އިނގިރޭސިވިލާތުގައި ކޮވިޑް-19 އާ ދެކޮޅަށް ދެމުންގެންދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ދިން އިނގިރޭސިވިލާތުގެ 79 މީހެއްގެ ލޭގަނޑުވެއްޖެއެވެ.

އެ ގައުުގައި މާރިޗް މަހުގެ ނިޔަލަށް ކޮވިޝީލްޑް ވެކްސިން ދިން 20 މިލިއަން މީހުންގެ ތެރެއިން 79 މީހެއްގެ ލޭގަނޑުވުމުގެ މައްސަލައެއް ދިމާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 79 އަހަރާއި ދެމެދުގެ މީހުންނެވެ.

އެގައުމުން ވެކްސިން ޖެހި 20 މިލިއަން މީހުންގެ ތެރެއިން 79 މީހަކު މަރުވެފައިވާއިރު، އެއީ ކޮންމެ 250،000 މީހުންގެ ތެރެއިން އެކަކެވެ. އެ ހުރިހާ އެންމެންނަކީ ވެސް އުމުރުން 30 އަހަރުގެ މީހުންކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޝީލްޑް ވެކްސިން ޖެހި ގިނަ ބައެއްގެ ލޭގަނޑުވުމުގެ މައްސަލަ ދިމާވެފައިވާތީ، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވަނީ ލޭގަނޑުވުމާއި ކޮވިޝީލްޑް ވެކްސިންއާއި ގުޅުން އޮތް ކަމަށް ބުނެފައެވެ.

އީޔޫއިން ބުނީ ކޮވިޝީލްޑް ވެކްސިން ޖަހާ މީހުންގެ ލޭގަނޑުވި ނަމަވެސް އެއީ ނިސްބަތުން މަދު ބައެއް ކަމަށާއި އަދި އެއީ އާންމު ހާލަތެއް ނޫން ކަމަށެވެ.

އީޔޫއިން މިފަދައިން ބުނި ނަމަވެސް، ދުނިޔޭގެ ބައެއް ސައިންސްވެރިން ވަނީ ވެކްސިންގެ ސަބަބުން އެފަދަ މައްސަލައެއް ދިމާ ނުވާނެ ކަމަށާއި ވެކްސިން އުފައްދާފައިވަނީ އިންސާނުންނަށް ރައްކާތެރި އެއްޗެއްގެ ގޮތުގައި ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖ

    އެބަޔަކުކުރިކަމެއްގަހުރިއުނިކަމެއްއެބަޔަކުގަބޫލުކުރާނެތަ؟

  2. ދިރާސަވެރިޔާ

    މި ހާ ވަރަށް މި ހެންނޫސްތަކުގައި ރިޕޯރޓް ކުރާއިރު ކީއްވެތަ ރާއްޖޭގައި މިކަމަށް ބަހ ހެއް ނުބުނެވިގެން އުޅެނީ.. އެކަން ބުނާނެ ދުނިޔޭގައި ހަދާ ރިސާރޗްތަކަށޭ ތިމަންނަމެން ބަލަނީ.. ދިވެ ހި ރާއްޖޭގައި ހިޖާމާ ޖަ ހާ މީ ހުން ގައިން ލޭ ނާދޭ، ކިތަންމެ ބޮޑު ޒަ ހަމެއް ލިބުނަސް ލޭ އަންނަނީ ވަރަށް މަދުން.. މީ ހެއްކެއް ނޫންންތޯ..؟ ވެކްސިން އަކީ ޖަ ހަން ބޭނުން މީ ހަކު ޖަ ހަން އޮންނަ އެއްޗެއް. އެކަމަކު ރާއްޖޭގައި ހުރި ހާ ގޮތަކުން ފިއްތާލާފައި، ބުނަނީ މަޖުބޫރު ނުކުރަމޭ.. ވަޒީފާ މާ ހައުލުން މަޖޖުބޫރު، ލިސްޓު ހަދައިގެން ހިދުމަތް ދިނުމުގައި ތަފާތު ކުރަނީ..