އެމެރިކާގެ ކޮލެރާޑޯގައި މީހަކު ބަޑި ޖަހައި ދިހަ މީހަކު މަރާލައިފިއެވެ. މިއަމަލު ހިންގި މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފުރަތަމަ ބަޑި ޖަހައި އާއްމުން މަރަން ފަށާފައި ވަނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއްގެ ތެރެއިންނެވެ. ބަޑި ޖެހުމުން މަރުވި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެއެވެ. ފުލުސް މީހަކީ ބަޑި ޖަހަން ފެށުމުން ފުރަތަމަ ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުސް މީހާ ކަމަށް ވެއެވެ.
މަންޒަރުދުއް މީހުން ބުނާ ގޮތުގައި ލެއިން ތަތްތެޅިފައި އޮތް ހުރި މީހަކު ބިޑި އަޅުވައިގެން ސްޕަމާކެޓްގެ ތެރެއިން ނެރުނު މަންޒަރު ފެނިފައި ވެއެވެ. ނަމަވެސް އެއީ ހަމަލާ ދިން މީހާކަމެއް އަދި ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ހަމަލާ ދިން މީހާ އަށް ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފަވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ އަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިން މީހާ އާއްމުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރީ ރައިފަލެއް ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައި ވެއެވެ.
މިހަމަލާ ދިން ވަގުތަކީ ސްޕަމާކެޓްގެ ފާމަސީގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް ވެކްސިން ވެސް ޖަހަމުން ދިޔަ ވަގުތެކެވެ.
މިހަމަލާ އާއި ގުޅިގެން ކޮލެރާޑޯގެ ގަވަރުނަރު ޖެރެޑް ޕޮލިސް ވިދާޅުވީ ބޮލްޑާ ކައުންޓީ ޝެރިފް ޑިޕާޓްމަންޓާއި ގުޅިގެން އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި ގުޅިގެން މަސައްކަތްކޮށް ހަމަނުޖެހުންތައް ނައްތާލުން އެއީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
ސިކުޑި ހަމަނުޖެހޭ ދޮން ނަސްލުގެ މީހެއް ދެއްތޯ؟ ޔަގީނުން ވެސް ޓެރެރިސްޓެއް ނުން ކަން އިނގޭ އާޓިކަލް ކިޔާލީމަ.
މުސްލިމުންގެ ބޮލުގައި އަޅުވާ ޓެގު މިފަހަރަކު ނޭޅެވެނު..
ސައޫދީ ގަ ހިނގި ކަމެއް ނަމަ ހުންނާނެ މީޑިޔާގަ ކަންތައް ފަށެއް