ރަޝިއާގެ އައްސޭރިފަށުން ކަނޑުގެ އަޑިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ރަޝިއާގެ ކަމްޗަޓްސްކާ ސްޓާރީ ކިޔާ ސަރަހައްދުން ކައިރިން ކަނޑުގެ އަޑިއަށެވެ. ބިންހެލުން އައިސްފައި ވަނީ 6.9 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.

ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް އަދި ދީފައެއް ނުވެއެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެއެވެ.

މިސަރަހައްދަށް ކުދިކުދި ބިންހެލުންތައް އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މީގެ ފަސް ދުވަސް ކުރިން ވެސް 5.9 މެގްނެޓިއުޑްގެ ބާރުމިނުގައި މިސަރަހައްދަށް ބިންހެލުމެއް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު