އިނގިރޭސިވިލާތުގެ އޮކްސްފޯޑް އާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް ގުޅިގެން އުފެއްދި އެސްޓްރާޒެނެކާ (ކޮވިޝީލްޑް) ވެކްސިން އެގައުމުގެ އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް ދިނުން ހުއްޓާލުމަށް އިނގިރޭސިވިލާތުގެ އެޑްވައިޒަރީ ގްރޫޕުން ލަދާ ދީފިއެވެ.

އެ ގްރޫޕުން މިގޮތަށް ލަފާ ދިން ކަން އިއުލާކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ގްރޫޕުން ބުނީ، ވެކްސިން ދޭ ބައެއް މީހުންގެ ލޭ ގަނޑުވުމާއި ވެކްސިންއާ ގުޅުން އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެ ގްރޫޕުން ވަނީ އުމުރުން 19 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުގެ މީހުންނަށް ފައިޒާ ވެކްސިން ނުވަތަ މެޑޯނާ ވެކްސިން ދިނުމަށް ލަފާ ދީފައެވެ.

އެ ގްރޫޕުން އެގޮތަށް ލަފާ ދީފައިވާއިރު، މީގެ ކުރިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 20 މިލިއަން މީހުންގެ ތެރެއިން 79 މީހަކަށް މާޗް މަހުގެ ނިޔަަލަށް ވަނީ ލޭގަނޑުވުން ނުވަތަ ލޭހޮޅި ބެދުން އަދި ސިކުނޑިއަށް ގެއްލުން ލިބިފައެވެ. އޭގެ ތެރެއިން 9 މީހަކު ވަނީ މަރުވެފައެވެ. މިއީ ކޮވިޝީލްޑް ވެކްސިން ދީފައިވާ މީހުންނެވެ.

އާންމު ރޭޓުން ބަލާއިރު، މިފަދަ މައްސަލަތައް ދިމާވަނީ 250،000 މީހުންގެ ތެރެއިން އެކަކަށެވެ.

މިފަދަ ތަފާސް ހިސާބުތަކެއް ހުރިނަމަވެސް، ބައެއް ސައިންސްވެރިންނާއި އިދާރާތަކުގެ މީހުން ވަނީ ވެކްސިނާއި އެފަދަ ކަމަކާއި ގުޅުމެއް އޮތްކަން ފާހަގަވެފައި ނުވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ދެން ފުރަތަމަ ޑޯޒް ޖަހާފަ ތިބި މީހުން ކިހިނެއް ހަދަނީ؟

    51
    • ފެނޭތޭ

      ދެން ތަމެން އަތްޖަހާ

      19
      2
    • ކޮތަރު

      އެމީ ހުން އިންޑިއާއަށްފޮނުވައިގެން ކުރިންޖެ ހިވެކްސިން ދޮވެލާ!!

      40
      3
    • ޝަނީފް

      އެމީހަކު އެމީހެއްގެ ޑޯޒް އަނބުރާ ހަވާލުކުރަންވީ..

      38
      2
  2. ޓުރެސާ

    މި ވެކްސިނެއްގެ ފުރަތަމަ ޑޯޒު ޖެހިއްޖެ. މި ވެކްސިންގެ ސަބަބުން މިފަދަގެެއްލުންތައް ލިބެންޏާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކީއްވެ ހުއްދަ ދިނީ؟ މިކަމުގެ ސަބަބުން ޑަބްލިއު އެޗް އޯ ކުއްވެރިކުރަން.

    28
    1
    • އަލީ

      ތާކުން އެއްޗެއް ހިލޭ ބަހަންޔާ އަދިވެސް ގޮސް ޖަހާ..ހިލޭ ލިބެންޔާ ހެޔޮ ބާ ޖަންގިޔާ ގަދަކަސް ދިވެހިން ކިއު ހަދާނެ...

      9
      1
  3. ނާރުވަށް ލާ

    ދިވެހިންގެ ވެކްސިން ދިވެހިންނަށް! މިއީ މަގޭ ގައުމު! މިގައުމުގެ އެންމެ ފެން ތިއްކެއްވެސް ބޭނުން ކުރެވޭނީ މަމެންނަށް ލިބެންޖެހޭ ވެކްސިން ލިބިގެން. އެހެން ނޫނީ ލާހިކެއް ނޫން މިގައުމަށް އައިސް މޫދަށް އެރި އުޅޭކަށް! ލާހިކެއް ނޫން! އިނގޭތޭ!

    15
    2
  4. ޙަދިއްޔަތު

    ތި ކަމުދާ އެއްޗެއް ނޫން ެެއެހެންވެ އަހަރުނަ މިތިބީ ނުޖަހާާ
    w

    19
    1
    • ވިންސްމޯކް ސާންޖީ

      ނުޖަހާ ތިބޭ.. އަހަރުންނަކަށް ނޫން ދެރަވާނީ

  5. ޚަދީޖާ

    މެޑޯނާ ވެކްސިނޭ؟

  6. ބޯގޯސް ވަޒީރު

    އިންޑިޔާއިން ތަހުލީލުކޮއްލީ ދިވެހިން ބޭނުން ކޮއްގެން....ސަރުކާރުވެރިން ނަށް ހުންނާނެ ލާރިގަނޑުދީފަ އެކަމަށް ވާވަރަށް...