ފިލިޕީންސްގެ ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޗައިނާގެ މަސް ބޯޓުތަކެއް ފެނިއްޖެއެވެ.

ޗައިނާގެ މަސް ބޯޓުތައް ހަރަކާތްތެރިވާ ތަން ފެނިފައި ވަނީ ފިލިޕީންސްގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ އަސްކަރިއްޔާއަށެވެ. އެ އުޅަނދުތައް ފެނިފައި ވަނީ ފިލިޕީންސްގެ ބާރު ހިނގާ ކަލަޔަން އައިލެންޑްސް ގްރޫޕް (ކޭއައިޖީ) ސަރަހައްދުންނެވެ.

ފިލިޕީންސްގެ އަސްކަރިއްޔާ އިން ބުނީ އެ ސަރަހައްދުގައި ޗައިނާގެ އުޅަނދުތައް އުޅުނީ ގަވައިދާ ހިލާފަށް ކަމަށެވެ. ފިލިޕީންސްގެ އަސްކަރިއްޔާ އިން އެ ގައުމުގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކޮށްފައި ވަނީ މިދިޔަ މާޗް 31 ވަނަ ދުވަހުއެވެ.

"ގާނޫނުގެ ދަށުން އެ ސަރަހައްދަކީ ފިލިޕީންސްގެ މިލްކެއް. އެކަމަކު، މިފަދަ ހަރަކާތްތަކުގެ ސަބަބުން އިގްތިސާދީ ކަންކަން ކުރުމުގައި ގެއްލުން ވާނެ. އަދި މިއީ ހަމަޖެހުމާއި ސަލާމަތަށް ވެސް ގެއްލުން ވާނެ ކަންކަން،" ފިލިޕީންސްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައިވެއެވެ.

ޗައިނާގެ މަސްވެރިކަން ކުރާ އުޅަނދުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވީ ގަވައިދާ ހިލާފަށް ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ. މިކަމުގެ މައުލޫމާތު ޗައިނާގެ ކަމާބެހޭ ފަރާތްތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ޗައިނާގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ކޭއައިޖީ ސަރަހައްދުގައި ޗައިނާގެ 200 އަށް ވުރެ ގިނަ އުޅަނދުތައް ހަރަކާތްތެރިވި ކަމަށްވެއެވެ.