އެމެރިކާގެ ފުލުހަކު ޖޯޖް ފްލޮައިޑްގެ ކަރުގައި ކަކޫ އަޅައިގެން އެތައް އިރަކު އިށީންދެގެން އިނުމުގެ ސަބަބުން ޖޯޖް ފްލޮއިޑް މަރުވީ ލަފާ ކުރެވޭ ގޮތުގައި ނޭވާ ހާސްވެގެން ކަމަށް އޭނާ ބެލި ފުރަތަމަ ޑޮކްޓަރު ކޯޓުގައި ބުނެފިއެވެ.

ޖޯޖް ފްލޮއިޑް މަރާލި ކަމުގެ ތުހުމަތު ކޮށްފައިވަނީ އޭރު ފުލުހެއްގެ ގޮތުގައި ހުރި ޑެރެކް ޗައުވިންގެ މައްޗަށެވެ. ޗައުވިންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ. ޗައުވިން ފްލޮއިޑްގެ ކަރުގައި ކަކޫ އަޅައިގެން 8 މިނެޓު އަށް ވުރެ ގިނަ އިރު ވަންދެން އިންކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

މި މައްސަލައިގައި އިއްޔެ ހެކިބަސް ދެމުން ޑޮކްޓަރ ބްރެޑްފޯޑް ލެންގެންފްލެޑް ބުނެފައިވަނީ ފްލޮއިޑް ހޮސްޕިޓަލަށް ގެނެވުނު އިރު ފުރާނަ ނެތް ކަމަށެވެ.

ޑރ ބްރެޑްފޯޑް ލެންގެންފްލެޑް އަކީ ސިއްހީ ދާއިރާގައި ސީނިއާ މީހެކެވެ. އޭނާ ބުނެފައިވަނީ ގަބޫލު ކުރެވެނީ ފްލޮއިޑް މަރުވެފައިވަނީ އޮކްސިޖެން ނުލިބުމުގެ ސަބަބުން ކަމަށެވެ. އޭނާއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެހެން އެއްވެސް ކަމަކަށް ވުރެ ވުން ގާތީ އޮކްސިޖެން މަދުވެ ނޭވާ ހުސްވެގެން ފްލޮއިޑް މަރުވުމުން ކަމަށް ޑޮކްޓަރުން ބުންޏެވެ.

ޑޮކްޓަރ ބުނެފައިވަނީ ފްލޮއިޑް ސަލާމަތް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވޭ ކަމަށެވެ. އޮކްސިޖެން މަދުވާންް ފެށުމުން ސީޕީއާރް ނުދޭނަމަ އެއީ 15-10 އިންސައްތަ އެމީހަކު ފުރާނައަށް ހުރި ނުރައްކަލެއް ކަމަށް ކޯޓުގައި ޑޮކްޓަރު ބުނެފައިވެއެވެ.

ފްލޮއިޑް ނޭވާ ލަމުން ނުދިޔަ ނަމަވެސް ހޮސްޕިޓަލަށް ގެނެވުނު އިރު ކޮންމެވެސް ވަރަކަށް ވިންދު ހުރި ކަމަށް ޑޮކްޓަރު ބުންޏެވެ. މިހެން އާންމު ގޮތެއްގައި ދިމާވާނީ އޮކްސިޖެން މަދުވެ ފުރާނައަށް ނުރައްކާ ވުމުންނެވެ.

ޗައުވިންގެ ވަކީލު ޝަރީއަތުގައި ބުނެފައި ވަނީ ފްލޮއިޑް މަރުވެފައިވަނީ އޯވާޑޯޒް ވެގެން ކަމަށެވެ. އެކަމާއި ގުޅިގެން ކޯޓުގައި ޑޮކްޓަރާއި ސުވާލު ކުރުމުން އެކަހަލަ އަލާމާތެއް ނެތް ކަމަށް ޑޮކްޓަރ ބުނެފައިވެެއެވެ.