މިމަހުގެ ތިން ވަނަ ދުވަހު އެއްވެސް ރަހުމެއްނެތި ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީ ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ ނަރުސް، ރަޒަން އަލް ނައްޖަރުގެ މަރުގެ ހަޤީޤަތް އޮޅުވާލުމަށް، އިސްރާއިލްގެ އިސް އޮފިޝަލަކު، އެޑިޓްކޮށްފައިވާ ވީޑިއޯއެއް ޢާންމުކުރުމުން އޭނާ ބޭޒާރުވެ ބޮޑު ލަދެއްގައި ބެދިއްޖެއެވެ.

މި ވީޑިއޯ ޢާންމުކޮށްފައިވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާން އޮފިރު ޖެންޑެލްމަން އެވެ. ޓްވީޓާ މެދުވެރިކޮށް އޭނާ ޢާންމުކުރި އެ ވީޑިއޯއިން ފެންނަނީ، ރަޒަން އަރަބި މީޑިއާއަކާއި ވާހަކަ ދައްކަމުންދިޔަ މަންޒަރެވެ. އެގޮތުން ރަޒަން ދައްކާފައިވާ ވާހަކަތައް ކަމަށް ބުނެ ތަރުޖަމާގެ ގޮތުގައި ދޮގު ވާހަކަތައް ވީޑިއޯގައި ހިމަނާފައިވެއެވެ.

ހަމަ އެހެންމެ އިސްރާއިްލ ސިފައިންނާއި ދިމާލަށް ރަޒަން، ގޭސް ކެނިސްޓަރ އެއް އެއްލާލާ މަންޒަރުވެސް ޔަހޫދީން އެޑިޓްކޮށްފައި ނެރުނު އެ ވީޑިއޯގައި ދައްކާފައި ވެއެވެ. ނަމަވެސް އެ ގޭސް ކެނިސްޓަރ އަކީ އިސްރާއިލް ސިފައިން، ފަލަސްތީނުގެ މުޒާހަރާ ކުރަމުންދިޔަ މީހުނާއި ދިމާލަށް އެއްލާލާފައި އޮތް އެއްޗެކެވެ. ވީޑިއޯގައި ހިމަނާފައި ވަނީ އޭނާ ފަލަސްތީނުގެ ޒަޚަމްވެފައި ތިބި މީހުންގެ ތެރެއިން އެ ގޭސް ކެނިސްޓަރ ނަގައި އެއްފަރާތަށް އެއްލާލާ މަންޒަރެވެ.

އޮފިރު އާންމުކުރި ވީޑިއޯގެ ތިރީގައި، ރަޒަން ދައްކަމުން ދިޔަ ވާހަކަތަކުގެ ތަރުޖަމާ އިނގިރޭސިން ހިމަނާފައިވާއިރު، އޭނާއަކީ "ހަމާސްގެ ޝީލްޑެއް"ގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އެހެނަސް މި ވީޑިއޯގެ އަސްލު، އަރަބި މީޑިއާއަކުން ޢާންމުކުރިއިރު، އޭގައި ރަޒަން އޭނާގެ އަމިއްލަ ތަޢާރަފެއް ދެމުން ބުނެފައިވަނީ، އެނާއަކީ އިންސާނިއްޔަތަށްޓަކައި ނިކުމެހުރި، ޒަޚަމްވާ މުސްލިމުންގެ "ޝީލްޑެއް"ގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށެވެ.

މި ވީޑިއޯގެ އަސްލު ޢާންމުވުމާއި އެކު، އޮފިރުގެެ ދޮގު ވާހަކަތައް ފަޅާއަރައި އެތައް ބައެއްގެ ރުޅިވެރިކަން އޭނާއަށް އަމާޒުވެފައިވާއިރު، މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އޭނާ އާއި އިސްރާއިލްގެ ޔަހޫދީ ވެރިންނަކީވެސް އެފަދަ ހަޤީޤަތެއްނެތް ދޮގުތަކެއްގެ ފަރުދާގައި ފިލައިތިބި ގޮތްކުޑަ ބައެއްކަން އޮފިރުގެ ޢަމަލުން އެނގި ހާމަވެގެންދާ ކަމަށް އެފަރާތްތަކުން ވަނީ ބުނަމުންނެވެ.

ހިއްވަރުގަދަ ރަޒަން ޝަހީދުކޮށްލާފައިވަނީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޕެރަމެޑިކެއްގެ ހައިސިއްޔަތުން، މުޒާހަރާގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށެވެ. ރަޒަން ޝަހީދުކޮށްލި މުޒާހަރާގައި، އެމަންޒަރު ފެނުނު މީހަކު ބުނެފައިވާ ގޮތުގައި އެދުވަހު ރަޒަން ހުރީ ދެ އަތް މައްޗަށް ނަގައިގެންނެވެ. އެއީ، އޭނާއަކީ އެއްވެސް ނުރައްކަލެއް ހުރި މީހެއް ނޫންކަން، ޔަހޫދީ އަނިޔާވެރި ސިފައިންނަށް އަންގައިދިނުމަށެވެ. އެވަގުތު ރަޒަން މަސައްކަތް ކުރީ އެތަނުގައި އޮތް ހާލު ދެރަ ބަލިމީހަކު އެހެން ތަނަކަށް ބަދަލުކުރުމަށެވެ.

ލާއިންސާނީ ޢަމަލުތައް ހައްދުފަހަނައަޅައި ގޮސް ދުނިޔޭގެ ކުރިމަތީގައި، އެބައި މީހުންގެ އަނިޔާވެރިކަން ހާމަވެ އެތައް ބައެއްގެ ނުރުހުންވުން އަމާޒުވާން ފެށުމުން، އިސްރާއީލުން ދަނީ ރަޒަންގެ މަރުގެ ހާދިސާ އާއި ގުޅިގެން ޤައުމުތައް ރުއްސަން ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަލޯ

    ޔަހޫދީންގެ ބައިގަނޑު ހަދާނެތަ ތެދެއް ދުވަހަކުވެސް

  2. ޢަލިތަކުރު

    ހިތާމައަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގަވެސް މި ޔަޙޫދީ ބައިގަނޑަށް ތާޢިދު ކުރާ ބަޔަކު އުޅޭކަން.. އަދި ދެރަވާން ޖެހޭކަމަކީ މިރާއްޖޭގެ ބަޔަކުވެސް މިޤައުމުގެ ވަލީޢުލް އަމުރަކަށް ގެންނަން މިއުޅެނީ ފާޅުގަ ޔަޙޫދީންނާ ގުޅުންބޮޑު ދީނާ ބީރައްޓެހި މީހެއްކަން. އަދި އަރިސްކޮށް މިތިބަ. ކެރަފާނަސީމް،ޑރ.ޝަޙީދު،ހޯރަ އިއްބެ،އާދިލް ސަލީމް،އަމީން ފައިސަލް.އަސްލަންޓޭ، އިބްރާ.. މި މީސްމީހުން ކެބިނެޓަށް އައީމަ ދެން މިޤައުމު ދާނެ މިސްރާބު ތިޔަބޭފުޅުން ނިކަން ވިސްނަވާބައްލަވާ.. ވެރިޔަކަށް އެންމެ މުހިންމުވަނީ ކޮންމެހެން ރައްޔިތުންނާއެކު ފީކޮއި ކުޅެ.. ނަށާ މަޖާކޮށް ހީސަމާސާ މީހެއްނޫން.. ދުނިޔެ ބަނަވަމުން މިދާ ޒަމާނުގައި ޤައުމުގެ މިނިވަންކަމާ ދީނާ ސިޔާދަތާ އިޤްތިސާދަށް ލޮޅުމެއް އަޔަނުދީ ޤައުމު ހަމަޔަކަށް އެޅުވޭނެ ވަރުގެ ވެރިއެއް.. މިމ

  3. ޕޮއް

    ކޮބާ ވީޑިއޯ؟

    • ނުބުނި

      ދޯ?

    • ނުބުނި

      ދޯ

  4. އަޙްމަދް

    ހެޔޮނުވާނެ "އިސްރާއީލް" އެއްނޫން!
    (ޔަހޫދީން) ޔަހޫދީން އިސްރާއީލް ގެ ނަމުން ނަންދީގެން އެއުޅެނީ މުސްލިމުން ނަށް އޮޅުވާލަން.!
    އަހަރުމެން މުސްލިމުން ކޮއްމެ ނަމާދެއްގައި ކިޔަވާ ސޫރަތަލް ފާތިޙާގެ ފަހުއާޔަތުގައި އެވަނީ މި ދެއްނެވި ޔަހޫދީންގެ ވާހަކައެވެ.
    އިސްރާއީލް މީހުންގެ ވާހަކައެއް ނޫނެވެ.
    މިކަމަކީ އަހަރު މެން މުސްލިމުންނަށް ކޮއްމެހެން ވެސް އޮޅުން ފިލާފާ އޮއްނަން ޖެހޭނެ މުހިއްމު މައްސަލައެކެވެ.
    އެހެނީ މި ޔަހޫދީން ބޭނުން ވަނީ އިސްރާއީލްގެ ނަމުގައި "ލޭބަލް" ވެގެން ދުނިޔެ އަށް ރަނގަޅު ބަޔަކު ކަމުގައި ދެއްކުމަށެވެ.