މަގުމަތީގައި ފުނިޖެހިފައި ހުރި ކުނިތަކާއި، ފުރިގެން ބަންޑުން ލައިފައިވާ ބޮޑެތި ޑަސްޓްބިން ތަކުގެ ފޮޓޯް 'ކުނި ޕެރިސް' ހޭޝްޓެގް ޖަހާފައި މީސް މީޑިއާގައި ދައުރުވަމުން ދެއެވެ. ޕެރިސް އަކީ އެތައް ބަޔަކު އެންމެ ދާން ބޭނުންވާ މަންޒިލަކަށް ވާއިރު މި ފޮޓޯ ތަކަށް ވަނީ ދުނިޔޭގެ އެކި ހިސާބު ތަކުގެ މީހުންގެ ކަޅިތައް އަމާޒުވެފައެވެ. ފޮޓޯތައް ފެނި ޕެރިސްގެ ރީތި ކަމާއި ބެހޭގޮތުން އެއްބަޔަކު ސުވާލް އުފައްދާ މީސް މީޑިއާ ޕްލެޓްފޯމް ތަކުގައި ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ.

ޕެރިސްގެ ސޯޝަލިސްޓް މޭޔަރ، އަންނެ ހިޑަލްގޯ އަށް ވަނީ އެތައް ބަޔެއްގެ ފުރައްސާރަ ތަކާއި ކުރިމަތިލާން ޖެހިފައެވެ. ޓްވިޓާގައި މި މައްސަލަ ފެންމަތިވެ އެކަކު ބުނެފައިވަނީ އަހަރުތަކެއް ވަންދެން 'ސިޓީ އޮފް ލައިޓްސް' ގެ ނަމުން ނަން ދެވިފައިވާ ޕެރިސް މޭޔަރ އަންނެ ހިޑަލްގޯ ހަވާލްވެ މުޅި ސިޓީގެ މަގުތައް ހަޑި ކޮށްފައިވާ ކަމަށެވެ.

ޕެރިސް އަށް ހިތް ޖެހިފައިވާ އެތައް ބަޔަކަށް ހިތާމަވެރި ހަބަަރަކަށް ވެގެން ދިޔައެވެ. ފެންމަތިވެފައިވާ މަގުތަކުގައި ކުނި ގިނަ ވުމުގެ މައްސަލައާއި ގުޅޭގޮތުން ޕެރިސް ސިޓީ ހޯލް އިން ބުނެފައިވަނީ މި ފޮޓޯ ތަކަކީ ސިޔާސީ ގޮތުން މޭޔަރ އަންނެ ހިޑަލްގޯގެ އަގު ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ބަޔެއް ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަމަށް އައިސްފައި މިވާ ފޮޓޯ ތަކަކީ ކުރީގެ ފޮޓޯ ތަކެއް ނޫން ނަމަ ކުނި ނަގާ މީހުން އެ އެއްޗެހި ބަލައި އައުމުގެ ކުރިން ނަގާފައިވާ ފޮޓޯ ތަކެއް ކަމަށެވެ.

ޕެރިސް ސިޓީ ހޯލް އިން ކޮށްފައިވާ ޓްވީޓެއްގައި ޕެރިސްގެ މަގުތަށް ސާފް ކުރުމަށް ވަރުބަލި ކަމެއްނެތި ކޮންމެ ދުވަހަކު މަސައްކަތް ކުރާ މީހުން ވަނީ ދައްްކާލައިފައެވެ. ޕެރިހުގެ ރީތި ތަންތަނުގެ ފޮޓޯ ވެސް ކޮށްފައިވާ ޓްވީޓުގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ޕެރިސްގެ މަގުތަށް ކުނިން ފުނި ޖެހިފައި ހުއްޓާ ދުށިންތަ؟ ޕެރިސް ވެސް ނުފެނިގެން މި އުޅެނީ، ދެން ކިހިނެއް އެތާ މަގުމަތީ ހުރި ކުނި ފުނި ފެންނާނީ🙄

  2. ހޫނ

    އެއްވެސް ރީތި ތަނެއް ނޫން އެހެން ޔޫރަޕް ގަައުމު ތަކާ ބަލާ. ހަމަ އެކަނި ޓަވަރެއް އިނދެގެން މަޝްހޫރުވާ ތަނެއް.