އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑް-19 އިން ދިފާއުވުމަށް އުފެއްދި ވެކްސިން ދެމުންދާ ޒުވާނުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން ކުޑަކުދިން ބޭނުންކޮށްގެން މިހާރު ކުރިއަށް ގެންދާ އެވެކްސިންގެ ތަހްލީލްތައް ހުއްޓާލައިފިއެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އިން ވަނީ ވެކްސިން ދެމުންދާ ޒުވާނުންނަށް ހާއްސަކޮށް ލޭގަނޑުވާ މައްސަލަ ކުރިމަތިވާ ކަމަށް ބެލެވޭތީ އެކަން އިތުރަށް ބަލަމުންނެވެ.

އެމްއެޗްއާރްއޭ އިން މިހާރު ބަލަމުންދާ ކަންކަން ބަލައި ނިމެންދެން އޮކްސްފޯޑްގެ ވެކްސިން ތަހްލީލްތައް ކުރިއަށް ގެންދިއުން މެދުކަނޑާލާފައިވާކަން އޮކްސްފޯޑް އިންނާއި އަދި އެސްޓްރާޒެނެކާ އިން ވެސް މިހާރު ވަނީ ކަށަވަރު ކޮށްދީފައެވެ.

އޮކްސްފޯޑް ޔުނިވަސިޓީން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ވެކްސިން ދިނުން މިވަގުތައް މެދުކަނޑާލި ނަމަވެސް ވެކްސިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފެދޭވަރު ކަމެއް އަދި އޮކްސްފޯޑްގެ ސައިންސްވެރިންނަށް ފާހަގަ ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން އޮކްސްފޯޑް އިން ގަބޫލުކުރަނީ ވެކްސިންގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކަމުގައި ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އޮކްސްފޯޑްގެ ވެކްސިން ދިން ބައެއް މީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ) އިން ވަނީ ބުނެފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އޮކްސްފޯޑްގެ ވެކްސިން ދިފާއުކޮށް ވާހަކަ ދައްކާފައެވެ.

އިނގިރޭސިވިލާތަކީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ އެއްގައުމެވެ. ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަލީމު

    އެހެންވީމަތާ އޭރުވެސްކީ ކަމާކަންފަށާ މާބާރު އަޅާއިގެން ދިވެހިންގަޔަށް މިޖެހީ ބަޔަކު ހެދި ދިރާސާއެކޭ! ދިވެހިން މިބޭނުންކުރީ ލެބޯޓަރީ މީދަލުގެ ގޮތުގައި! އިންޑިޔާ މީހުން ކޮންއިރަކު ދިވެހިންނަށް ހެޔޮ އެދިގެން ކަމެއް ކޮއްދިނީ!! އޭރުވެސް ބުނިން ތީ ޑަބްލިއު އެޗްއޯ އިންވެސް ފާސްވެސް ނުކުރާ އެއްޗެކޭ!! ދެން އަދި ނޭނގެ ތިޖެހި މީހުންނަށް ކެންސަރާ އެނޫންވެސް ބަލި ނުޖެހޭނެ ކަމެއް! މި ހަމަ މައުމޫނު އިރުގަ މިގޮތަށް ޓެސްޓް ހަދަން ފާޑުފާޑުގެ ބޭސްތަށް ގެނެސް ސުކޫލު ކުދިން ގަޔަށް ޖަހާލީ އަހާލުމެއް ކަހާލުމެއް ނެތި! އޭގެފަހުން އެތަކެއް މުސީބާތެއް ޖެހުނު ކިތަންމެ ކުއްޖަކަށް!

    10
    2
  2. ރެފްރީ

    ކޮންމެއަކަސް މިވެކްސިންއަކީ އެންމެފައްކާވެކްސިނެއްކަމަށް ބެލެވޭކަށްނެތް!! މަރަޑޯނާ އަތުންޖަ ހާ ވައްދާލިބޯޅައަކީ އަސްލުގޯލެއްކަމަށް ރެފްރީނިންމުމުން އެއީއަސްލުގޯލެއްކަމަށް ވެގެންއެދިޔައީ .. އެއަކުގޯ ހެއްނެތް! މިވެކްސިންވެސް އުފެއްދިމީ ހުންވެސް މިވެކްސިންގޯ ހެކޭނުބުނާނެ!! ވިއްކިމީ ހުން ބުނާނީބަރާބަރޭ!! ވެކްސިން ހޯދި ސަރުކާރުތަކުންވެސްބުނާނީބަރާބަރޭ!!
    ގޯ ހެއްއެބައުޅޭ!!!!!!!!!!!!!!!!!

  3. ރެފްރީ

    ކަނޑުމަތީގަ ހާލުގަޖެ ހިގެންއުޅޭއިރުވެސް ބޯނެފެންނުލިބިތިބޭއިރު މޫދަށްފުންމާލާފަ ތަންކޮޅެއްއަޑިއަށްގޮސް ލޮނުބެއެގެންއަރާ ފެންރަ ހަލައޭބުނީމާ ދެންތިބޭމީ ހުންވެސް ލޮނުބޯކަމަށްވޭ،

    8
    1