ޖެނުއަރީއިން ފެށިގެން މާރޗްގެ ނިޔަލަށް، މިޗިގަންގައި ކޮވިޑް-19 ވެކްސިން ޖަހާފައިވާ 246 މީހަކު އެ ބައްޔަށް ފައްސިވެ، އެ ބަލީގައި ތިން މީހަކު މަރުވެއްޖެ އެވެ.

ސްޓޭޓް ހެލްްތް ޑިޕާޓްމެންޓުގެ ތަރުޖަމާނު ބުނެފައިވަނީ ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި 14 ދުވަހަށް ވުރެ ގިނަ ދުވަސް ނުވާ މީހުންވެސް ހިމެނޭ ކަމަށެވެ.

ކޮވިޑަށް ފައްސި ވީ މީހުންގެ ތެރެއިން 129 މީހުންނަށް ވެކްސިންްގެ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފައެއް ނުވެއެވެ. ނަމަވެސް، 117 މީހުން ކޮވިޑް ވެކްސިން ފުރިހަަމަ ކޮށްފައިވެއެވެ. މީގެ ތެރެއިން 11 މީހުންނަށް ދަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން މިކަމާއި ގުޅިގެން ސިއްހީ ދާއިރާތަކުން އެކަން ތަހުގީގް ކޮށްފައެއް ނުވެއެވެ.

މިޗިގަންގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވަނިކޮށް ކޮވިޑުގައި މަރުވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ ތިން މީހުންނެވެ. ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ބުނެފައިވަނީ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ވެކްސިން ފުރިހަމަ ކުރިފަހުން ތިން ހަފްތާ ވެފައިވާ މީހުން ކަމަށެވެ.

މިޗިގަންގައި ވެކްސިން ފުރިހަމަ ކޮށްފައިވަނީ 1.8 މިލިއަން މީހުންނެވެ. އެ ސްޓޭޓުގެ ސިއްހީ ދާއިރާގެ އޮފިޝަލުން ބުނެފައިވަނީ އާންމުން ހަނދާން ކުރަންވީ ކަމަކީ ވެކްސިން ފުރިހަމަ ކޮށްފައި ތިބުމަކީ ރައްކާތެރި ކަމެއްގެ ގޮތުގައި ކަމަށެވެ.

ސިއްހީ ދާއިރާގެ ތަފާސް ހިސާބުތަަކަށް ބަލާއިރު، މިހާތަނަށް މި ސްޓޭޓުން 707،463 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 16،297 މީހުން ވަނީ ކޮވިޑުގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯޑު

    އެވަރުގެ އެއްޗެ ނުޖަހާގެން ދެފަޔަށް ހިނިއަރާގެން އުޅޭހެން މިއުޅެނީ

    11
    2
  2. އެބުނާހެން

    އެންމެ 3 މީހުން މަރުވީ. ގިނަ މީހުން މަރެއްނުވޭ.

    2
    1
  3. އަދި ކަމަކު ނުދޭ

    ޖެހީ ކޮވިޑްގެ ކޮން ވެކްސިނެއްކަން އެނގޭނެ ގޮތެއް ނެތްތަ؟