"އެޕޯޕިސް" ގިނިހިލައަކީ 2004 ވަނަ އަހަރުން ފެނިފައިވާ ދުނިޔެއާ ވަރަށް ކައިރިން ދަތުރު ކުރި ހިލައެކެވެ.

ފުޅާމިނުގައި 370 މީޓަރު ހުންނަ މި ގިނަހިލަ 2029 ވަނަ އަހަރު ދުނިޔޭގައި ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.

އަދި 2029 ވަނަ އަހަރު ޔޫރަޕުގެ ގައުމުތަކަށާއި އޭޝިއާގެ ސަރަހައްދުތަކަށް ފެންނާނެ ހެން ދުނިޔެއާ ކައިރިއަށް މި ހިލަ ދަތުރު ކުރާނެ ކަމަށް މީގެ ކުރިން ޖައްވީ އިދާރާ އިން ބުނެފައިވީ ނަމަވެސް، މި ހިލައިގެ ސަބަބުން ކުރިއަށް އޮތް 100 އަހަރު ތެރޭގައި ނުރައްކަލެއް ނެތް ކަމަށް މިހާރު ޖައްވީ އިދާރާއިން ވަނީ ބުނެފިިއެވެ.

ޖައްވީ އިދާރާއިން ބުނެފައިވަނީ މީގެ ކުރިން 2029 ވަނަ އަހަރާއި 2036 އަހަރާ ދޭތެރޭގައި ދުނިޔެއާ ކައިރިއަތް އެޕޯފިސް ދަތުރު ކުރާނެ ކަމުގެ ކަންބޮޑުވުން ނިމުމަކަށް އައިސްފި ކަމަށެވެ. ނަމަވެސް، 2068 ވަނަ އަހަރުގައި މި ހިލައިގެ ސަބަބުން ދުނިޔެއަށް ނުރައްކާ ވެދާނެ ކަމަށް ބުނެފައިވެއެވެ. ޖައްވީ އިދާރާ އިން މިފަހުގެ ހޯދުންތަކަށް ބިނާކޮށް ބުނެފައިވަނީ އެޕޯފިސް ހިލައިގެ ސަބަބުން 2068 ވަނަ އަހަރު ދުނިޔެއަށް ނުރައްކަލެއް ނެތް ކަމަށެވެ.

"2068 ވަނަ އަހަރު ދުނިޔެއަށް ހިލައިގެ ނުރައްކާލާ ކުރިމަތި ލާން ޖެހިދާނެ ކަމަކަށް ނުބެލެވޭ، ހޯދުންތަކަކުން ނުދައްކާ ކުރިޔަށް އޮތް 100 އަހަރުވެސް މި ހިލައިގެ ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަކަށް" ސައިންސްވެރިޔަކު ބުންޏެވެ.

އެޕޯފިސްގެ ފުޅާމިނުގައި 370 މީޓަރު ހުންނަ ކަމަށް ލަފާކޮށްފައި ވާއިރު އެއީ 1،210 ފޫޓޭޭވެ. މިއީ ފުޓުބޯޅަ ދަނޑެއްގެ ތިން ދަނޑަށް ވުރެ ބޮޑު ގިނަ ހިލައެއް ކަން ފާހަގަ ކޮށްލެވެއެވެ.