މިސްރުގެ ސުއޭޒް ކެނަލްގައި ބީހިފައި އޮތް ކޮންޓޭނާ އުފުލާ ބޯޓް އެވާ ގިވެން ފުން ކުރަން ކުރަމުން އަންނަ މަސައްކަތައް އަނެއްކާވެސް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެކަމަށް މިސްރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިސްރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޯޓު ފުން ކުރަން ކުރިމަތިވި ހުރަހަކީ ބޯޓު ބީހިފައި ހުރީ ބޮޑު ހިލަގަނޑެއްގެ މައްޗަށް ކަމަށްވުމެވެ. ބޯޓު ފުން ކުރަން ބޮސްކާލިސް އިން މިހާރު ކޮންނަ ބޯޓު ބޭނުންކޮށްގެން ބޯޓު އޮތް ސަރަހައްދު ފުން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނަމަވެސް ބޯޓު ބީހިފައި ހުރީ ބޮޑު ހިލަގަނޑެއްގެ މައްޗަށް ކަމަށްވާތީ ބޯޓު ކައިރި ފުން ކޮށްގެން ބޯޓު ފުންކުރެވޭނެ ކަމަކަށް މިހާރު ލަފައެއް ނުކުރެއެވެ. 27000 ކިއުބިކް މީޓަރުގެ ވެލި މިހާރު ވެސް ބޯޓު އޮތް ސަރަހައްދުން ވަނީ ނަގާފައެވެ.

މިއަދު ވަނީ ބޯޓު ފުންކުރުމުގެ މަސައްކަތައް ކުޑަކުޑަ ކުރިއެރުމެއް ލިބިފައެވެ. ބޯޓުގެ ކޮޅުފަސްކޮޅު ކޮންމެވެސް ވަރަކަށް މިއަދު ވަނީ ފުން ވެފައެވެ. މިއަދު ބޯޓުގެ ފުންގާނު ވެސް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރާވަރަށް ކޮޅުފަސްކޮޅު ފުންކުރެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ބޯޓު ބީހިފައި ހުރީ ހިލަގަނޑެއްގެ މައްޗަށް ކަމަށް ވުމުން ދެން ބޯޓު ފުން ކުރަން މަސައްކަތް ރާވާނެ ގޮތެއް އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ބޯޓު ފުންކުރުމަށްޓަކައި ބޯޓު ލުއި ކުރުމުގެ ގޮތުން ކޮންމެވެސް ވަރަކަށް ކޮންޓޭނާތައް ބޭލުމުގެ ވިސްނުން އަދިވެސް އޮފިޝަލުން އެބަ ގެންގުޅެއެވެ. ނަމަވެސް ބޯޓުން ކޮންޓޭނާތައް ބޭލުމުގެ މަސައްކަތް ވެސް އަންނަ ހޯމަ ދުވަހުގެ ކުރިން ފެށިދާނެކަމަކަށް ލަފައެއް ނުކުރެވެއެވެ.

ސުއޭޒް ކެނަލް ބަންދުވުމުން މިހާރު ވެސް ސުއޭޒް ކެނަލް ހުރަސް ނުކުރެވި 300 ބޯޓު އެބައޮތެވެ. އަދި ކޮންމެ ދުވަހަކު މިއަދަދަށް އިތުރު 50 ވަރަކަށް ބޯޓު އިތުރުވަމުންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަނޑިޔާ!!!

    ބުރޯއއއއ...!!!!! އެވާ ގިވެންއޭ؟؟؟؟ އެޑިޓިންގ ތަންކޮޅެއް ރަނގަޅު ކުރަންވެއްޖެ އެންނު... މިއީ ރާއްޖޭގެ އެތައް ބަޔަކު ކިޔާ ނޫހެކޭ!!! ތިތަނަށް ޓައިޕިސްޓަކަށް ދާންވީ ކަންނޭންގެ.