މީގެ ހަތަރު ދުވަސް ކުރިން އެމެރިކާގެ ބާމިއުޑާ ޓްރޭންގަލް ސަރަހައްދަށް ގެއްލުނު ފްލައިޓް އަދިވެސް ނުފެންނަ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ފިރިހެނަކާއި އަންހެނެއްގެ އިތުރުން ދެކުޑަކުދިން ދަތުރުކުރި ކުޑަ ފްލައިޓް ގެއްލުނުތާ ހަތަރު ދުވަސް ވެފައި ވާއިރު އަދިވެސް ފްލައިޓް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފްލައިޓްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފްލައިޓް ހޯދުމުގެ މަސައްކަތް ކުރާ މީހުންނަށް ވަނީ ފެނިފައެވެ. އެއީ ފްލައިޓްގެ ބައެއްތޯ ބެލުމަށް މިހާރު ދަނީ ތަހްލީލްތަައް ކުރަމުންނެވެ.

ގެއްލުނު ފްލައިޓް ދުއްވަން އިނީ ވިޔަފާރިވެރިއެއް ކަމަށްވާ އުލްރިޗް ކިޔާ މީހަކާއި އޭނާގެ ލޯބިވެރިޔާ ޖެނިފާ އާއި ޖެނިފާގެ ދެދަރިންނެވެ. ދެކުދިންގެ ބައްޕަ ޖޭމްސް ރަމްސީ ވަނީ މިހާދިސާ އާއި ގުޅިގެން ފުރަތަމަ ފަހަރަށް އިއްޔެ މީޑިއާ އާއި ވާހަކަދައްކާފައެވެ.

އޭނާ ބުނީ ދެދަރިން ދަތުރުކުރި ފްލައިޓް ވެއްޓުނު ޚަބަރު އަދިވެސް ގަބޫލު ކުރަން ބޭނުން ނުވާ ކަމަށާއި މިއީ ހުވަފެނަކަށްވެ ހޭލެވޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ.

ފްލައިޓް ހޯދުމަށްޓަކައި މިހާރު ވަނީ 8200 އަކަ މޭލުގެ ސަރަހައްދެއް ބަލާފައެވެ. އަދިވެސް ފްލައިޓް ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބާމިއުޑާ ޓްރޭންގަލް އަށް މިފްލައިޓް ގެއްލިފައި ވާއިރު މިސަރަހައްދަށް މީގެ ކުރިން ވެސް 70 އަށް ވުރެ ގިނަ ފްލައިޓް ވަނީ ގެއްލިފައެވެ. އަދި އެތައް ސަތޭކަ ކަނޑު ބޯޓެއް ވެސް ވަނީ ގެއްލިފައެވެ.

ADS BY ASTERS

4 ކޮމެންޓް

  1. ދައްޖާލު ހިލިހިލާއެޅި ހައްޔަރު ކުރެވިފައިވާ ތަނަކީ މީކަމައްވެދާނެ...އިންސާނާއަށް މިގައިބުގާވާ ރައް ނުފެންނަނީ..ގައިބުމޮޅައް ދެނެެވޮޑިގަންނަވާނީ ﷲ

  2. މިނިވަން ޖަމާއަތުން މިކަންތަހުގީގުކޮށް އިނސާފު ހޯދާދިނުން އެދެން

  3. އިބްލީސް ދުނިޔެެއައް އެއްލާލީ އަދި އޭނާގެ ތަޙުތާއު ޖަމާޢަތް ވަނީ އެތާނގައި ކަމަށް ލަފާކުރެވޭކަމަށް ބައެއް ޢިލްމުވެރިން ދެކިލައްވާ

  4. ބޭކާރު ކަމެއް ތީީ