މިޔަންމާ ސިފައިން ބަޑި ޖަހައި ހަތް އަހަރު ކުއްޖަކު މަރާލައިފިއެވެ.

މިޔަންމާގައި ހިންގި ބަޣާވާތާ ގުޅިގެން ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ އާންމުން ދަނީ މަގުތަކަށް ނުކުމެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެެވެ. މިހާތަނަށް މުޒާހަރާގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވެ، ގިނަ ބަޔަކު މަރުވެފައިވެއެވެ.

އޭގެ ތެރޭގައި ހަތް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

މި ކުއްޖާއަކީ މިޔަންމާގައި ކުރިޔަށްދާ ހަމަނުޖެހުުމުގެ ތެރެއިން މިޔަންމާ ސިފައިންގެ ފަރާތުން އަނިޔާ ލިބުނު އެންމެ ހަގު ކުއްޖާއެވެ. ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކުއްޖާ މަރާލައިފައި ވަނީ ގޭގައި ހުއްޓާ ކަމަށެވެ.

މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި ސިފައިންގެ އޮފިސަރެއް ބަޑި ޖަހަން އަމާޒު ކޮށްފައިވަނީ ކުއްޖާ ބައްޕަގެ ގަޔަށެވެ. އެވަގުތު ބައްޕަގެ އުނގުގައި ކުއްޖާ އިށީނދެލައިގެން އިން އިރު އެމީހާ ޖެހި ބަޑީގެ ވަޒަން އަމާޒު ނުސީދާ ވެގެން ގޮސް ކުއްޖާގެ ގަޔަށް ވަޒަން އެރީ ކަމަށްވެއެވެ.

އަދި ކުއްޖާގެ ބޭބެ ވެސް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އާއިލާގެ ފަރާތުން ރިޕޯޓު ކޮށްފައިވެއެވެ.

ކުޑަކުދިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ ގުރޫޕަކުން ބުނެފައިވަނީ މިޔަންމާގައި ކުރާ މުޒާހަރާތަކާ ގުޅިގެން އެތައް ބަޔަކު މަރާލައިފައި ވާއިރު 20 އަށް ވުރެ ގިނަ ކުޑަކުދިން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެގޮތުން 14 އަހަރުގެ ކުއްޖެއް ގަޔަށް ބަޑި ޖަހައި މަރާލައިފައިވާ ކަން ގުރޫޕުން ފާހަގަ ކުރިއެވެ. މުޒާހަރާގެ ތެރެއިން މަރާލާފައި ވަނީ 164 މީހުން ކަމަށް ބުނާއިރު އެކްޓިވިސްޓް ގުރޫޕުން ރިޕޯޓު ކޮށްފައިވާ ގޮތުން މަރާލެވިފައިވާާ މީހުންގެ އަދަދު 261 އަށް އަރައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނގަޅު

    ސާބަސް ރަގަނޅު ހަމަ...މުސްލިމުން ކަނތިލިއިރު އޮތްތާ އަތްޖަހަން...މިހާރު ކާފަރުން ކާފަރުންނާ ތޮޅެނީ...ވަރަށް ދެކެން ބޭނުން އެމަރިކާ އިސްވެ އަސްކަރީ ގޮތުން މިޔަންމާ ސިފައިންނާ ކުރިމަތިލާ ތަން ބަލަން..މުސްލިމުންގެ ލޭ އަނިޔާވެރި ކޮށް އޮހޮރުވާލި ނުބައި ބައެއް ތި މިޔަންމާގެ އަސްކަރީޔާއަކީ

    7
    1
  2. ވާނުވާ

    މިޔަންމާ ސިފައިން ރޮހިންޔާ އެތަށް މުސްލިމުންެއް މަރައި ރޭޕް ކޮށް ހަދަމުން ދިޔަ ތިޔަ އާންމުން ދިޔައީ އެކީ އެކްއްޗަކަށް އެކަމަށް ސަޕޯޓް ކޮށް ހިއްވަރު ދެމުން. ކަރްމާ އިޒް ަ ބިޗް