ސައުދީ އަރަބިއްޔާގައި ކުރިޔަށް ގެންދިޔަ ފެޝަން ޝޯއެއްގައި އަންހެން މޮޑަލުންގެ ބަދަލުގައި ޑުރޯންގެ ބޭނުން ކޮށްފިއެވެ.

މި ޝޯ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ ހަނެން އަލްޖަވާހިރީ ބުނެފައިވަނީ މިގޮތަށް މިފެޝަން ޝޯ ބޭއްވުމުގެ މަޤްސަދަކީ ސައުދީގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ފެޝަން ޝޯގެ އެހީގައި ދައްކުވައިދިނުމެވެ.

" މި ފެޝަން ޝޯގެ މަޤްޞަދަކީ އަރަބި ޤައުމުތަކުގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ ދައްކުވައިދިނުން. ފެޝަން ޝޯއަކީ އަންހުން ބޭނުުންކޮށްގެން ކުރީގެ ގޮތަށް ހަމައެކަނި ބޭއްވޭނެ އެއްޗެއް ކަމަށް ޤަބޫލެއް ނުކުރަން " ހަނެން އަލްޖަވާހިރީ އިންސައިޑާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

މިފެޝަން ޝޯގައި ސައުދީގައި ބޭނުން ކުރަމުން އަންނަ ހެދުންތަކާއި ފައިވާންތަކާއި ދަބަސްތައް ޝޯގައި ދައްކާލައިފައިވަނީ ޑްރޯންއެއްގެ އެހީގައެވެ. މި ފެޝަން ޝޯ ބޭއްވިފައިވަނީ ރޯދަ މަހުގައި ކަމުން އަންހެނުން މޮޑެލްސް ބޭނުން ނުކުރީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސައުދީގެ ފުރަތަމަ ފެޝަން ޝޯ ބާއްވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެފެޝަން ޝޯގައި އަންހެން މޮޑެލްގެ ބޭނުންވަނީކޮށްފައެވެ. ނަމަވެސް އެފަހަރުގެ ފެޝަން ޝޯގައި ފޮޓޯނެގުން ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު