ކޮވިޑް-19 އާއި ގުޅިގެން ކަމެއް ލަފާކުރާ ވާހަކަދައްކާއިރު އެންމެ ފުރަތަމަ އަންނަ އެއްނަމަކަށް އަބަދުވެސް މިވަނީ ބިލް ގޭޓްސްގެ ނަމެވެ. އޭގެ އެއްސަބަބަކީ ކޮވިޑްގެ ބަލި މަޑުކަމާއި ދުނިޔެ ކުރިމަތިލުމުގެ ފަސް ވަރަކަށް އަހަރު ކުރިން ބިލް ގޭޓްސް ދިން އިންޒާރެވެ. މިފަދަ ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމާއި އެހެންކަމުން މިކަމަށް ތައްޔާރުވެ ތިބުމަށް ބިލް ގޭޓްސް ލަފާދިނެވެ. ނަމަވެސް އެފަދަ ތައްޔާރީއެއް ނުވެވި އުޅެނިކޮށް ކޮވިޑް ކުރިމަތިވެ ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ.
ބިލް ގޭޓްސް މިހާރު ލަފާކުރަނީ ކޮވިޑުން ދުނިޔެ ސަލާމަތްވެ އަހަރެމެން އެންމެން ކުރިން އުޅުނު ގޮތައް އުޅެވޭނެ ކަމަށް ލަފާކުރެވޭ ދުވަހެވެ. ބިލް ގޭޓްސް ބުނާ ގޮތުގައި ކުރީގެ އާއްމު ހާލަތައް ދެވޭނީ 2022 ވަނަ އަހަރު ނިމޭއިރު އެވެ.
ދުނިޔެ އެއްކޮށް އާއްމު ހާލަތައް އަންނާނީ އަންނަ އަހަރު ފަހުކޮޅު ކަމަށް ބިލް ގޭޓްސް ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހެމުންދާ އަދަދާއި، އަދި ކުރިއަށް އޮތްތަނުގައި ވެކްސިން ޖެހިގެން ދާނެ މީހުންގެ އަދަދަށް ރިއާޔަތް ކުރުމަށް ފަހުއެވެ.
"ކޮވިޑަކީ އަހަރެމެންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި، އެންމެ ބިރުވެރި ހާދިސާ. ނަމަވެސް ވެކްސިނާއިއެކު މިހާރު މިކަމުން ސަލާމަތްވެވޭނެ އަލިމަގެއް މިވަނީ މިފެނިފައި. 2022 ވަނަ އަހަރު ނިމޭއިރު އަހަރެމެން އެންމެން ވެސް ތިބޭނީ އާއްމު ދިރިއުޅުމަށް އެނބުރި ދެވިފައި." ބިލް ގޭޓްސް ވިދާޅުވިއެވެ.
ބިލް ގޭޓްސް އާއި އޭނާގެ އަނބިކަނބަލުން މެލިންޑާ އަކީ ކޮވިޑާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ދެކަނބަލުންނެވެ. ދެކަނބަލުން މިހާރު ވެސް ވަނީ ކޮވިޑާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ފަރާތްތަކަށް 1.75 ބިލިއަން ޑޮލަރު ހަދިޔާ ކުރައްވާފައެވެ.
ކާކުގެ ނަމެއްގަތޯ ކޮރޯނާ ވެކްސިން ޕޭޓެންޓް އޮތީ ބަލާފަ ތި މީހުންނަށް ތައުރީފު ކޮށްބަލަ. ބިލްގޭޓްސް އަށް ތި ހުރިހާ ވެކްސިން އެއް ވިއްކައިގެން އެންމެ ބޮޑު ފައިދާވާނީ. ތި ހުރިހާ ވެކްސިން އެއް ހަދަނީ ރޮކްފެލާމެޑިސިންގ ކުންފުނިތަކުން. އެއީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓު ކަމުގައިވާ ފޯބްސްއަށް ނާރާ ގިޒިލިއަނުން. ދުނިޔެ އެކީ ކަހާލަމުން އެދަނީ 20 ވަރަކަށް އާއިލާއިން.
Allah iraadha kurehvi kameh menuvee nuve eve.... Allah ee emme molhah dhenevodigrn vaa ilaahu
ޙެހެހެހެހެ....އެއީ އެމީހުން ކަން ކުރާނެ ގޮތް....މިއީ ބިލްގޭޓްސް މެންގެ ހީލަތްތެރި ކަމެއްކަމާ މެދު ގައިމުވެސް މަ ޝައްކެއް ނުކުރަން....ކޮންމެ ކުންފުންޏަކުން ވެކްސިނެއް ހެދިޔަސް ބިލްގޭޓްސް މެނަށް އޭގެ ބޮޑު ފައިދާ އެއް އޮންނާނެ....ހުރިހާ ނުބައެއްގެ އަޑީގަ ރޮތްސްޗައިލްޑް ފެމިލީ އާއި އިނގިރޭސި ޝާހީ އާއިލާ އޮވެގެން ބިލްގޭޓްސްމެން ލައްވަ ކުޅުވާ ފިލްމެއް މީ....މި ފިލްމު ބަލަން ތިބޭނީ މަދު ބަޔަކު...ފިލްމު ކުޅެނީ ގިނަ ބަޔަކު...
ބަތް ކައްކާމީހާ އައް އިގޭނީ ބަތްކެކޭނެ އިރު ލަފާކުރަންވެސް.
ހުރިހާ ވެކްސިނެއް ވިއްކައިގެން މަށައް ބޮޑު މަންފާ ލިބޭނެ ކަމަށް ލަފާކުރެވެނީ 2022 ގައޭ ބުނިއްޔާ މާތާހިރު ވާނެ އެވެ........ ބިލްގޭޓްސަކީ އިންސާނިއްޔައްތަށް ހެޔޮއެދިގެން އުޅޭ މީހެއްނޫނެވެ.
ބިލް ގޭޓްސް އާއި އޭނާގެ އަނބިކަނބަލުން މެލިންޑާ އަކީ ކޮވިޑާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑު މަންފާއެއް ހާސިލުކުރަމުން އައްނަ ދެމީހުންނެވެ.
މިހާރު ވެސް ކޮވިޑާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ފަރާތްތަކަށް 1.75 ބިލިއަން ޑޮލަރު ހަދިޔާ ކުރިޔޯލައެވެ.
އެދުމެއްނެތި 1.75 ބިލިއަން ޑޮލަރު ވެދުން ކުރާނީ ކާކު ހެއްޔެވެ؟
ގޭޓްސް އަށްއެއްޗިހިކިޔަން ކަލޭމެންތީ ކޮންބައެއް ގޭޓްސް އިންސާނިށްޔަތަށް ކޮށްދޭކަންތައްތަކުގެ ޒައްރެއްގެ މިންވަރުވެސް އިންސާނިށްޔަތަށް ކަލޭމެނަށްކޮށްދެވޭބާ
ގޭޓްސް އަށް ފައިދާ ނުވާގޮތަށް އޭނާ އިނގިއްޔެއްވެސް ތަޅުވާނުލާނެ. އޭނާއަކީ ދުނިޔޭގެ އެލީޓުންގެ މިޝަން ކާމިޔާބު ކޮށްދޭން ނެރެފަހުރި ޕަޕެޓެއް.