ކުރިއަށް އޮތް 30 ދުވަހުގެ ތަރޭގައި ޓްވިޓާގައި ދައުރުވަމުން އަންނަ ބައެއް ޓްވީޓުތައް ފޮހެނުލައިފި ނަމަ ޓްވިޓާ ބޭންކުރާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ.

ރަޝިއާގެ ކަމާބެހޭ އިދާރަާތަކުން ހާމަކޮށްފައިވާ ގޮތުގައި ކުޑަކުދިންްނަށް ޖިންސީ ފުރައްސާރަކުރުމަށް ބާރުއަޅާ މައުލޫމާތުތަކާއި، އަމިއްލައަށް މަރުވާން ހިތްވަރުދޭ ބައެއް ލިއުންްތައް އަދި ފޮޓޯތަކުގެ އިތުރުން މަސްްތުވާތަކެއްޗަށ ބާރު އަޅާ ބައެއް ޓްވީޓުތައް ޓްވިޓާއިން ފޮހެނުލައިފި ނަމަ ޓްވިޓާ ބޭން ކުރުމަށް އެގައުމުން ވަނީ ނިންމާފައެވެ. އަދި މިކަންކަން އިސްލާހުކުރުމަށް އެގައުމުން 30 ދުވަހުގެ މުއްދަތެއް "ޓްވިޓާ" ކުންްފުންޏަށް ދީފައި ކަމަށް "ޑެއިލީމެއިލް" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިއާ އިން ވަނީ ޓްވިޓާގައި ދޫކޮށްލާ ބައެއް މައުލޫމާތުތަކާއި އެހެން ލިއެކިއުންތަކަކީ އޭގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް އަސަރުކުރާ އެއްޗިހިކަމަށް ބުނެފައެވެ.

އަދި ޓްްވިޓާ ފަދަ ކުރިއަރާފައިވާ އެހެނިިހެން މީސްމީޑިއާގެ ޕްްލެޓްފޯމްްތައްް ފަދައިން ކުޑަކުދިންްނަށް ޖިންްސީގޯނާކުރުމަށް ބާރުއަޅާ މައުލޫމާތުތަކާއި، މަސްތުވާތަކެއްޗަށް ބާރުއަޅާ ޓްވީޓުތަކާއި، އަދި އަމިއްލައަށް މަރުވުމަށް ބާރުއަޅާ ލިއުންްތައް ޓްވިޓާއިން ފޮހެލުމަށް އެ ކުންފުނިން ވަނީ ނުކުޅެދިފައި ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ.

"މީގެ ކުރިންްްވެސް އަހަރުމެންް ވާނީ އެފަދަ ކޮންޓެންޓުތައް ފޮހެލުމަށް ޓްވިޓާގެ ކިބައިންް އެދިފައި، ނަމަވެސް އެކުންްފުނިން ދިނީ ބީރު ކަންފަތެއް. މިގޮތަށް މިކަން ދާނަމަ މަހެއްހާ ދުވަސް ތެރޭގައި ކޯޓު އަމުރަކާއި އެކު ޓްވިޓާ ރަޝިޔާއިން ބޭންކުރާނަން" ރަޝިޔާގެ ޓެލެކޮމިއުނިކޭޝަން ފެޑެރަލްް ސާވިސްގެ ޑެލިއުޓީ ހެޑްް ވާޑިމް ސުބޮޓިން ވަނީ ވިދާޅުވެފައެވެ.