އީރާނުން، އިސްރާއީލަށް ނިސްބަތްވާ ބޯޓަކަށް މިސައިލް ހަމަލާއެއް ދީފިކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ ވިޔަފާރިވެއެއްގެ ބޯޓަކަށް އީރާނުން މިސައިލް ހަމަލާއެއް ދީފައި ވަނީ އިންޑިއާ އިން ޓެންޒޭނިއާ އަށް ދަތުރުކުރަމުން ދަނިކޮށް އޮމާނާއި ކައިރި ސަރަހައްދަކުންނެވެ.

މިސައިލް ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. ނަމަވެސް ބޯޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ އީރާނުން ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް އީރާނުން އަދި މިހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ހަމަލާ އާއި ގުޅިގެން އަދި މިހާތަނަށް އިސްރާއީލުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އެގައުމުގެ ބޯޓަކަށް ކުރިމަތިވި ހަމަލާ އާއި ގުޅިގެން ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.

ކާގޯ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އިސްރާއީލްގެ ކުންފުންޏެއްގެ ބޯޓަކަށް ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުވެސް މިސައިލް ހަމަލާއެއް އަމާޒުވުމުން އެއީ އީރާނުން ދިން ހަމަލާއެއް ކަމަށް އިސްރާއީލުން އޭރު ވެސް ތުހުމަތު ކުރިއެވެ. ނަމަވެސް އޭރު އިސްރާއީލުން ކުރި ތުހުމަތުތައް އީރާނުން ދޮގުކޮށްފައި ވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން އިސްރާއީލްގެ އުޅަނދަކަށް މިސައިލް ހަމަލާއެއް ދިނީ ސީރިއާގެ ބަނދަރުން ތެޔޮ ބަރުކޮށްގެން އީރާނަށް ދަތުރުކުރާ އުޅަނދުތަކަކަށް އިސްރާއީލުން ހަމަލާ ދިނުމުންނެވެ. މިކަމާއި ގުޅޭ ގޮތުން އިސްރާއީލުން ވެސް އަދި ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމުގެދަރި

    ދިނަސް ނުދިނަސް ތިޔަ ބުނަނީ ދިން ވާހަކަދޯ. ދެން ނިކަން ކަމެއްކޮށްލަ ބަލަ.

  2. ހަގީގަތް

    ބަރާބަރު އީރާން...ކުޅިސަމާ ދައްކާލާތި

  3. މޮގޮމްބޯޯޯޯ

    ތިނޫން ކަމެއް ކުރޭތައް މުސްލިމުން،

    1
    2