ފަލަސްތީނުގެ ބިމުގައި، އެޤައުމުގެ މުސްލިމުންނާއި މެދު އެއްވެސް ރަހުމެއް ނެތި އިހާނެތި ޢަމަލުތައް ހިނގައި އެތައް ބަޔަކު ޝަހީދުކޮށް ޤަތުލުޢާންމު ހިންގުުމުގައި ޙަރަކާތްތެރިވަމުންދިޔަ، ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީ ސިފައިންގެ މީހަކަށް އޮޅިގެން އޭނާގެ އަމިއްލަ ގަޔަށް ބަޑި ޖެހިއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާކަން ޤުދުސްގެ ނޫހަކުން ބުނެފައިވާއިރު، އެ ނޫހުގައި ބުނީ އެ ސިފައިންގެ މީހާއަށް އޮޅިގެން ބަޑި ޖެހުނީ އޭނާގެ އަމިއްލަ ކަރަށް ކަމަށެވެ. މި ހާދިސާގައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާއިރު، މިހާރު ދަނީ އިސްރާއިލްގެ އަސްކަރީ ހޮސްޕިޓަލެއްގައި، ސީރިއަސް ހާލުގައި ފަރުވާދެމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހަމްދަރުދީވުމެއް ނެތި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ ޔަހޫދީންގެ ތެރެއިން އެކަކަށް އިއްޔެ މި ހާލު ޖެހިފައިވަނީ، އޭނާ ކުށެއްނެތް، ހުސް އަތާއި ތިބޭ މުސްލިމުންނަށް އަނިޔާކުރުމަށް ބޭނުންކުރާ ހަތިޔާރު، އަތުން ދޫވެ ވެއްޓުނު ވަގުތުގައި، އެއިން ޖެހުނު ވަޒަނެއް ބިންމަތީގައި ޖެހުމަށްފަހު އަނބުރާ އައިސް އަމިއްލަ ކަރަށް ވަނުމުންނެވެ.

ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގައި ވެސް، މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން އެތައް ޖަރީމާއެއް ހިންގަމުންދާއިރު އިއްޔެގެ ހާދިސާ ވެފައިވަނީ ޔަހޫދީންނަށް ލިބުނު ރަނގަޅު އިބުރަތަކަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެ ސިފައިންގެ މީހާގެ އެކުވެރިންނާއި އޭނާގެ އާއިލާއަށް، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންގެ ހިތުގެ ކެކުޅުން އިހުސާސްވެގެންދާނޭ އެ ހާލަތަކީ، ލިބުނު ފިލާވަޅަކަށް ވެގެންދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ހާލުގައި ޖެހިގެން ވަންނާނެ ގެދޮރެއް އަދި ވަޒަނެއް ނެތި ސަލާން ޖަހާ ޙާލުގައި ފަލަސްތީނުގެ މަދަދަށް އެދި އެޤައުމުގެ ބޯޑަރު ކައިރިއަށް ގޮސް އާދޭސް ކުރަމުން ދަނިކޮށް، އިޙްސާންތެރިވުމުން، އޭގެ ބަދަލުގައި އިސްލާއީލުގެ ހަޑި މުޑުދާރު ކާފަރުން އެ ބިމަށް ގަދަކަމުން ވެރިވެގެންފައިވަނީ 1948 ވަނަ އަހަރުއެވެ. އެއަހަރު ފަލަސްތީނުގެ ބިމުން މިލިއަނަކާއި ގާތްކުރާ ޢަދަދަކަށް އެޤައުމުގެ ރައްޔިތުން ފައްސާލާފައިވާއިރު، އަމިއްލަ ވަޒަން ދޫކޮށްދާން ދެކޮޅުހެދި އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފަަލަސްތީން މީހާ

    އަލްހަމްދުލިއްﷲ

    • Anonymous

      ޢަލްހަމްދު ލިއްލާހި.

  2. ސިނެކް

    އަލްޙަމްދުލިއްﷲ

  3. ރަށްދު

    ނުލަފާ ޖައްބާރަށް ނަރަކަ އަވަސް ކޮއްދެއްވާންދޭވެ އާމީން

    • ޟ

      ޢާމީން

    • ޖައްބާރު

      ކަލޭ ކުރާ ދުއާ ކަލެއަށް

      • ސިދިބޭ

        ބޮޑު ޔަހޫދީއެއްތީ

  4. ކެޔޮޅު

    އަލްހަމްދުﷲ

  5. Anonymous

    އަލްޙަމްދުލިއްﷲ

  6. ނަންްްް

    އަޅެ ކަލޭމެން ތިހާ އިޒްރޭލު ދަންނަ ނަމަ ބުނެބަލަ ފިރުއައުނު އެއީ އިޒްރޭލު މީހެއްތަ؟

    • ނެގޭ

      ނޫން ފިރުއައުނު އެއީ މިސްރު މީހެއް އަރަބިންގެ ތެރެއިން އެންމެ ޖައްބާރުބާނީ މިހާރުވެސް މިސްރު މީހުން