އެމެރިކާގެ ނިއުޔޯކްގައި ކާރަކުން ޖައްސާ އެކަކު މަރާލާ 20 މީހުން ޒަހަމް ކޮށްލައިފިއެވެ.

މިހާދިސާ ހިނގީ ނިއުޔޯކްގެ ޓައިމްސް ސްކެއާ ގައެވެ.

މީހުންގެ ގައިގައި ޖައްސާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މަންޒަރުދުއް މިހުން ބުނާ ގޮތުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު އެމީހުންނަށް ވަނީ ފެނިފައެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ޓައިމްސް ސްކެއާގައި ކާރަކުން ޖައްސާ އެކަކު މަރާލާ ގިނަ ބަޔަކު މަރާލި ހާދިސާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ އިދާރާތަކާއި ހަވާލާދީ އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ބޮމުގެ އިންޒާރު ލިބުމުން ހަރަކާތްތެރިވާ ގޮވާތަކެތި ނައްތާލާ ސްކޮޑްގެ ސިފައިން މިހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މަންޒަރު ވަނީ ފެނިފައެވެ.

މީހުންގެ ގައިގައި ކާރު ޖެއްސީ 26 އަހަރުގެ ފިރިހެނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ އާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ.

ADS BY SHEESHA

މިހާދިސާ ހިނގި ޓައިމްސް ސްކެއާ އަށް ދުވާލަކު ތިންލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާ ކަމަށް ވެއެވެ. މިއީ ދުނިޔޭގައި ވެސް ޓްއަރިސްޓުންގެ މެދުގައި އެންމެ މަގުބޫލް ސަރަހައްދެވެ.

4 ކޮމެންޓް

  1. އަޅާނުލާ ތިވާނީ އެމްޑީޕީ މީހުންގެކަމަކައް، ރައީސް ޔާމީން 2018 އަށް ހޮވުނީމަ ތިކަހަލަ ކަންތައް ހުއްޓުވުމުގަ ޓުރަމްޕު އަށް އެހީތެރިވެދެވޭނެ..

  2. ކާރުދުއްވީ މުސްލިމަކަށްވާނަމަ އެއީ ޓެރަރިސްޓް ޙަމަލައެއް. އެމީހުންގެ މީހެއްނަމަ ސިކުނޑީގައި މައްސަލަ އެއް އުޅޭމީހެއް......!!!

  3. މުސްލިމް ނަމެއް ކިއުއްވާނެ މިމީހާއަށް.

  4. އަހުމަދު އަލީ

    ޓެރަރިސްޓް ހަމަލާއެއްނޫންތަތީ، ދުއްވަން އިންމީހާ ސައިކޯ ވީމަދެއްތޯ!