ރަޝިޔާގެ ސިއްރު މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އެމެރިކާގެ ސީއައިއޭއިން، ބުޅާތަކެއްގެ ހަށިގަނޑުގައި މައިކް ހަރުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

އެމެރިކާއާއި ރަޝިއާގެ އަކީ އަބަދުވެސް ކޯޅުންތައް ބޮޑުވެފައި އޮންނަ ދެޤައުމު ކަމުގައިވާއިރު، ސީއައިއޭއިން ބުޅަލުގެ ހަށިގަނޑުގައި މައިކް ހަރުކޮށްފައިވަނީ، އެމެރިކާއާއި ދެކޮޅަށް ރަޝިއާއިން ރާވާ ކަންކަންކަމުގެ ޖާސޫސީ މަޢުލޫމާތު ހޯދުމަށް ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި މައިކްތައް ހަރުކޮށްފައިވަނީ ޑޮކްޓަރުންގެ އެހީގައި ބުޅާތަކުގެ ހަންގަނޑުގެ ދަށުގައި އާއި ކަންފަތުގެ އެތެރޭގައެވެ. އަދި ބުޅަލުގެ ނިގުލުގައި އެންޓެނާއެއް ހަރުކޮށްފައިވާއިރު އެ އެންޓެނާ ވަނީ އޭގެ ހަށިގަނޑުގެ އެތެރެއިން މައިކް ސިސްޓަމާއި ގުޅުވާފައި ކަމަށް ވެއެވެ.

މިއީ މީގެ ފަސް އަހަރު ކުރިން ފެށިގެން އެމެރިކާގެ ސީއައިއޭއިން ބޭނުންކުރަން ތައްޔާރުވަމުންދިޔަ އުކުޅެއް ނަމަވެސް، މި މަޢުލޫމާތު އާންމުކޮށްފައި ވަނީ "ވިކީލީކްސް" އިންނެވެ.

މިކަމާއި ގުޅިގެން ސީއައިއޭއިން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، ރަޝިޔާއިންވެސް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.

Comments are closed.