ކެނެޑާގައި 55 އަހަރުން ދަށުގެ މީހުންނަށް ކޮވިޝީލްޑް ވެކްސިން ދިނުން މެދުކަނޑާލައިފިއެވެ.

އެ ގައުމުގެ އިމިއުނިޒޭޝަން ނޭޝަނަލް އެޑްވައިޒަރީ ކޮމިޓީއިން ވަނީ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ސަބަބުން ލޭ ގަނޑުވާ މައްސަލަ ދިމާވާތީ، ސަލާމަތައް ބަލައި އެ ވެކްސިން ދިނުން ހުއްޓާލުމަށް ހިޔާލު ދީފައެވެ. އަދި އިއްޔެ ވަނީ ވެކްސިން މެދުކަނޑާލުމަށް ގޮވާލައިފައެވެ.

ވެކްސިން ޖެހުމުގެ ސަބަބުން މިހާތަނަށް ފުރަާނައަށް ނުރައްކާވާ ފަދަ ކަމެއް ވީ ކަމަކަށް އެގައުމުގައި މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

ކެނެޑާއަށް 1.5 މިލިއަން ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ޝިޕްމެންޓެއް އެމެރިކާއިން ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ކެނެޑާގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގެ ގައުމުތަކުގައި ވެކްސިން ޖަހައިގެން ލޭ ގަނޑުވާ މައްސަލަ ގިނަ ބަޔަކަށް ދިމާވެ އެކަން ރިޕޯޓު ކޮށްފައިވާތީއެވެ. ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެ ބަޔެއް މީހުންގެ ފުރާނައަށް ނުރައްކާ ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޝީލްޑް ވެކްސިނަކީ 100 ޕަސެންޓް ރައްކާތެރި ވެކްސިނެއް ކަމާއި، މި ވެކްސިނުން ބަލިތަކުން ރައްކާތެރި ކޮށްދިނުމުގެ އިތުރުން ކޮވިޑް-19 ގައި ފުރާނައަށް ނުރައްކާނުވެ ސަލާމަތް ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) ބުނެފައިވެއެވެ. މި ވެކްސިނަކީ 50 އަށް ވުރެ ވުރެ ގިނަ ގައުމު ތަކެއްގައި ދެމުންދާ ވެކްސިނެކެވެ.

މި ވެކްސިނަކީ 80-62 އިންސައްތަ އިފެކްޓިވް ވެކްސިނެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި ވެކްސިނުން ލޭ ގަނޑުވާ މައްސަލަތައް ދިމާވާ ކަމަށް ބުނެ ބައެއް ގައުމުތަކުގައި މީގެ ކުރިން ވެކްސިން ދިނުން މަޑުޖެހިފައި އޮތް ދުވަސްތަކެއް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާމަނިކު

    ކޮވިޝީލްޑް ވެކްސިން 100ޕަސެންޓް ރައްކާތެރި ވެކްސިނެއްވީމާތާ ވެކްސިން އުފައްދާ ގައުމުގެ މީހުނަށް ދުވާލަކު ލައްކަލައްކަ އިން ބަލިޖެހެމުން އެދަނީ.