ސްޕެއިން އަށް މަސްތުވާތަކެތި އެތެެރެ ކުރަން އުޅުމުގެ ތުހުމަތުގައި 100 މީހުން ހިމެނޭ ގްރޫޕެއް ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މޮރޮކޯ އިން ސްޕެއިނަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ބޯޓެއްގައެވެ. ސަލާމަތީ ބާރުތަކުން ހިންގި މި އޮޕަރޭޝަންގައި ސްޕެއިން އިން 5،270 ކިލޯގެ ކެނެބިހާއި 5،040 ކިލޯގެ ހަޝިޝް އާއި 230 ކިލޯގެ މަރުވާނާ ވަނީ ހޯދައިފައެވެ.

ސްޕެއިންގެ ސަލާމަތީ ބާރު ތަކުން ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްޕެއިން އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ މޮނޮޕާލެޓް ކިޔާ ގްރޫޕެއް ކަމަށެވެ. އެމީހުން މަސްތުވާތަކެތި އެތެރެ ކުރަން ފުރަތަމަ މަސައްކަތް ކުރީ ސްޕެއިނަށެވެ. އޭގެ ފަހުގައި މޭވާ އުފުލަން ގެންގުޅޭ ޓްރަކްތަކެއް މެދުވެރިކޮށް ފްރާންސަށް މަސްތުވާތަކެތި ފޮނުވަން ވެސް އެމީހުން ރޭވި ކަމަށްވެއެވެ.

ސަލާމަތީ ބާރުތަކުން ވަނީ މި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލައިފައެވެ.

މި އޮޕަރޭޝަންގައި މަސްތުވާތަކެތި ވިއްކުމަށްޓަކައި ބޭނުން ކުރަމުންދާ ބަޑި އާއި ފިސްތޯލާ އާއި މިސްރާބު ބަލާ އެއްޗިއްސާއި މުއާމަލާތް ކުރަން ބޭނުން ކުރާ ތަކެތި އަދި އެކަންތަކުގައި ބޭނުން ކުރަމުންދާ އުޅަނދުތައް ވެސް ހޯދައިފައެވެ.