ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނުން ލޭގަނޑުވާ ކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިން ހާމަ ކޮށްފިއެވެ.
އިޓަލީގެ "އިލްމަސަގެރޯ" ނޫހަށް މައުލޫމާތު ދެމުން އީއެމްއޭގެ ވެކްސިނާއި ހަވާލުވެގެން ހުންނެވި މާކޯ ކަވަލެރީ ބުނީ، ވެކްސިންގެ ސަބަބުން ލޭގަނޑުވާކަން ހާމަވާ ކަމަށާއި އެހެން ނަމަވެސް އެކަން ދިމާވަނީ ކީއްވެކަން ބުނެދޭން އަދި ނޭނގޭ ކަމަށެވެ.
"އަޅުގަނޑުގެ ނަަޒަރުގައި އެކަން ވަރަށް ސާފު މި ވެކްސިންގެ ސަބަބުން އެފަދަ ކަންކަން ދިމާވާކަން. އެހެނަސް އެއީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވޭ" ކަވަލެރީ ބުންޏެވެ.
އޭނާ ބުނީ، ވެކްސިން ދީފައިވާ ގިނަ މީހުންގެ ތެރެއިން ފުރާވަރަށް އަރާ މީހުން ނުވަތަ ޒުވާނުންގެ ސިކުނޑީގައި ލޭގަނޑުވުމުގެ މައްސަލަތައް އިތުރު ކަމަށް ވެސް ކަވަލެރީ ވަނީ ބުނެފައެވެ.
"އިންޑިޕެންޑެންޓް" ނޫހަށް މައުލޫމާތު ދެމުން އޭއެމްއޭގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ފާމަކޮވިގިލަންސް ރިސްކް އެސެސްމެންޓް ކޮމިޓީ (ޕީއާރުއޭސީ) އަންނަނީ އެ މައްސަލަ ބަލައި ތަހުލީލު ކުރަމުން ކަމަށާއި އެފަރާތުން އަދި ސީދާ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
ސްޕޯކްސްޕާސަން ބުނީ ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާ ކަމަށް ބުނާ މައްސަލައަށް ޕީއާރުއޭސީން ތަހުލީލުތަކެއް ހަދަމުން އަންނަ ކަމަށާއި އެކަމާއި ގުޅިގެން ޖަވާބެއް މާދަމާ ނޫނީ އޭގެ އަނެއް ދުވަހު ދޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ކަވަލެރީ އެގޮތަށް ބުނި ނަމަވެސް ޔޫރަޕްގެ ރެގިއުލޭޓަރ ވެކްސިން ޖަހަން ފުރުސަތު އޮއްވާ ވެކްސިން ޖެހުމަށް އާންމުންނަށް ގޮވާލާފައެވެ.
ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭގަނޑުވުމުގެ މައްސަލަތައް ދިމާވެފައިވާތީ ޖަރުމަން، ފްރާންސް އަދި ކެނެޑާ ފަދަ ބޮޑެތި ގައުމުތަކުން ވަނީ ވެކްސިން ދިނުން މެދުކަނޑާލާފައެވެ.
ނަންވާނީ ޗައިނާ. މިސަރުކާރުގެ ބައިވެރިން ޗައިނާގެ ވެކްސިންގެ އަގުވައްޓާލަން ހާދަ އުޅުނެ. އެކަމަކު އިންޑިއާވެކްސިން ގޯސްކަން ސާފުވީ.
vAccInE iS SAfe. D0n'T WOrrY
ވަރުގަދަ ލޭ ގަނޑު ވުމަކާ އަޅައިގަނެގެން އުޅޭ ބައެއް މީ
ތިޔައީ ކަޑައެޅިގެން ދޮގެއް އަދި ނޭގޭމައުލޫމާތު އިންޓަރނެޓްގައި ޖަހާފައިވާ ލިއުމެއް! ކޮވިސީލްޑް ވެކްސިން އަދި އެހެން ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ ވެކްޝިންއެއް ޖެހުމުން ލޭގަޑުނުވާނެ! ކޮވިޑް 19 ޖެހުމުން ޖަހާ އެންޑިވައިރަލް އިންޖެކްޝަން "ރެމްޑެސިވިރް" ޖެހުމުން ނާއި އަދި އަޕާރެސްޕިރޭޓަރީ ބެކްޓީރިއަލް އިންފެކްޝަންގެ ދިފާއުގައި ދެވޭ އެންޓިބައޮޓިކްސް ތަކުގެ ސަބަބުން ލޭގަޑުވާގޮތްވަނީ! 25 އަހަރު ސިއްޚީހިދުމަތުގައި މަސައްކަތް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން މިބުނަނީ ލޭގަޑުވާގޮތް! ލޭގަޑު ވިޔަ ނުދިނުމަށް އަހަރުމެން ދެން ޖަހާ އިންޖެކްޝަން އަކީ "ސެލެކްސޭން" ނުވަތަ ލޯހެޕަރިން މޮލިކިއުލާ އިންޖެކްޝަން.
25 އަހަރުގެ ތަޖުރިބާހުރި ބޭފުޅާ ވިދާޅުވެ ބައްލަވާ ވެކްސިން މެކޭނިޒަމް އަށްބަލާފަ ސީރަމް އިންސިޓިއުޓުން އިފެއްދި ވެކްސިންތޯ ނުވަތަ ޗައިނާއިން އަހަރަމެންނަށް މިދިން ވެކްސިންތޯ ރަގަޅީ؟
ބަލަ 100 އަހަރުވެސް މަރުނުވަންޏާ އެމީހަކު އުޅޭ ދާއިރާގަ އުޅެވިދާނެ، އެއްދާއިރާއެއްގައި 25 އަހަރުވުމަކީ އެކަހަލަ ދަނެއްގައި ތިކަލަ ރޯނުއެދުރަކު ނޫޅޭނެކަމުގެ ހެއްކެއްނޫން،
ތި ޖަހާނެ. ސިޔާސީ މީހުން އިންޑިއާއަށް ވިކިފައިވާތީ. ރާއްޖޭގައިވެސް ޖަހާނެ. ފުރޭނީ ސިޔާސީ މީހުންގެ ޖީބުތައް
ތިޔަވެކްސިންޖަ ހާއެންމެނަށް ލޭދިޔާކުރާބޭސްދޭންފެނޭ!!
އިންޑިއާވެކްސިންޖެ ހިމީ ހުންނަށް ޗައިނާވެކްސިންޖެ ހީމާ ރަނގަޅުވާނެ!!!
ފުރަތަމަޑޯޒްޖެހިއެންމެންގެގައިން އެޑޯޒު ނަގަންފެނޭ!! އަދިވެސްއިތުރަށް ދިރާސާކޮށް ފުރިހަމަޔަގީންކަންލިބެންދެން ކެއްތެރިކާމާއެކު ރައްކާތެރިކަމުގެފިޔަވަޅު އަޅައިގެންތިބުމަށް ނަސޭހަތްތެރިވަން!!
މަޖިލިހުގެ ރައީސް ދައްކާ ވާހަކަ ދިމާނުވެ ކޮސްގޮވާތީ އަހަރެން ހިތައްއެރި އަނެއްކާ ކިހިނެއްބާއޭ މިސޮރަށްވީ.
ސިކުނޑީގައި ލޭކޮޅެއް ނެތްކަމެއްވެސް އަދި ނޭނގޭ... :ޕ
ގިނައިރު އަވީގާތިބުމުން ލޭދިޔާވާނެ!!
އަޅުގަނޑު ދަންނަ ދިވެހި ޒުވާނެއް ވެކްސިން ޖަހައިގެނ ހަފތާއެއްފަހުން ފަޔައްތަދުވާވަރުން ނުހިނގިގެން ޑޮކްޓރަށް ދެްކުމުން ބުނީ ފައިގައި ލޭ ގަނޑުވާކަމަށް. އެކުވެރިޔާ މިހާރުވެސް އެކަމަށް ބޭސް ކަމުން އެބަ އާދޭ. މިއީ މީހަކު ބުނި ވާހަކައެއްނޫން އަޅުގަނޑުގެ ލޮލުން ފެނުނު މަންޒަރެއް
ވެކްސިންގެ ދެވަނަ ޑޯސް ޖަހަން ނިންމައިފިން. ފުރަތަމަ ޑޯސް ޖަހަގެން ލޭގަނޑެއް ނުވޭ. ރާއްޖޭގައި ވެކްސިން ޖެހި 99.9 % މީހުން އޯކޭ. މިކަމުން އަރައި ގަނެވެން އޮތީ ވެކްސިން ޖަހައިގެން.
މީހުންގަޔަށް ތިޖަހަން ހުއްދަ ދިން އިރުވެސް ތީގެ އެތައް މައްސަލައެއް ހުރިކަމަށް ދުނިޔޭގެ ވަރުގަދަ ގައުމުތަކުން ދިޔައީ ބުނަމުން. ކީއްވެތަ 1 މަސްދުވަހަށް މަޑުނުކުރީ ؟
ޗައިނާދެކެ ރުޅިއަޔަސް އެމީހުން ދޭ އެއްޗެހި ކޮލިޓީވާނެ. ތިއިންޑިޔާއިން ލިބެނީ ފަޑުއަކަ
ތިވިދާޅުވާ ލޭދިޔާކުރާއިންޖެކްޝަން ޖަހަނީ ވެކްސިންއާއި އެކީގަތޯ މިސުވާލައް ނުވަތަ ތީ އާދައިގެ ގޮތެއްގަ ލޭގަނޑުވާމީހުންނައްޖަހާ އިންޖެކްޝަންއެއްތޯ