ކޮވިޑް-19 ގެ ދެ ވަނަ ރާޅާއެކު އޮކްޓޯބަރު މަހު ސްރީ ލަންކާގެ ސުކޫލުތައް ވަނީ ބަންދުކުރެވިފައެެވެ. އެކަމަކު ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ ވެސްޓާން ޕްރޮވިންސް އާއި ކޮލަމްބިއާގެ ހުރިހާ ސުކޫލެއް އަންނަ ހޯމަ ދުވަހު ހުޅުވާލުމަށެވެ.

ނޫސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހެލްތް މިނިސްޓްރީގެ އިރުޝާދުތަަކަށް ހާއްސަ ސަމާލުކަމެއް ދީގެން ސްކޫލްތައް ހުޅުވާ އިރު، މި ފަހަރު ޕްރީސްކޫލުތައް ވެސް ހުޅުވާލާނެ ކަމަށެވެ.

ލަންކާގައި ކޮވިޑް-19 ފެތުރި އެންމެ ބޮޑުވަރުވި ސިޓީއަކީ ވެސްޓާން ޕްރޮވިންސެވެ. މި ސަރަހައްދުގައި ފުރަބަންދުގެ ދުވަސްތަކުގައި ވަނީ ހުރިހާ ސުކޫލެއް ބަންދުކޮށްފައެވެ. ނަމަވެސް، މިހާރު ސުކޫލުތައް ހުޅުވައިގެން ހުރިހާ ގްރޭޑަކަށް ކިޔަވައި ދެވިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ލަންކާގައި މިހާތަނަށް 91،018 މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު 87،630 މީހުން ވަނީ ވައިރަހުން ރަނގަޅު ވެފައެވެ. ލަންކާގައި ކޮވިޑް-19 ގައި މަރުވެފައިވާ މީހުންނަށް ބަލަާއިރު މިހާތަނަށް 552 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. މިހާރު ލަންކާގެ ހާލަތަށް ބަލާއިރު އިއްޔެ ކޮވިޑް-19އަށް ފައްސި ވެފައިވަނީ 253 މީހުންނެވެ.

ފުަރަބަންދުގެ ސަބަބުން ގިނަ ގައުމު ތަކުގައި ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ކިޔަވައި ދިނުމުގެ ސަބަބުން ބައެއް ކުދިން ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ގެއްލި، ކިޔެވުމަށް ކުދިން މަކަރު ހެދުން އިތުރު ވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު