ފާއިތުވި 24 ގަޑިއިރު ތެރޭގައި ފިލިޕީންސްގެ ބަޓަންގާސް ޕްރޮވިންސްގެ ޓާލް އަލިފާން ފަރުބަދަ ކައިރިއަށް އަލިފާން ފަރުބަދަ ގޮވުމުގެ 269 ހޮޅުން އައިސްފައިވާ ކަމަށް އެ ގައުމުގެ އިންސްޓިޓިއުފް އޮފް ވޮލްކެނޮލޮޖީ އެންޑް ސިސްމޮލޮޖީން ބުނެފިއެވެ.

މިއަދު ހެނދުނު 8:00 ޖެހި އިރު ނެރުނު ބުލެޓިންގގައި ވަނީ އެ އަލިފާން ފަރުބަދައިގެ ނުރައްކާ ދޭއްކަށް ޖައްސާފައެވެ. އެހެންކަމުން އެ ސަރަހައްދަށް ދުމުގެ އަސަރުތަކާއި، އަދި އެ ނޫންވެސް ގޭހުގެ އަސަރުތައް ކުރުމޔގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

މިއާއެކު އެ ރަށަށް އެރުމުގެ ފުރުސަތު ވަނީ ބަންދު ކޮށްފައެވެ. އެތަނަކީ އާއްމުކޮށް މީހުން ގޮސް އުޅޭ ތަނެކެވެ. ހާއްސަކޮށް ދޯނިތަކުގައި އެތަނަށް މީހުން ގޮސް އުޅޭއިރު، މިހާރު އެކަން ވަނީ މަނާ ކޮށްފައެވެ.

ޓާލް ވޮލްކެނޯ އައިލެންޑްގެ ނަމުން ނަން ދީފައިވާ އެރަށުގައި ހުންނަ ޓާލް ފަރުބަދައަކީ އެންމެ ގިނައިން ގޮވާ އެއް ފަރުބަދައެވެ.

މިހާރު އެ ސަރަހައްދުން މަތިންދާބުތައް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެ ފަރުބަދައިގެ ދުންތަކުގެ ސަބަބުން ބޯޑަށް ގެއްލުން ވެދާނެ ކަމަށެވެ.

އެ އެ ފަރުބަދައަކީ ވަށައިގެން ކަނޑު އޮންނަ ބަޓަންގަސް ޕްރޮވިންސްގެ ރަށެކެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެ ފަރުބަދަ ގޮވައި އޭގެ އަސަރު މަނިއްލާ އާއި އަދި އެ ނޫންވެސް ޕްރޮވިންސްތަކަށް ކުރިއެވެ.