އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވަސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިން ޖެހުމުގެ ސަބަބުން ލޭގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ބެލެވިގެން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން އެވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އަނެއްކާވެސް ވެކްސިންގައި މައްސަލައެއް ނެތް ކަމަށް ބުނެފިއެވެ.

ޔޫރަޕްގެ އެންމެ ބޮޑެތި ގައުމުތައް ކަމަށްވާ ޖަރުމަންވިލާތާއި، އިޓަލީވިލާތާއި، ފަރަންސޭސިވިލާތުން ވެސް މިހާރު ވަނީ މިވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި އޭގެ އިތުރުން ވެސް ޔޫރަޕްގެ ގިނަ ކުދި ގައުމުތަކުން ވެސް ވަނީ މިހާރު ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިނަކީ އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ގުޅިގެން އުފައްދާ، އަދި އިންޑިއާގެ ސީރަމް ކުންފުނިން ސަޕްލައި ކުރާ ވެކްސިނެވެ. އެހެންކަމުން ރާއްޖޭގައި ޖަހަމުން މިގެންދަނީ ވެސް ޔޫރަޕްގެ ގައުމުތަކުން މިހާރު ޖެހުން ހުއްޓާލާފައިވާ ވެކްސިނެވެ.

އެސްޓްރާޒެނެކާގެ ވެކްސިން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ހުއްޓާލުމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން މިއަދު ވެސް ބުނީ މިވެކްސިންގެ ސަބަބުން ލޭގަނޑުވާކަން ފާހަގަ ކުރެވިފައި ނުވާކަމަށާއި ނަމަވެސް މިހާރު ލިބެމުންދާ ރިޕޯޓްތަކާއި ގުޅިގެން އިތުރު ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިހަފްތާގެ ކުރީކޮޅު ވެސް ޑަބްލިއުއެޗްއޯ އިން ވަނީ މިހެން ބުނެފައެވެ.

ޖަރުމަންވިލާތާއި، ފަރަންސޭސިވިލާތާއި އަދި އިޓަލީވިލާތުން ވެސް ބުނެފައި ވަނީ އެސްޓްރާޒެނެކާގެ ވެކްސިންގެ ސަބަބުން ލޭގަނޑުވާކަން މުޅިން ކަށަވަރު ކުރެވިފައި ނުވާކަމަށާއި ނަމަވެސް ވެކްސިން ޖެހުން މެދުކަނޑާލާފައި ވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވީ ވަރަށް އަވަހަށް ވެކްސިން ޖެހުން އަލުން ފެށިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށާއި ނަމަވެސް މިވަގުތު އެންމެ މުހިއްމު ކަމަކީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.

އެސްޓްރާޒެނެކާ އިން ބުނާ ގޮތުގައި ވެކްސިން ޖަހާފައިވާ 17 މިލިއަން މީހުންގެ ހާލަތު ބެލިއިރު ވެސް ސިއްހީ ބޮޑު ނުރައްކަލެއް އެއިން މީހަކަށް ކުރިމަތިވެފައެއް ނުވެއެވެ. އެއިން އެއްވެސް މީހަކަށް ލޭގަނޑުވުމުގެ މައްސަލަ ދިމާނުވާ ކަމަށް ވެސް އެސްޓްރާޒެނެކާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅޮސް

    ދުނިޔޭގެ ތަރައްގީ ގައުމުތަކުން ވެކްސިން ހުއްޓާލާތީ ކަންބޮޑުވަނީ ދޯ ޑަބްލިއުއެޗްއޯ!!! ހެހެ ހާސް ނުވޭ. ގިނަ ދިވެހިން ގަޅި ކަމުން ނުވާނެ ތި ކަމަކާ. ތި ވެކްސިން ޖަހައިގެން މީހުން މަރުވީމަވެސް އަޅައެއް ނުލާނެ!!

  2. ނަޝް

    ސީރަމް ކުންފުނިން ޑަބްލިއުއެޗްއޯ ގެ ސްޓްރީން ކޮމެޓީއަށް މިލިޔަން ޑޮލަރުން ރިޝްފަތް ދީފަ ހުރީމަ އޯކޭ ޖަހާނެކަން އިގޭ. އެހެން ނޫނީ އިންޑިއާގެ ސީރަމް ކުންފުންޏަށް ބިލިޔަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެ. މިހާރުވެސް އެ ވެކްސިން ގަންނަން ކިއޫ ހަދާފަ އެތިބީ ގައުމުތަކުން.

  3. .....

    ދިވެއްސަކު އިންޑިއާގެ ހޮސްޕިޓަލްއަކަށް ދެއްކީ ކަންފަތައް ރަނގަޅަށް އަޑުނީވިގެން...ކުއްލިއަކަށް ދިމާވި މިމައްސަލައިގަ އޭނާ ޑޮކްޓަރަށް ދެއްކީމާ ބަލަބަލާފަ ބުނީ އެއްވެސް މައްސަލަ އެއްނެތޭ...އެ ދިވެހި މީހާ ރުޅިއައިސްގެން ޑޮކްޓަރާ ދިމާލަށް ބުނީ ކަލެއަށް މައްސަލަ އެއްނެތަސް ތިމަންނައަށް މައްސަލަ އެކޭ..ތިމަންނަ ކަންފަތަށް އަޑެއްނީވެޔޭ...
    މިކަމުގައި އަހަރެމެންވެސް ބުނަން ޖެހޭނީ ހަމަ މިހެން ދޯ

  4. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) ޑަބްލިޔު.އެޗް.އޯ އަކީ ވަރަށް ބޮޑަށް ވައްކަމާއި ކޮރަޕްޝަން އަށް ގޮސް ހުސްވެފައިވާ ތަނެއް. (2) އެތާނގެ ބޮޑުމީހާ އެންޓޯނިއޯ އަކީ މެޑިކަލް ޑޮކްޓަރެއް ނޫން. (3) ޑަބް.ލިޔު.އެޗް.އޯ އަކީ އަޑިއަޑިން އެތާންގެ ބޮޑު މީހާ އަށް ފައިސާ ދީފި ނަމަ ކޮންމެ އެއްޗެއް ވެސް ބުނެފާނެ ތަނެއް. (4) މި ސަބަބައްޓަކައި ދިވެހިރާއްޖެ އިން ކަންތައް ކުރަންވާނީ އެކަން ދަނެގެން، ކުރިއަރާފައިވާ ޤައުމުތައް ކަންތައްކުރާ ގޮތްބަލައިގެން އެގޮތަށް. (5) އަޅުގަނޑުމެން ގެ އަޙް އެއް ނުވަތަ އުޙްތު އެއްގެ އެންމެ ފުރާނަ އަކީ ވެސް މުޙިއްމު އެއްޗެއް. ކިތަންމެ މުސްކުޅިއަކަސް، ކުޑަކުއްޖަކަސް. (6) ކިތައް ފުރާނަ ތޯ މިފަސް ގަނޑުން މިގެއްލުނީ ؟ (7) ބަލަހައްޓައިގެން ތިބެވޭކަށް ނެތް. (8) ފައިޒާ ވެކްސިން ގެނެސް ދެއްވާ. ތިޔަހެން ނަހައްދަވާ !!!

  5. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މި ވެކްސިން ދިވެހިރާއްޖޭ ގައި ޖެހުން ހުއްޓާލާ ފައިޒާ ފަދަ ކޮލިޓީ ވެކްސިން އަކަށް ބަދަލުކުރަން ވެއްޖެ ! އަޅުގަނޑު މެންނަކީ މިހާ ދަށް ފެންވަރެއްގެ ވެކްސިނެއް އެންމެ 3 ލައްކަ މީހުންނަށް ނުޖެހޭނެ ފެންވަރުގެ ބައެއް ނޫން.

    5
    1
  6. ޑޮކްޓަރު މޯލްކޮރޯވެކްސް

    އަސްލު މިއުޅެނީ ވެކްސިން ގެ ވާދަވެރިކަމެއްގަ. އިނގިރޭސިންނަށް، އިއްތިހާދުން ވަކިވީމަ ކޮވިޑު ވެކްސިން ތާށިކޮށް ޖެއްސުންކުރަނީ. އެސްޓްރަޒެނެކާ ހުއްޓުވައިގެން ދޯ އަގުބޮޑު ވެކްސިން ވިއްކޭނީ. އަޑީގަ އޮންނާނީ ޖަރުމަނުވިލާތް