ލޭގަނޑުވުމާއި ކޮވިޝީލްޑް ވެކްސިންއާއި ގުޅުން އޮތް ކަމަށް އީޔޫ އިން ބުނެފިއެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީ އިން ބުނީ، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހާ މީހުން ލޭގަނޑުވި ނަމަވެސް އެއީ ނިސްބަތުން މަދު ބައެއް ކަމަށެވެ.

އަދި އެއީ އާންމު ހާލަތެއް ނޫން ކަމަށް އީޔޫ އިން ބުންޏެވެ.

ލޭގަނޑުވުމާއި ކޮވިޝީލްޑް ވެކްސިނާއި ގުޅުން ހުރި ކަމަށް ބުނި ނަމަވެސް، އެގްރޫޕުން ނިންމާފައިވަނީ އިތުރު ހެކި ލިބެންދެން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށެވެ.

އީޔޫ އިން މިގޮތަށް ނިންމާފައިވާއިރު، އިނގިރޭސިވިލާތުގެ ވެކްސިން އެޑްވައިޒަރީ ގްރޫޕުން ވަނީ ކޮވިޝީލްޑް ވެެކްސިން އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް ދިނުން ހުއްޓާލުމަށް ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    އަ ހަރެމެންގެ ލޮބުވެތިސަރުކާރަށް މިކަ ހަލަ ޚަބަރުތައްނުފެންނަނީބާ ؟؟ ނޫނީވިއްޔާ އިންޑިއާރުޅިދުރުވެދާނެތީ އަޅާނުލާތިބެ
    ޖަ ހާހ ހުސްކުރަނީބާ؟، ރީނދޫކުލައިގެ ދެލިން މިޚަބަރުތައްލިޔެލުން ރަނގަޅުކަމަށްފެނޭ!!
    ލޮބުވެތި

    27
  2. ކޮވެލި

    ދެންވެސް ދިވެ ހިންގެގަޔަށް ލޭދިޔާކުރާވެކްސިންޖަ ހަންފެނޭ! ވަގުތު މިއޮތްގެންފާއިތުވަނީ!

    16
    1
  3. މުޖުތާޒް

    އީޔޫ އަކަށް ނޭގޭނޭ ... އައި.ޖީ.އެމް.އެޗް އިންޑީޔާ ނަރުސް ކުދިން މާމޮޅުވާނެ ވެކްސިންގެ މައްސަލަ ބަލަން ... އީޔޫ ، ޖަރުމަން ، ކެނެޑާ ސައިންޓިސްޓުން ވަރަށް ގަމާރުވާނެހެން މަށަށް ހީވަނީ