ސައުދީ އަރަބިއްޔާގެ ހުޅަނގުދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ޖިޒާންއަށް ޔަމަނުގެ ހައްދުފަހަނައަޅާފައިވާ ހޫތީ ހަނގުރާމަވެރިން އަމާޒުކުރި ޙަމަލާއެއްގައި ތިން މީހަކު މަރާލައިފިއެވެ.

ރޭގެ ވަގުތެއްގައި ދިން މި ޙަމަލާއާއި ގުޅިގެން، ސައުދީ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރްކީ އަލް-މަލްކީ، މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ހޫތީން މި ޙަމަލާ އަމާޒުކޮށްފައިވަނީ ޢާންމުންނަށް ކަމަށާއި ޙަމަލާ ދީފައިވަނީ ގިނަ ޢާންމުންގެ ގެދޮރު ހުރި ސަރަޙައްދަކަށް ކަމަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ހޫތީން ސައުދީއަށް ގިނަ ޙަމަލާތަކެއް އަަމާޒުކުރަމުންދާއިރު، ވެރިކަންކުރާ ރިޔާދަށްވެސް ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައި ވެއެވެ. ހަމަ އެހެންމެ މާތްވެގެންވާ މައްކާ އާއި މަދީނާއަށްވެސް އެ ޖަމާޢަތުގެ ހަމަލާތައް އަމާޒުކުރުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވާއިރު، މި ޙަމަލާތައް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށް ހޫތީން މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައިވާއިރު، މި ހަމަނުޖެހުންތަކުގެ ތެރެއިން ދިހަ ހާހަަށްވުރެ ގިނަ ޢާންމުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ހޫތީންގެ ހަމަނުޖެހުންތަކުގެ ސަބަބުން، އދ. އިން ވަނީ، ޔަމަނަކީ މީހުން ދިރިއުޅުމަށް އެންމެ ނުރައްކާތެރި އެއް ޤައުމު ކަމުގައި ކަނޑައަޅާފައެވެ.

މުސްލިމުންގެ ނަމުގައި 1990 ވަނަ އަހަރު އުފައްދާފައިވާ ހޫތީ ހަނގުރާމަވެރިންގެ ޖަމާޢަތުން ދަނީ، ޖަމާޢަތް އުފެއްދި ފަހުން މުސްލިމުންނަށް އެކި ގޮތްގޮތުން ދުއްތުރާ ކުރަމުންނެވެ. އެގޮތުން މާތްވެގެންވާ މައްކާއަށް ހައްޖުވުމަށާއި އުމްރާވުމަށްދާ ފަރާތްތަކަށްވެސް ހަނގުރާމަވެރިން ދަނީ ހުރަސް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިލިޔާސް

    މުސްލިމުންނާ މުސްލިމުންނާ ހަގުރާމަ ތިޔަ ކުރަނީ.... މުސްލިމުންގެ އެއްބައިވަންތަ ކަންނެތް ކަން މިފެންނަނީ...

    • ޕީޖޭ

      އެއީ މުސްލިމުންނޭ ކިޔައިގެން ގުނަނީ އަސްލު މުސްލިމުންނެއް ނޫން...ހޫތީންނަކީ ޝިއައީންގެ ބައެއް.. ޝިއައީން މެޖޯރިޓީ ﷲ ގަބޫލުކުރޭ ބަޓް ރަސޫލާ ކަމަށް ބަލަނީ އަލީގެ ފާނު.. ސޯ ކަޑަ ފަންޑަމެންޓަލް

  2. ކަތީބު.

    ހައްދުފަހަނައެޅީ ހޫޡީންތޯ އާލުސޫދުންތޯ؟ ސައުދީން ޔަމަނަށް ބޮންއަޅައިގެން މެރީ ގެރިބަކަރިތޯ؟

    • ވާނުވާ

      ހޫސީން ޔަމަނުގައި ޖަރީމާތައް ހިންގާތައެތައް ދުވަހެއް ވެއްޖެ. އެތައް ބައެއް މަރާފައިވަނީ ޔަމަނަކީ ފަގީރު ގައުމެއް ވީމަ ޚަބަރުތަކައް ނަރަނީ

  3. ގޮމަޑިބޯ

    ބަރާބަރު .. ވަރަށްއުފާ..