމުން މަރުވެފައިވަނީ އުމުރުން 43 އަހަރުގެ އަސްކަރީ ސިފައިންގެ އޮފިސަރަކާއި، 50 އަހަރުގެ ފުލުހެކެވެ. އެ ދެމީހުންނަށްވެސް ދީފައިވަނީ ކޮވިޝީލްޑް ވެކްސިން ކަމަށް އެ ގައުމުން ބުންޏެވެ.

އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ވެކްސިން ޖެހިތާ އެއްދުވަސް ފަހުން ހިތް ހުއްޓިގެން ކަމަށާއި އަނެކަކު މަރުވެފައިަވނީ ވެކްސިން ޖެހިތާ ގާތްގަނޑަކަށް 12 ވަނަރަކަށް ދުވަސްފަހުން ކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ ވެކްސިން ޖެހިތާ 24 ގަޑިއިރު ނުވަނީސް ބަލިވި ކަމަށާއި އޭގެ ފަހުން ޑޮކްޓަރަށް ދެއްކުމުން ސިކުނޑިއަށް ގެއްލުން ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ގިނަ ގައުމުތަކުން މިފަދަ ތުހުމަތުތަކެއް ކުރަމުން އަންނައިރު، އެސްޓްރަޒެނެކާއިން ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިނަކީ އެއީ އިންސާނުންނަށް ބޭނުން ކުރުމަށް ގިނަ ތަހުލީލުތަކެއް ހަދާފައިވާ ވެކްސިނެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެކަހަލެއް މައްސަލައެއް ދިމާ ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތުނބުޅި

    ތިޔައީ ވެދާނެ ކަމެއް. ޙަލާލު ރަނގަޅު ހަށިގަނޑަށް ފައިދާހުރި ކާއެއްޗެއްސަށް އެލާރޖިކް ވެގެންވެސް މީހުން މަރުވަނީތާ އެވެ. އެހެން ވީމާ ވެކްސިން ވެސް އެއީ ދުނިޔޭގެ ހުރިހާ އެންމެންނާ ގުޅޭ އެއްޗަކަށް ވުމަކީ ކިހިނެއްވާނެ ކަމެއްހެއްޔެވެ.

    13
    17
  2. ޙުރާ

    ވަކި ބެޗެއް ބޭންކުރި ނޫނީ މަނާކުރި ވާހަކަ އޮތީ! ތަރުޖަމާނު ޗައިނާ ބަސްތޯ ދިވެހިކުރީ!

    8
    13
  3. ހަަނި

    މިވަރުއެޗެ އަވަސްއަރުވާލާގެން އަހަރެމެންގަޔަޖެހީ

    34
    1
  4. ޒުހުރާ

    ރައްޔިތުން ދެކެ ލޯބިވާ ވެރިންނަށް އެންމެ ރައްޔިތެއްގެ ފުރާނަވެސް ވަރަށް މުހިންމުވާނެ. އެކަމަކު ދިވެހި ރާއްޖޭގެ ރައީސް މީހާ އަކީ ރެކޯޑް ހެދުމުގަ ހޭބަލިވެފަ ހުރި މީހެއް. އެންމެ ބޮޑު % އެއްގެ މީހުނަށް ވެކްސިން ދިން ގައުމަށްވުމާ ވެކްސިން އިން އެންމެ ގިނަ މީހުން މަރުވި ގައުމަށް މިގައުމު ހަދާ ރެކޯޑް ހަދާހިތުން މިހާރު ލޮލަށް ނިދި ނާންނާނެ.

    41
    4
  5. ގައުމީ ލޯބި

    އެއީ ވަރަށް ބޮޑު ތެދެއް ކޮވިޝީލްޑް ވެކްސިނަކީ ހިލޭ ދިވެހީން އަދި އޭޝިޔާގެ ބައްރުގެ ފަގީރުން ނަށް ދީގެން އެމީހުންގެ ގަޔަށް ޖަހައި ޓެސްޓުކުރަމުން މިހާރުވެސް އަންނަ.. އިންސާނުން (ޔައުނީ ދިވެހީން) ބޭނުން ކޮށް ތަހުލީލުތަކެއް ހަދާފައިވާ ވެކްސިނެއް!

    އަހަރުމެންގެ ވެރީން އަހަރުމެން ދެކެ ލޯބި ނުވިޔަސް އެހެންގައުމުތަކުގެ ވެރީން އެމީހުންގެ ރައްޔަތުންނަށް ގެއްލުވާ ކަންކަން ނުކުރޭ!
    އެހެން ވެ މަނާކުރިގައުމުތަކުގެ ލިސްޓުގައި އޮސްޓްރިއާ، ޑެންކާމު، ތައިލޭންޑް، ކެމްބޯޑިއާ، ލިތުއޭނިއާ، ނޯވޭ އަދި އައިސްލޭންޑް، އިޓަލީ ހިމެނި ރާއްޖެ ނުހިމެނެނީ.. އަދި

    އެހެންވެ ނޫންތޯ މިވެރިން އެގަންނަށް އެއްބަސްވުން އެހަދަނީ.

    15
  6. ކޮވެލި

    ދެރަކަމެއް .. ވަރަށްއަވަސްއަރުވާލައިގެން މިރާއްޖޭގަވެސް މިވަނީ ލައްކަމީހުންގެ ހަށިގަނޑަށް ތިޔަދުއްވާލާފަ.. ވީމާ ހުރިހާމިސްކިތެއްގާވެސް ގުނޫތުކިޔަންފެނޭ

    11
  7. މަބޭ

    ރާއްޖޭގް ކޮވިސީލްޑް ވެކްސިން ޖެހުންހުއްޓާލަން މިސަރުކާރަކައް ނުކެރޭނެ ސަބަބަކީ އެކަންނިންމުމުގެބާރު ސަރުކާރައްނެތީމަ މިހާރު މިގައުމުގިންގަނީ އިންޑިޔާ އެންބަސީއިން އަންގާގޮތައް

    12
  8. Anonymous

    21 ވަނަ ގަރުނުގައި ނިހާތަނަށް އިންސާނެއްގެ ގަޔަށް ޖަހާ އެންމެ ބާރުގަދަ ވެކްސިން މީ

    11
  9. މައޭރުވެސްބުނިން

    އިންޑިޔާއިން އުފައްދާ ވެ ކްސިނެއްނޫން މީ ކީ، އިންޑިޔާގެ ޕޫނޭގަ އިއްނަ ބޮޑު ފެ ކްޓްރީގަ ފޯމިއުލާ ދިނީމަ ހަމައެ ކަނި ބަންދު ކޮއްލަނީ..

    6
    6
  10. Anonymous

    ޑެންކާމު؟؟ އެ ކޯއްޗެއް؟؟ ޑެންމާކު ކިޔަނީ.. ލިޔަން ނޭނގޭ ވަރުން ވެސް އަދި ލިޔެވޭތޯ ބަލާތި

  11. އަންނިނި

    އެންމެންގެ ވޯޓް ތިލަފަތަަށް