ޔުރެއިނަސް އަކީ އިރުން ފަށައިގެން ބަލާނަމަ ހަތް ވަނަ ޕްލެނެޓެވެ. ޕްލެނެޓްގެ ދައުރުވުމާއި ސާފޭސްއެއް ނެތުމުން މި ޕްލެނެޓް ވެފައިވަނީ ސޯލާ ސިސްޓަމްގައި ހިމެނޭ ޕްލެނެޓް ތަކުގެ ތެރެއިން އެންމެ ތަފާތު ޕްލެނެޓަށެވެ. މިފަހަރު ސައިންސްވެރިން ޔުރެއިނަސް އާއި ބެހޭގޮތުން ހޯދާފައިމިވަނީ އަދި ތަފާތު ކަމެކެވެ.

އެސްޓްރޮނޮމާސް އިންނަށް މިވަނީ ޔުރެއިނަސްއިން އޭގެ އަމިއްލަ ޒާތުގައި އެކްސެރޭ އުފައްދަނިކޮންނާއި، އިރުގެ އަލި އެޅިގެން އެކްސްރޭސް އުފެދެނިކޮން ފެނިފައެވެ. އެސްޓްރޮނޮމާސް ޓީމުން ބުނެފައިވަނީ ސެޓާން އެކޭ އެއްގޮތަށް ޔުރެއިނަސް ވަށައިގެންވާ ފަށަލައިން އެކްސްރޭ އުފައްދައި ދެނީ ކަމަށެވެ. ޖުޕިޓާ އެކޭ އެއްގޮތަށް އަރޯރާއިން އެކްސްރޭ އުފެދެނީ ކަމަށް ފަހަރުގައި ވެދާނެ ކަމަށް ޓީމުން ބުނެފައިވެއެވެ.

ޔުރެެއިނަސްއިން އެކްސްރޭ އުފައްދަން ފެށުމަކީ ސައިންސްވެރިންނަށް ލިބުނު ކުރިއެރުމަކަށް ވެދާނެއެވެ. އޭގެ ސަބަބުން އެސްޓްރޮނޮމާސްއަށް އިތުރު އެކްޒާޓިކް އޮބްޖެކްޓްތައް، މިސާލަކަށް ބްލެކް ހޯލްސް ހޯދުމަށް ފަސޭހަވެގެން ދާނެއެވެ.

ސޯލާ ސިސްޓަމުގައި އެކްސްރޭ އުފެދުމަކީ އައު ކަމެއް ނޫނެވެ. ވީނަސް، ކޮމެޓްް، އާރތް، މާސް، ސެޓާން، ޕްލޫޓޯ، ޖުޕިޓާ އަދި އޭގެ އިތުރުން ޖުޕިޓާގެ ދެތިން ހަނދެއް ވެސް މި ލައިޓް އުފައްދައެވެ. ނަމަވެސް، ޔުރެއިނަސް އާއި ނެޕްޓިއުން އިން މީގެ ކުރިން އެކްސްރޭސް އުފައްދަނިކޮށް ހޯދިފައެއް ނުވެއެވެ.

ޔުރެއިނަސްގެ ވަށައިގެން ހުންނަނީ އިލެކްޓްރޯންސް އާއި ޕްރޮޓޯންސް ކަމަށެވެ. މިީގެން އެއްޗެއް ރިންގުގައި ޖެހިއްޖެ ނަމަ އޭގެ ސަބަބުން އެކްސްރޭސްގައި ރިންގު ދިއްލުމަކީ ވެދާނެ ކަމެއްގެ ގޮތުގައި ޕްރެސް ކޮންފަރެންސެއްގައި ޖައްވީ އިދާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޒްމީ

    އެ ޕިންކު ކުލައަށް އެހެރީ އިންޕްރާރެޑް އަލިތަ؟

    • ރޮދިކަލޭގެ

      ނޫނޭ ކަލޯ، އެއީ މަަތިވެރި ޕިންކު ޕާޓީގެ ބާރުގަދަކަން ކަމަށް ވަނީ. ޔުއައެނަސް އިންްވެސް ޕިންކު ކުދިންގެ ކެންޕޭން ކުރިއަށް ގެންދާކަން ހާމަވެގެން އެދަނީ.