އދ.ގެ ސަލާމަތީ މަޖިލިސް

އިއްޔެ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާޢިމީ ނޫން މެންބަރަކަށް ވުމަށް ނެގި ވޯޓު، ރާއްޖެއަށްވަނީ ނާކާމިޔާބުވެފައެވެ. ވޯޓުގައި ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. އަދި، އޭޝިޔާ ޕެސިފިކް ސަރަޙައްދުން ދެން ވާދަކުރި އިންޑޮނޭޝިޔާ އަށް ލިބުނީ 144 ވޯޓެވެ.

ރާއްޖެފަދަ ކުޑަ ކުޑަ ޤައުމަކަށް، މިވަރުގެ ބޮޑު މަޖިލީހެއްގައި 46 ވޯޓު ލިބުމަކީވެސް ކާމިޔާބެކެވެ. އެހެންނަމަވެސް، މިކަމަށް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. މިއީ، ސަރުކާރުގެ ނާޤާބިލުކަންކަމަށްވެސް، އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެންނަމަވެސް، މި ވޯޓުގައި މީގެކުރިން، ރާއްޖެއަށްވުރެ ބާރުގަދަ އަދި ނަން ހިނގާ ޤައުމުތަކަށްވެސް، މާ މަދުން ވޯޓު ލިބިފައިވެއެވެ. އެގޮތުން، 1996 ވަނަ އަހަރު، ސަލާމަތީ މަޖިލީހަށް މެންބަރުން ނަގަން ހޮވި ވޯޓުގައި، އަވަށްޓެރި އިންޑިޔާ ވާދަކޮށް ލިބިފައިވަނީ 40 ވޯޓެވެ. އެފަހަރު، އޭޝިޔާއިން ދެން ވާދަކޮށްފައިވަނީ ޖަޕާން އިންނެވެ. އެގޮތުން، ޖަޕާނަށް 142 ވޯޓު ލިބިފައިވެއެވެ.

އެހެންކަމުން، މިވަރުގެ ވޯޓެއްގައި އިންޑިޔާއަށް 40 ވޯޓު ލިބުނުއިރު، ރާއްޖެއިން އަލަށް ބައިވެރިވެގެން 46 ވޯޓު ލިބުމަކީ ކާމިޔާބެއްކަން ޔަޤީނެވެ.

އޭގެފަހުން، އިންޑިޔާއިން ސަލާމަތީ މަޖިލީހަށް، އެކި އަހަރުތަކުގައި ކުރިމަތިލައިގެން، ގޮނޑި ކާމިޔާބުކޮށްފައިވެސްވެއެވެ. އެހެންކަމުން، މިއީ އަދި ރާއްޖެއަށްވެސް ކާމިޔާބު ނުކުރެވޭނެ ގޮނޑިއެކޭ ބުނެވޭނެ ޖާގައެއްވެސް ނެތެވެ.

ސަލާމަތީ މަޖިލީހަކީ، އދ.ގެ އެންމެ ބާރުގަދަ ގުނަވަނެވެ. ދުނިޔޭގެ މަޝްރަހުގައި ހިނގާ ކަންކަމަށް ގޮތްކިޔައި، ނުފޫޒު ފޯރުވުމުގެ އެންމެ ބޮޑު ބާރެއްވެސް އޮންނަނީ އެމަޖިލީހުގެ އަތްމަތީގައެވެ.

15 މެންބަރުގެ ޤައުމުގެ މައްޗަށް މި މަޖިލިސް އެކުލެވިގެންވާއިރު، އޭގެތެރޭގައި ދާޢިމީ ފަސް މެންބަރުން ހިމެނެއެވެ. އެއީ، އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް އަދި ރަޝިޔާއެވެ. އެއީ، ދެވަނަ ބޮޑު ހަނގުރާމައިގައި ކާމިޔާބު ލިބުން ޤައުމުތަކަށްވާއިރު، އެޤައުމުތަކަށް ވީޓޯ ކުރުމުގެ ބާރު ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގޮރު ނުދޮރު

    ސާބަސް ރައީސް ޔާމީނަށް...

  2. ތިޔަ ގޮނޑި ނުލިބުނަސް މިގައުމުގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި އަދިވެސް އެހުރީ ޔާމީނުދޯ ، ކެނެރީ ނަސީދައް ހަމަ އަސަރެއްކުރާނީ ވ ސަލާމް

  3. އިބުރާމެން ތިޔަނަށަނީ ކިހިނެއްތޯ ؟ ފާޑުވެރިކަމެއްނެތް ރަހުމާތަ ހަމަބުނާއިރައް ނަށަންވީމަ ވާނީވެސް ތިހެން

  4. ފޮނިކަނޑާފަ ބަލިވީމާ އެވާހަކަ ދައްކާނެދޯ

  5. ކުރިމަތި ލި ލުމަކީ ކާމިޔާބެއް! ގޮނޑި ނުލިބުނެއްކަމަކު ލިބުނު ވޯޓުގެ އަދަދަށާއި ވޯޓު ދިނަ ޤައުމުތަކަށް ބަލާއިރު މިއީވެސް ވަރަށް ބޮޑު ކާމިޔާބީއެއް.

  6. ދެޤައުމުގެ ދެމެދުގައި ވާދަވެރިކަމެއްނޫން މުހިއްމީ، އެކަކައްވުރެ އަނެކަކުގެ ގަދަކަން ދެއްކުމެއްނޫން މުހިއްމީ، އެކުވެރިކަން މުހިއްމީ، މާދަންވެސް ދާންޖެހިދާނެ އެޙީއައް އެދި އެކަކު އަނެކަކު ގާތައް

  7. އަބްދުއްލާ

    މިގޮނޑިޔަކީ ނުލިބޭނެ ގޮންޑިއެއް ނޫން .މިފަހަރު ނުލިބުނީ ކުރަންޖެހޭ ފެންވަރުގަ މަސައްކަތް ނުކުރެވުނީމަ މިކަމަށްޓަކާ ހާއްސ ދަތުރުތަކެއް ރާއްޖެއިން އެގައުމުތަކަކަށް ނުކުރޭ އެއީ ހަރަދުގެ ގޮތުން ކަމަށްވެދާނެ .ހަވާސާ ތަކުގަ ވާހަކަދެކެވުނަސް ސަރުކާރު ތަކުގާ މަސްވަރާ ނުކުރެވޭނަމަ ކާމިޔާބުވުން ދުރުވާނެ.