18 އަހަރުން ދަށުގެ މުސްލިމް އަންހެން ކުދިން ބުރުގާ އެޅުން މަނާ ކުރުމަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހގެ ތިރިގެ ސެނެޓުން ފާސްކޮށްފިއެވެ.

މާރޗް 30 ވަނަ ދުވަހު ނެގުނު ވޯޓުގައި ހިމަނާފައިވަނީ 18 އަހަރުން ދަށުގެ ކުދިން އާންމުން އެއްވެ އުޅޭ ތަންތަނުގައި ބުރުގާ އެޅުމާއި، އާންމު ޕޫލްތަކުގައި މުޅި ހަށިގަނޑު ނިވައިވާ ފަދަ ހެދުންލުމާއި، ސުކޫލު ކުދިން ސުކޫލުގެ ފަރާތުން ދާ ދަތުރު ތަކުގައި ބުރުގާ އެޅުން މަނާ ކުރުމަށެެވެ.

މި ވޯޓު ނެގުނު ނަމަވެސް ގާނޫނަށް އަމަލު ކުރެވޭނީ ނޭޝަނަލް އެސެމްބްލީ އިން ފާސް ވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޖިލީހުގެ މެމްބަރަކު ބުނެފައިވަނީ ބުރުގާ އަކީ ހަމަ އެކަނި ފޮތި ކޮޅެއް ކަމަށް ބުނާއިރު، އޭގެ ސަބަބުން ގައުމުގެ މުޖުތަމައު އިން މީހާ ވަކިވެ ދީނީ ގޮތުން ހައްދުފަހަަނަ އަޅާފައިވާ މީހެއްގެ ސިފަ ފެންނަމުން ދާ ކަމަށެވެ.

އާންމުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ ގުރޫޕަކުން ބުނެފައިވަނީ މިގޮތަށް ގާނޫނު ފާސް ވެއްޖެ ނަމަ އެއީި މުސްލިމުންނާއި ދެކޮޅަށް އެގައުމުގައި އަޅާ ފިޔަވަޅަކަށް ވެގެން ދާނެ ކަމަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އަނެއްކާވެސް މުސްލިމުން ބާކީކޮށް އެކަހެރިކޮށް ދުއްތުރާ ކުރުމުގެ ގޮތުން ފުރާންސުން ކުރަން އުޅޭ ކަމެއް ކަމަށެވެ.

ވޭތުވެދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ފްރާންސް އިން ވަނީ އެންމެ ބޮޑު މުސްލިމް ޗެރިޓީ އޯގަނައިޒޭޝަން އާއި އެންޓި އިސްލާމްފޯބިއާ އޯގަނައިޒޭޝަން ބަންދުކޮށްފައެވެ. ފްރާންސުން މީގެ ކުރިން ވަނީ އެގައުމުގައި މޫނު ބުރުގާ އެޅުން ވެސް މަނާ ކޮށްފައެވެ.

ފްރާންސް ސަރުކާރުން މުސްލިމުންނާއި ދެކޮޅަށް ހިންގަމުންގެންދާ އަމަލުތަކުގެ ސަބަބުން ވަކިވަކި މުސްލިމުންނަށް އަމާޒުކޮށް ފްރާންސްގައި ދެމުންދާ ހަމަލާތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެހެން💪

    މީ ފުޅަ ކެތޮލިކްމީހުންނަ އް ގަދަފަދަ ޢަޒާބުދެ އާވާންދޭވް އާމީން

    10
    1
  2. އަހްމަދު

    ފުރާންސްގެ އުފެއްދުން ވަރަށް ނުގަންނަން

    5
    1
    • ޜަޟީ

      ނުގަނެ ހުރޭ. މަތިންދާ ބޯޓަށް ނާރަން ބާ

      4
      3