ދުބާއީގައި އަންހެނުންތަކެއް އެމީހުން ދިރިއުޅޭ އެޕާޓްމަންޓްތަކުގެ ބެލްކަންޏަށް ނިކުމެ ބަރަހަނާވި މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ދުބާއީ ފުލުހުން ބުނެފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދުބާއީގެ ކިތައް އަންހެނުން ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ޔޫކްރޭންގެ 11 އަންހެނުން ހިމެނޭކަމަށް ޔޫކްރޭންގެ ކޮންސިއުލޭޓުން ބުނެއެވެ. އަދި ރަޝިއާގެ އަންހެނަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

ދުބާއީގެ ފުލުހުން ބުނާ ގޮތުގައި ދުބާއީގެ މެރީނާ ސަރަހައްދުގެ ގިނަ އަދަދެއްގެ އަންހެނުން ބަރަހަނާ ވެގެން ބެލްކަންޏަށް ނިކުތީ ސަމާލުކަން ހޯދުމުގެ ގޮތުން ސްޓަންޓެއް ޖައްސާށެވެ. އެމީހުން މިއަމަލު ހިންގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ދުވާލުގެ ވަގުތުގައެވެ.

ފަތުރުވެރިންނަށް ވަރަށް ބޮޑަށް ހުޅުވާލާފައި އޮތް ނަމަވެސް ޔޫއޭއީ އަކީ ހަރުކަށި ގާނޫނުތަކަކަށް އަމަލު ކުރަމުން އަންނަ ގައުމެކެވެ. އެގައުމުގައި ބަނގުރާ ބުއިން ފަދަ ކަންކަން ވެސް އާއްމު ތަންތަނުގައި ކުރެވޭނީ ލައިސަންސް އޮތް ފަރާތްތަކަށެވެ. އެނޫން ފަރާތްތަކުން އެފަދަ އަމަލެއް ހިންގައިފިނަމަ ޖަލު ހުކުމެއް އަންނާނެއެވެ.

އާއްމު ތަންތަނުގައި ބަރަހަނާ ވުން ފަދަ ކަމެއް ނުވަތަ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަމަލެއް ހިންގައިފިނަމަ ހަމަސް ދުވަހަށް ޖަލަށް ލުމާއިއެކު 5000 ދިރުހަމުން ޖޫރިމަނާ ކުރުމުގެ އަދަބެއް އަންނާނެއެވެ. އަދި ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ފެތުރުމަކީ ވެސް ޔޫއޭއީގައި އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ރަޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިކަން ރާވާފައި ވަނީ ރަޝިއާގެ ފިރިހެނެކެވެ. އޭނާ ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެއެވެ.

ބެލްކަނީގައި ބަރަހަނާވި އަންހެނުންގެ މައްސަަލަ ދުބާއީ ފުލުހުން ބަލަމުން ގެންދަނީ ހާއްސަ އިސްކަމެއް ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަދީފް

    ބަރާބަރު.ތިމީހުންނަށް ރަނގަޅު އަދަބެއްދެއްޗޭ.

    27
    2
  2. ޕިސް

    ކައިޒީން... ހައްޔަރެއް ނުކުރޭބާ 🥴

    23
    2
    • ބަފާބޭ

      އަދި ހާމަ ނުކުރާ ޤައުމްތަކުގެ މީހުން އެބަތިދޯ.. އަނެއްކާ އެކަމްޔަ އެކޮއިވެސް ދިޔައީ..

  3. ބުރާންޗޯ

    ބަލަގަ ކަލޭމެން ހޭގަތަ ތިތިބީ
    އެ އަންހެނުންގެ ތެރޭގައި ތިބީ ހުސް ޔޫކްރޭނިއަން އަދި ރަޝިއަން މޮޑެލުން 🤦‍♀️
    ދޮގު ހަބަރު ނުފަތުރާބަލަ ކަލޭމެންވެސް ދެން

    13
    4
  4. ދަރަނި ދަންތުރަ

    ދެން ދުވަހަކުވެސް ބަރަހަނާ ނުވާވަރުގެ ގަދަފަދަ އަދަބެއްދޭތި